Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

ސްރީލަންކާގެ ދެ މިނިސްޓަރަކާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ބައްދަލު ކުރައްވާފައިވަނީ އަންގާރަ ދުވަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 މާރިޗު 2017 | ބުދަ 01:19
ރައީސް ނަޝީދު ލަންކާގެ ދެވަޒީރުންނާ ބައްދަލު ކުރައްވަނީ

ރައީސް ނަޝީދު ލަންކާގެ ދެވަޒީރުންނާ ބައްދަލު ކުރައްވަނީ

މިވަގުތު އަވައްޓެރި ސްރީލަންކާއަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޤައުމުގެ ދެ ވަޒީރަކާ ބައްދަލު ކުރައްވައިފިއެވެ.

އެކަން ހާމަ ކުރައްވާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ އަހުމަދު ނަސީމް ކުރެއްވި ޓްވީޓެއްގައެވެ.

ނަސީމްގެ ޓްވީޓްގައި ރައީސް ނަޝީދު ސްރީލަންކާގެ ދެ މިނިސްޓަރުން ކަމަށްވާ އަރްޖުނާ ރަނަތުންގައާއި މަނޯ ގަނަސޭނާއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ބައްދަލު ކުރެއްވީ އަންގާރަ ދުވަހުގެ ކޮން ވަގުތެއްގަކަމާއި މަޝްވަރާ ކުރެވުނީ ކޮންކަމަކާ ގުޅޭގޮތުން ކަމަކަށް ވިދާޅުވެފައެއް ނުވެއެވެ.

ލަންކާގެ ދެވަޒީރުންނާ ރައީސް ނަޝީދު ބައްދަލު ކުރައްވާފައި މިވަނީ ރާއްޖޭގެ ސިޔާސީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޑިމޮކްރަސީ އިޔާދަކޮށް ރައްޔިތުންގެ އަސާސީ ޙައްޤުތައް ހޯދައި ރާއްޖެ ބަދަލު ކުރުމަށް ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ގުޅިގެން މަސައްކަތް ކުރައްވަން ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

އަދި އެމަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލައިގާ ސަރުކާރުގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން އެވޯޓްގެ ކަންކަން ކުރެއްވި ގޮތުން ސަރުކާރަށާއި މަޖިލީހަށް ފާޑުކިއުން އިތުރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ބައްދަލު ކުރެއްވި ދެވަޒީރުންގެ ތެރެއިން އަރްޖުނާ ރަނަތުންގައަކީ މިހާރުގެ ސަރުކާރުގެ ހައިވޭ، ޕޯޓްސް އެންޑް ޝިޕިންގ މިނިސްޓަރެވެ. އަދި މާނޯ ގަނަސޭނާއަކީ މިނިސްޓަރ އޮފް ނޭޝަނަލް ޑައިލޮގެވެ.

ރައީސް ނަޝީދު މި ދެ ވަޒީރުންނާ ބައްދަލުކުރައްވާފައި ވާއިރު ސްރީލަންކާގެ ކުރީގެ ރައީސް ޗަންދިރިކާ ބަންޑާރަނައިކަ ވަނީ ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖޭގެ އިދިކޮޅު ލީޑަރުން ގުޅިވަޑައިގެން ކުރައްވަން ފެއްޓެވި މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެ އަންގާރަ ދުވަހު ބަޔާނެއްވެސް ނެރުއްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު