Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރަޕްގެ ލީގުތައް އަލުން ފެށުން

"ޔޫރަޕްގެ ލީގުތައް ކެންސަލް ކުރުމުގެ ވިސްނުމެއް ނެތް"

16 އެޕްރީލު 2020 | ބުރާސްފަތި 11:26

ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުން ވަނީ މެދު ކަނދާލާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 16 އެޕްރީލު 2020 | ބުރާސްފަތި 11:26
ޔޫރަޕިއަން ލީގުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަލްބާޓޯ ކޮލަމްބޯ

ޔޫރަޕިއަން ލީގުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަލްބާޓޯ ކޮލަމްބޯ

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ކުޅުން މެދުކަނޑާލައިފައިވީ ނަމަވެސް, ލީގު ކެންސަލްކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޔޫރަޕިއަން ލީގުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ޔޫރަޕްގެ ގަދަ ފަސް ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އީޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗު ލީގު ވަނީ މެދު ކަނދާލާފައެވެ. އަދި ޔުއެފާއިން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް މެދ ކަނދާލާފައެވެ. ޔޫރަޕްގައި މިހާރު ކުރިޔަށްދާ ހަމައެކަނި ފުތްބޯލަ ލީގަކީ ބެލަރޫސިއަން ޕްރިމިއާ ލީގެވެ.

ޔޫރަޕްގެ 36 ގައުމެއްގެ ލީގު ތަމްސީލުކުރާ ޔޫރަޕިއަން ލީގުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަލްބާޓޯ ކޮލަމްބޯ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރި މާހައުލެއް ގާއިމްވިހާ އަވަހަކަށް ފުޓްބޯޅަ ލީގުތައް ފަށާނެ ކަމަށާއި، އެކަމަކު ލީގުގެ މެޗުތައް ކުރިޔަށް ގެންދާނީ ސްޓޭޑިއަމަށް ސަޕޯޓަރުން ވައްދައިގެން ނުވަތަ ނޫންކަން އަދި ބުނަން ނޭނގޭ ކަމަށެވެ.

އަލްބާޓޯ އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅައަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށާއި ހާއްސަކޮށް ކްލަބުތަކަށާއި ލީގުތައް ހިންގާ ފަރާތްތަކަށް މިކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގާއި އަދި އިނގިރޭސި އެހެން ލީގުތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ބެލެވޭ ކަމަށާއި، އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ކަންކަން ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ހުރިހާ ވިސްނުމެއް ހުރީ ލީގުތައް އަލުން ފެށޭނެ ގޮތެއް ހޯދުމާއި ދޭތެރޭގައި ކަމަށާއި ސަބަބަކީ ސީޒަން ކެންސަލްކޮށްފިނަމަ ކްލަބުތަކަށާއި ލީގު ހިންގާ ފަރާތްތަކަށް ލިބޭ މާލީ ގެއްލުންތައް ބޮޑުވާނެތީ ކަމަށެވެ.

އަލްބާޓޯ މިހެން ވިދާޅުވިއިރު، ޖަރުމަން ލީގުގެ ބައެއް ކްލަބުތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. މިކަމާ ބެހޭ ގޮތުން އަލްބާޓޯ ވިދާޅުވީ ގައުމުތަކުން ކަނޑައަޅާ ގޮތަކަށް ފަރިތަކުރުން އެއީ މައްސަލައެއް ނޫން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނދާލާފައިވާ ލީގުތައް ފުރިހަމަ ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ޔޫރޯ ފުޓްބޯޅަ އާއި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އަދި ފީފާއިން އަންނަނީ ބައިނަލްއަގުވާމީ މެޗުތައް މިއަހަރު ކުރިއަށް ނުގެންދިޔުމަށް މަޝްވަރާ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

06 ޖުލައި 2017

ގައުމީ ޓީމުތައް ރީފޯމް ކުރުމުގެ މަސައްކަތް ވީއޭއެމްއިން ފަށައިފި

06 ޖުލައި 2017
ގައުމީ ޓީމުތައް ރީފޯމް ކުރުމުގެ މަސައްކަތް ވީއޭއެމްއިން ފަށައިފި
27 ޖޫން 2017

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް