Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ޖެހިގެން ރަނގަޅުކުރެވޭ މީހުން

ކޮވިޑް-19 ޖެހިގެން ރަނގަޅުކުރެވުނު މީހުންގެ އަދަދު ބައިމިލިއަނަށް ވުރެ މައްޗަށް

16 އެޕްރީލު 2020 | ބުރާސްފަތި 07:13

އެންމެ ގިނަ މީހުން ރަނގަޅު ވެފައިވަނީ ޗައިނާއިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އެޕްރީލު 2020 | ބުރާސްފަތި 07:13
ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ސިއްހީ އެހީތެރިން އަންނަނީ މަސައްކަތްކުރަމުން

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ސިއްހީ އެހީތެރިން އަންނަނީ މަސައްކަތްކުރަމުން

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަނގަޅުކުރެވޭ މީހުންގެ އަދަދު ފަސް ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

އެގޮތުން މިހާތަނަށް އާއިރު މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުކުރެވުނު މީހުންގެ އަދަދަކީ 511،440 މީހުންނެވެ. މިއީ ޖުމްލަ ވައިރަސް ޖެހިފައިވާ 2,083,304 މީހުންގެ ތެރެއިންނެވެ. މިވައިރަސް ޖެހިގެން މިހާތަނަށް އާއިރު މަރުވެފައިވަނީ 134,616 މީހުންނެވެ.

ވައިރަސް ޖެހިފައިވާ މީހުން އެންމެ ގިނައިން ރަނގަޅު ކުރެވިފައިވަނީ އެންމެ ފުރަތަމަ ވައިރަސް ފެނުނު ޗައިނާގަ އެވެ. އެއީ 77,892 މީހުންނެވެ. ޗައިނާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 82,341 ގަ އެވެ. އަދި ޗައިނާއަކީ މިހާތަނަށް އާއިރު ބަލި ޖެހިފައިވާ މީހުންގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް މީހުން ރަނގަޅުވެފައިވާ ގައުމުވެސްމެއެވެ.

ދެވަނަ އަށް އެންމެ ގިނަ ބަލި މީހުން ރަނގަޅު ވެފައިވަނީ ޖަރުމަނުގަ އެވެ. އެއީ 72,600 މީހުންނެވެ. ނަމަވެސް ޖަރުމަނުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 134,753 އަށް އަރައެވެ.

ތިން ވަނައަށް އެންމެ ގިނަ މީހުން ރަނގަޅު ކުރެވިފައިވަނީ ސްޕެއިންގަ އެވެ. އެއީ 70,853 މީހުންނެވެ. ސްޕެއިންގައި ކޮވިޑް-19 180,659 މީހުންނަށް ޖެހިފައިވެ އެވެ.

އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އެމެރިކާއިން ރަނގަޅު ވެފައިވަނީ 48,708 މީހުންނެވެ. އެއީ 644,089 މީހުންގެ ތެރެއިންނެވެ. ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނަ އިޓަލީގައި މިހާތަނަށް 165,155 މީހުންނަށް ވައިރަސް ޖެހިފައިވާއިރު ރަނގަޅުވެފައިވަނީ މީގެތެރެއިން 38,092 މީހުންނެވެ.

ޔޫރަޕް ނެގުމަށްފަހު ދެން އެންމެ ގިނަ އަދަދެއްގެ މީހުން ރަނގަޅުކުރެވެމުން އަންނަ ގައުމަކީ އިރާނެވެ. އެއީ 49,933 މީހުންނެވެ. އިރާނުގައި މިވައިރަސް 76,389 މީހުންނަށް ވަނީ ޖެހިފަ އެވެ.

ކޮވިޑް-19 އަށް މިހާތަނަށް އާއިރު އަދި ވެކްސިނެއް ހޯދިފައިނުވާއިރު މިވައިރަސް ޖެހޭ މީހުންނަށް ފަރުވާދިނުމަށް ވަކި ޚާއްސަ ބޭހެއްވެސް އަދި ހޯދިފައެއް ނުވެއެވެ. އެކި ގައުމުތަކުން ވައިރަސް ޖެހޭ މީހުންނަށް ފަރުވާދިނުމަށް އެކި ބޭސް ބޭނުން ކުރަމުންދާއިރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ބުނަމުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްނުދީ އެއާ އެއްގޮތަށް އަމަލުކޮށްގެން ނޫނީ މިވަގުތު ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ގިނަ ގައުމުތައް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އަނެއް ބައި ގައުމުތަކުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މީހުން އެއްވެ އުޅުން މަނާކޮށް ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް