ދެ ލޯބިވެރިން ސަލާމަތް ކުރަން އުޅުނު ބިދޭސީއެއްގެ ގަޔަށް ވަޅި ހެރިއްޖެ
11 އެޕްރީލު 2020 | ހޮނިހިރު 14:40މިއީ ބިދޭސީ އަންހެނަކާ ފިރިހެނެއް ރުޅިވުމުން ހިނގި ހަމަނުޖެހުމެއް

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ދެ ބިދޭސީ ލޯބިވެރިން ސަލާމަތް ކުރަން އުޅުނު އެހެން ބިދޭސީއެއްގެ ގަޔަށް ވަޅި ހެރިއްޖެއެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ކައިރީ މީހެއްގެ ގަޔަށް ވަޅި ހަރައިގެން އުޅޭކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ މެންދުރު 14:10 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރައްޓެހިވެގެން އުޅުނު ބިދޭސީ އަންހެނަކާ ފިރިހެނެއް ރުޅިވުމުން، އެ އަންހެން މީހާ ފިރިހެން މީހާގެ ކައިރިއަށް ގޮސް އަމިއްލަ ގައިގަ ވަޅި އަޅަން އުޅުމުން އެހެން ބިދޭސީ ފިރިހެނެއް އެ އަންހެން މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ވަޅި އެޅިގެން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ހަމަނުޖެހުމުގައި ޒަހަމްވި މީހާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.






