Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

އިންޓައަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް މެސީ ދޮގުކޮށްފި

މި ސީޒަން ނިމުމުން މެސީއަށް ކްލަބު ދޫކޮށްލުމުގެ އިޚުތިޔާރު ލިބޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 އެޕްރީލު 2020 | ހޮނިހިރު 05:36
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ

މި ސީޒަން ނިމުމުން އިންޓަ މިލާނަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ދޮގުކޮށްފި އެވެ.

ސްޕެއިންގެ ބައެއް މީޑިއާތަކުން މީގެ ކުރިން ވަނީ މި ސީޒަން ނިމުމުން އިޓަލީގެ އިންޓައަށް މެސީ ބަދަލުވާން އުޅޭ ކަމަށް ރިޕޯޓުކޮށްފައެވެ. ބާސާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު އުފެދިފައިވާ މައްސަލަގަނޑުގެ ސަބަބުން މެސީ މި ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާ އާއި މެސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މި ސީޒަން ނިމުމުން އޭނާ އަށް ކްލަބު ދޫކޮށްލުމުގެ އިޚުތިޔާރު ލިބެއެވެ. އެކަމަކު ދާދި ފަހުން މެސީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޚަބަރު ދޮގުކޮށްފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކުރިއިރު، ދާދި ފަހުން ބާސާ ބޯޑުގެ ހަ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާވެސް ދީފައެވެ. މި މެމްބަރުންތައް މަގާމުން އިސްތިއުފާދިނީ އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫއާ ހިތްހަމަނުޖެހިގެން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާއިން އެ ކްލަބުގެ ރައީސް ބާޓޮމެއޫ ދިފާއުކޮށް، އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވައްޓާލަން ބޭނުންވި ކަމަށްވެސް މީޑިއާތަކުގައި މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ. އަދި އެކަމަށް ކުންފުންޏެއްގެ އެހީ އެ ކްލަބުން ހޯދި ކަމަށާއި، އެގޮތުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޖެރާޑް ޕީކޭ އާއި ކުރީގެ ކުޅުންތެރިން ކަމަށްވާ ޒަވީ ހެނާންޑޭޒް އާއި ކާލްސް ޕުޔޯލް އަދި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަގުވައްޓާލަން ޓްވިޓާ އާއި ފޭސްބުކުގައި މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރި އެވެ.

އެފަދަ ވާހަކަތަކެއް މީޑިއާ އިން ރިޕޯޓުކުރީ އޭގެ ކުރިން މެސީއާ އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލްއާ މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. މި މައްސަލަ ޖެހުނީ، ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް އަބިދާލް ބުނުމުންނެވެ. އެކަމުގައި މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އިލްޒާމެއް އަޅުވާއިރު އެއީ ކޮން ކުޅުންތެރިންނެއްކަން އެނގެންޖެހޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2017

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

01 ޖުލައި 2017
ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް
21 ޖޫން 2017

ބުރާސްފަތި ދުވަހު ލިވަޕޫލްއަށް ބަދަލުވާން ސަލާހް މެޑިކަލް ހަދާނެ

21 ޖޫން 2017
ބުރާސްފަތި ދުވަހު ލިވަޕޫލްއަށް ބަދަލުވާން ސަލާހް މެޑިކަލް ހަދާނެ
20 ޖޫން 2017

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
17 ޖޫން 2017

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

17 ޖޫން 2017
ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
27 މެއި 2017

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން
13 މެއި 2017

ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ

13 މެއި 2017
ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު