Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތުގެ ލޮކްޑައުން މުއްދަތު އިތުރުކުރުން

އިތުރު ތިން ހަފުތާއަށް އިނގިރޭސިވިލާތުގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި

16 އެޕްރީލު 2020 | ބުރާސްފަތި 17:39

މޭ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ދެމިގެންދާނެ

އަމަން ހަލީމް
އަމަން ހަލީމް | 16 އެޕްރީލު 2020 | ބުރާސްފަތި 17:39
އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް

އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް

އިތުރު ތިން ހަފުތާގެ މުއްދަތަށް އިނގިރޭސިވިލާތުގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާންކުރެއްވީ، ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ ބޮޑުވަޒީރު ބޯރިސް ޖޯންސަން ގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އިނގިރޭސި ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް އެވެ.

މިއީ ކޮރޯނާވައިރަސް އާ ގުޅިގެން ލަފާ ހޯދުމަށް އެކުލަވާލާފައިވާ ސައިންޓިފިކް އެޑްވައިޒަރީ ގްރޫޕް ފޯރ އެމަރޖެންސީސް (ސޭޖް) ގެ ލަފަޔާ އެއް ގޮތަށް ނިންމި ނިންމުމެކެވެ. އަދި މި ނިންމުމުގެ މަގުސަދަކީ ވައިރަސްގެ ޕީކުން އަރައިގަންނަން މަސައްކަތް ކުރުން ކަމަށް އިނގިރޭސި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރާބް ވިދާޅުވީ، މިހާރު ލުއިތަކެއް ދީފިނަމަ ކުރަމުން އައި މަސައްކަތަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާން ކަމަށް ސޭޖް އިން ލަފާދީފައިވާ ކަމަށެވެ. އަދި އާންމު ސިއްހަތުގެ އިތުރުން އިގްތިސާދަށް ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ލަފާދީފައިވާ ކަމަށް ވިދާޅުވި އެވެ.

މި ނިންމުމާއެކު، އިނގިރޭސިވިލާތް އޮންނާނީ އަންނަ މޭ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކޮށްފަ އެވެ. ފަހަރުގައި އެ މުއްދަތު އެއަށް ވުރެ އިތުރުކުރަން ޖެހިދާނެ ކަމަށް ވެސް ރާބް ވިދާޅުވި އެވެ. އެ ގައުމުގެ ލޮކްޑައުން ހާލަތު އުވާލުމުގެ ކުރިން ފުރިހަމަ ވާންޖެހޭ ބައެއް ކަންކަމުގެ ލިސްޓެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އަދި އެކަންކަން ފުރިހަމަވުމުން ލޮކްޑައުން އެއްކޮށް އުވާލާނެ ކަމަށް ރާބް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ފެންނަ ކޭސްތަކުގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން އައި ކަމުގައިވީނަމަވެސް، ވިލާތުގެ އެހެން ބައެއް ގައުމުތަކާ އަޅާ ބަލާއިރު ނިސްބަތުން ހާލު ރަނގަޅެވެ. މިހާތަނަށް އެ ގައުމުން ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ ލައްކައަކަށް ވުރެ އިތުރުވެފަ އެވެ. އަދި މަރުވީ މީހުންގެ އަދަދު ވަނީ 13،700 އަށް ވުރެ އިތުރުވެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް