Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ސަލާހް

ބުރާސްފަތި ދުވަހު ލިވަޕޫލްއަށް ބަދަލުވާން ސަލާހް މެޑިކަލް ހަދާނެ

ސަލާހް ހޯދުމަށް 2013 ވަނަ އަހަރުވެސް ލިވަޕޫލުން މަސައްކަތްކުރި

ލީވާން އަލީ
ލީވާން އަލީ | 21 ޖޫން 2017 | ބުދަ 12:48
ރޯމާ އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހް

ރޯމާ އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހް

ބުރާސްފަތި ދުވަހު ލިވަޕޫލްއަށް ބަދަލުވާން ރޯމާ އަށް ކުޅެމުން އަންނަ އިޖިޕްޓްގެ ފޯވާޑް މުހައްމަދު ސަލާހް މެޑިކަލް ހަދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު ސަލާހް އޭނާގެ މެޑިކަލް ފުރިހަމަކުރުމަށް ލަންޑަނަށް ގޮސްފައިވާއިރު، ބުރާސްފަތި ދުވަހު ޓްރާންސްފާ އަދި މެޑިކަލްގެ ކަންތައް ފުރިހަމަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރާންސްފާ ބާޒާރުގައި ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތްކުރި ސަލާހް ލިވަޕޫލްއަށް ބަދަލުވާން ނިންމާފައިވަނީ 35 މިލިއަން ޕައުންޑަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ލިވަޕޫލް އިން ވަނީ 2013 ވަނަ އަހަރުވެސް ސަލާހް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެފަހަރު ލިވަޕޫލް އިން ކުރި މަސައްކަތް ވަނީ ބޭކާރުވެފައެވެ.

ލިވަޕޫލް އިން ސަލާހް ހޯދުމަށް މަސައްކަތްނުކުރާކަމަށް ބުނެ އެވާހަކަތައް ދޮގުކުރައްވަމުން ރޯމާގެ ރައީސް ރައީސް ޖިމް ޕެލޯޓާ ވިދާޅުވީ، ރޯމާގެ ވަރަށް ގިނަ ކުޅުންތެރިން ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ ހުރިހާ ހުށަހެޅުންތަކަށްވެސް ވަކިވަކިން ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ، ލިވަޕޫލް އިން ސަލާހް ހޯދުމަށް ރަސްމީކޮށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

މި ސީޒަނުގައި ރޯމާ ލީގުގެ ދެވަނައިގައި ނިންމާލި އިރު، އެޓީމުގެ ފޯވާޑް އެޑިން ޒެކޯ ވަނީ ލީގުގެ ޓޮޕް ސްކޯރާގެ މަގާމު 39 ލަނޑާއެކު ހޯދާފައެވެ. މީގެއިތުރުން އުމުރުން 24 އަހަރުގެ ސަލާހް ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އެއްކޮށް 19 ލަނޑު ކާމިޔާބުކޮށްފައެވެ.

ބަސެލް، ޗެލްސީ އަދި ފިއޮރެންޓީނާ ފަދަ ކްލަބްތަކަށް ކުޅެފައިވާ ސަލާހް ވަނީ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ބަސެލްއާއެކު ސްވިސް ސުޕާ ލީގު އަދި ޗެލްސީއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޖިޕްޓް ގައުމީ ޓީމާއެކު މި އަހަރު ކަޕް އޮފް ނޭޝަންސްގެ ދެވަނަވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

02 އެޕްރީލު 2017
ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ
31 މާރިޗު 2017

ބޮޑު 8 ކްލަބާ އެކު ކުންފުނިތަކުން ސޮއިކުރުން އާދީއްތަ ދުވަހު

31 މާރިޗު 2017
ބޮޑު 8 ކްލަބާ އެކު ކުންފުނިތަކުން ސޮއިކުރުން އާދީއްތަ ދުވަހު
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
22 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

22 މާރިޗު 2017
 މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
17 މާރިޗު 2017

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު