Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހިބަދޫ ޓެރަރިސްޓް ހަމަލާ

މަހިބަދޫ ލޯންޗްތަކުގައި ރޯކޮށްލުމުގެ ޒިންމާ އައިސިސް އިން ނަގައިފި

16 އެޕްރީލު 2020 | ބުރާސްފަތި 20:01

މިއީ އައިސިސް އިން ރާއްޖޭގައި ދިން ފުރަތަމަ ޓެރަރިސްޓް ހަމަލާ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 16 އެޕްރީލު 2020 | ބުރާސްފަތި 20:01
ހަތް އުޅަނދެއްގައި ވަނީ ރޯކޮށްލާފައި

ހަތް އުޅަނދެއްގައި ވަނީ ރޯކޮށްލާފައި

އދ. މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ހަތް އުޅަނދެއްގައި ރޯކޮށްލުމުގެ ޒިންމާ އައިސިސް ޖަމާއަތުން ނަގައިފި އެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ހަރަކާތްތަކާއި، ޓެރަރިސްޓް ހަމަލާތަކާ ބެހޭ މައުލޫމާތު ހާމަ ކުރުމާއި، އެފަދަ މައުލޫމާތު ސަރުކާރުތަކަށް ފޯރުކޮށް ދިނުމުގެ މަގްސަދުގައި މަސައްކަތް ކުރާ, ސައިޓް އިންޓެލިޖެންސް ގްރޫޕްގައި ބުނެފައިވާގޮތުން، މަހިބަދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކަށް ދިން މި ހަމަލާގެ ޒިންމާ އައިސިސް އިން ވަނީ ނަގާފަ އެވެ.

Advertisement - newsAdvertisement

ސައިޓް އިންޓެލިޖެންސް ގްރޫޕުން ބުނެފައިވަނީ، މަހިބަދޫ ބަނަދަރުގައި އަޅާފައިވާ ލޯންޗުތަކުގައި ރޯކޮށްލުމަށް ބޭނުން ކޮށްފައިވަނީ ލޯންޗްތައް ގޮއްވާލުމުގެ ބޭނުމަށް އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ ޑިވައިސް އެއް ބޭނުން ކޮށްގެން ކަމުގައެވެ.

ސައިޓް އިންޓެލިޖެންސް ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާ އަކީ އައިސިސް ޖަމާއަތުން ރާއްޖެއަށް ދިން ފުރަތަމަ ޓެރަރިސްޓް ހަމަލާއެވެ.

މި އުޅަނދުތަކުގައި ރޯކޮށްލި ހާދިސާއާ ގުޅިގެން ބުދަ ދުވަހު އެމްއެންޑީއެފްއާ ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހާތަނަށް ހޯދި ހޯދުންތަކުން އެނގުނީ މަހިބަދޫ ފަޅުގައި އަޅާފައިވާ ލޯންޗުތަކުގައި ރޯކޮށްލީ ގަސްތުގައި ކަމަށެވެ. އަދި މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވި އެވެ.

ލޯންޗުތަކުގައި ރޯކޮށްލަން ދިން ހަމަލާއަކީ ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ކަނޑައަޅާފައި ނުވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ސީޕީ ހަމީދު ވިދާޅުވީ އެކަމަކީ ވަކި ބާވަތެއްގެ ހަމަލާއެއްކަމަށް ބުނަން އަދި އަވަސް ކަމަށެވެ. ނަމަވެސް މިހާތަނަށް ތަހުޤީޤުގައި އެއްކުރެވިފައިވާ މައުލޫމާތުތަކުން އެއީ ޓެރަރިޒަމްގެ ހަމަލާއެއްކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތްކަމަށާއި، ވަކި ގޮތެއް ނިންމާނީ އެއްކޮށް ތަހުޤީޤް ނިމުމުންކަމަށް ހަމީދު ވިދާޅުވި އެވެ.

މި ޙާދިސާގައި މަހިބަދޫ ފަޅުތެރޭގައި އަޅާފައިވާ ފަސް ލޯންޗަކާއި، ދެ ޑިންގީއެއްގައި އަލިފާން ރޯވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެ އެވެ. ރޯވެފައިވަނީ ޕޮލިސް ލޯންޗަކާއި، އެއަތޮޅު ކައުންސިލް ލޯންޗާއި، ސީ އެމްބިޔުލެންސް ލޯންޗް އަދި އެޗްއެމްއެޗްއައި ޓްރެވަލްސް ކިޔާ ދެ ލޯންޗެއްގެ އިތުރުން ދެ ޑިންގީއެއްގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ސައިޓް އިންޓެލިޖެންސް ގްރޫޕުން ހާމަ ކޮށްފައިވާ މައުލޫމާތާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ

27 ޖެނުއަރީ 2018
ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ
11 ޖުލައި 2017

ފ. އަތޮޅުގެ ޕްރޮޖެކްޓް ނައުމުގެ ޒިންމާ ދެން ނަގަން ޖެހޭނީ އިދިކޮޅު ފަރާތްތަކުން: ރައީސް ޔާމީން

11 ޖުލައި 2017
ފ. އަތޮޅުގެ ޕްރޮޖެކްޓް ނައުމުގެ ޒިންމާ ދެން ނަގަން ޖެހޭނީ އިދިކޮޅު ފަރާތްތަކުން: ރައީސް ޔާމީން
22 މެއި 2017

ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު

22 މެއި 2017
ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު
06 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

06 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
21 މާރިޗު 2017

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް