Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމް

ގައުމީ ޓީމުތައް ރީފޯމް ކުރުމުގެ މަސައްކަތް ވީއޭއެމްއިން ފަށައިފި

ވީއޭއެމް އިން ވަނީ ގައުމީ އަންހެންް ވޮލީ ޓީމަށް ބުދަ ދުވަހުގެ ރޭ ހާއްސަ ހަރަކާތެއް ބާއްވާފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 6 ޖުލައި 2017 | ބުރާސްފަތި 11:14
ގައުމީ އަންހެން ވޮލީބޯޅަ ޓީމް

ގައުމީ އަންހެން ވޮލީބޯޅަ ޓީމް

ގައުމީ ވޮލީ ޓީމުތައް ރީފޯމް ކުރުމުގެ މަސައްކަތް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން އެ އެސޯސިއޭޝަނުން ވަނީ ގައުމީ ސީނިއާ އަންހެން ވޮލީޓީމަށް ބުދަ ދުވަހުގެ ރޭ ޙާއްސަ ހަރަކާތެއް ބާއްވާފައެވެ. ތިއަރީ ލެސަން ކްލާހަކާއި އެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވަނީ، ލީޑާޝިޕް ނެގުމާއި މޯޓިވޭޝަންގެ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ. އެގޮތުން މި ޕްރޮގްރާމްގައި އިންސްޓްރަކްޓަރެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ، ދަރުމަޔަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން ގައުމީ އިނާމު ހާސިލް ކުރައްވާފައިވާ ހަސަން ޝިޔާމެވެ.

މި ޕްރޮގްރާމުގައި ހަސަން ޝިޔާމް ވަނީ، ގައުމު ތަމްސީލް ކުރުމަކީ ކިހާވަރެއްގެ ކަމެއް ކަމާއި، ގައުމީ ޓީމުން ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެއްޖެނަމަ ދެން އަމަލު ކުރާނެ ގޮތްވެސް ކުޅުންތެރިންނަށް ކިޔައިދީފައެވެ.

މި ޕްރޮގްރާމްގެ އިތުރުން ވީއޭއެމްއިން ވަނީ ބުދަ ދުވަހުގެރޭ، ގައުމީ ސީނިއާ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިންނާއި އެކު ޓީމް މެމްބަރޝިޕް އެގްރިމެންޓެއްގައި ސޮއެކޮށްފައެވެ.

ގައުމީ އަހެން ވޮލީޓީމުން އަންނަނީ، އަންނަ މަހުގެ 09 އިން 17 އަށް ފިލިޕީންސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭޝިއަން ވިމެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ރަސްމީ ސްކޮޑް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހު ފުވައްމުލަކުގައި ބާއްވާ ވިމެންސް ވޮލީބޯލް އެސޯސިއޭޝަން ކަޕަށް ފަހު ކަމަށް ވީއޭއެމްއިން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު