Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެއަރޕެކޭޖުތައް ހަވާލުކުރުން

ސްރީލަންކާ އަދި އިންޑިއާއަށް ފޮނުވި ކެއަރޕެކޭޖްތަކުގެ ބޮޑުބައި ހަވާލުކޮށް ނިމިއްޖެ

ބުދަ ދުވަހުގެ ނިޔަލަށް ލަންކާއަށް ފޮނުވި 622 ޕެކޭޖްގެ ތެރެއިން 560 އަށްވުރެ ގިނަ ޕެކޭޖް އާއިލާތަކަށް ރައްދުކޮށްދީފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 15 އެޕްރީލު 2020 | ބުދަ 19:37
ބޭރުގައުމުތަކުގައި ތިބި ދިވެހިންނަށް ކެއަޕެކޭޖް ފޮނުވަން ހުޅުވާލި ފުރުސަތުގައި އެޕެކޭޖުތައް ހަވާލުކުރުމަށް ބަޔަކު ގޮސްތިބި މަންޒަރު

ބޭރުގައުމުތަކުގައި ތިބި ދިވެހިންނަށް ކެއަޕެކޭޖް ފޮނުވަން ހުޅުވާލި ފުރުސަތުގައި އެޕެކޭޖުތައް ހަވާލުކުރުމަށް ބަޔަކު ގޮސްތިބި މަންޒަރު

ކޮވިޑް-19 އާ ގުޅިގެން މިސަރަހައްދުގެ ބައެއް ޤައުމުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން، ޒަރޫރީ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާ ދިވެހި އާއިލާތަކަށް އެހީތެރިވެދިނުމަށް ސަރުކާރުން ފެށި ކެއަރ ޕެކޭޖް ފޮނުވުމުގެ އިންތިޒާމްތަކުގެ ދަށުން، ސްރީލަންކާ އަދި އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންއަށް ފޮނުވި ކެއަރޕެކޭޖްތަކުގެ ބޮޑު ބައި އާއިލާތަކާ ހަވާލުކޮށް ނިމިއްޖެއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ބުދަ ދުވަހުގެ ނިޔަލަށް ލަންކާއަށް ފޮނުވި 622 ޕެކޭޖްގެ ތެރެއިން 560 އަށްވުރެ ގިނަ ޕެކޭޖް އާއިލާތަކަށް ރައްދުކޮށްދީފައިވާކަމަށެވެ. އަދި ބާކީ ހުރީ ލަންކާއަށް ޕެކޭޖްތައް ފޮނުވި ފަހުން، އެޕެކޭޖާއި ހަވާލުވާން ޖެހޭ އާއިލާ މާލެއަށް އައިސްފައިވާ ޕެކޭޖްތަކާއި، ހައިކޮމިޝަނުން ގުޅަން މަސައްކަތްކޮށްގެން ނުގުޅުނު އާއިލާތަކާ ހަވާލުކުރަން ޖެހޭ ބައެއް ޕެކޭޖްތައް ކަމަށެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ އެގައުމުގެ އެކި ސަރަހައްދުތަކުގައި ފުލުހުން ޗެކް ޕޮއިންޓްތައް ގާއިމްކޮށްފައިވާކަމަށެވެ. އަދި ޕެކޭޖްތައް ގެންދާ ވެހިކަލްތައް މިއިން ކޮންމެ ޗެކް ޕޮއިންޓެއް ކައިރިއަށް މަޑުކޮށް، މުޅި ވެހިކަލް ޗެކް ކުރަން ޖެހޭ ކަމަށާއި އެހެންކަމުން ލޮކްޑައުންގެ ޙާލަތުގައި އޮތް ސިޓީއެއްގައި މި ޚިދުމަތް ދިނުމުގައި އުއްމީދުކުރި ވަރަށް ވުރެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ހަމައެއާއިއެކު ބައެއް ޕެކޭޖްތައް ގެންދަން ޖެހޭ ގެތަކަކަކީ ހަނި މަގުތަކާ ގޯޅިތަކުގައި ހުންނަ ގެތައް ކަމުން، އެތަކެތި ގޭގެއަށް ފޯރުކޮށްދިނުމުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ޓްރިވެންޑްރަމް އަށް ފޮނުވި 79 ޕެޖޭކްގެ ތެރެއިން ބުދަދުވަހާއި ހަމަޔަށް ޑެލިވަރ ނުކުރެވި ހުރީ 2 ޕެކޭޖު ކަމަށެވެ. އަދި ޓްރިވެންޑްރަމްއަށް ދިޔަ ފްލައިޓްގައި އެސިޓީއަށް ފޮނުވި 79 ޕެކޭޖްގެ އިތުރުން ކޮޗިންގައި ތިބި އާއިލާތަކަށް 65 ޕެކޭޖް ފޮނުވާފައިވާކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ ކޮޗިންއަށް ފޮނުވި ޕެކޭޖްތައް ޓްރިވެންޑްރަމްއިން ކޮޗިންއަށް ގެންދިޔުމަށް ބޭނުންވާ ހުއްދަތައް ހޯދައިގެން، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްއިން ވަނީ މިހާރު އެތަކެތި ކޮޗިންއަށް ގެންގޮސްފައި ކަމަށާއި އިންޑިއާގެ ކެރެލާ ސްޓޭޓްވެސް އޮތީ ލޮކްޑައުންގައި ކަމުން ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ގެންދިޔަ ޕެކޭޖްތައްވެސް ގޭގެއަށް ގެންގޮސްފައިވަނީ އެކަމަށް ބޭނުންވާ ޚާއްސަ ހުއްދައެއް ނަގައިގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެއިތުރުން، މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރުއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި 452 ކެއަރޕެކޭޖްތަކުގެ ތެރެއިން 250 ޕެކޭޖް އާއިލާތަކާ ހަވާލުކޮށްފައިވާކަމަށް ބާކީ ހުރި 202 ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް ހައިކޮމިޝަނުން ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދަތިތަކާއެކުވެސް ސަރުކާރުން ދަނީ ލަންކާއަށާ އިންޑިއާ އަދި މެލޭޝިއާއަށް ފޮނުވި ކެއަރޕެކޭޖްތައް ވީއެންމެ އަވަހަށް އާއިލާތަކަށް ރައްދުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިންނަށް ޖަވާބުދާރީވުމަށް އެމްއެމްސީން ފޮނުވި ސިޓީތައް ބާތިލްކުރަން ނިންމައިފި

ނޫސްވެރިންނަށް ޖަވާބުދާރީވުމަށް އެމްއެމްސީން ފޮނުވި ސިޓީތައް ބާތިލްކުރަން ނިންމައިފި

23 މެއި 2017
އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

22 މެއި 2017
އަށްހާސް ސިޓީ ފޮނުވިއަސް ދިވެހި ފުލުހުން ޖެހެނީ ބަލައިގަންނަން: ރޮޒެއިނާ

އަށްހާސް ސިޓީ ފޮނުވިއަސް ދިވެހި ފުލުހުން ޖެހެނީ ބަލައިގަންނަން: ރޮޒެއިނާ

03 މެއި 2017
ސްރީލަންކާގެ ދެ މިނިސްޓަރަކާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ސްރީލަންކާގެ ދެ މިނިސްޓަރަކާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

29 މާރިޗު 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު