Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭކަމަށް ސްކައި ސްޕޯޓްސް އިޓާލިއާއިން ވަނީ ރިޕޯޓް ކޮށްފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 17 ޖޫން 2017 | ހޮނިހިރު 15:33
ޗެލްސީގެ ކޯޗް ކޮންޓޭ

ޗެލްސީގެ ކޯޗް ކޮންޓޭ

އިނގިރޭސި ކްލަބް ޗެލްސީގެ ކޯޗް ކޮންޓޭ، މަގާމުން އިސްތިއުފާދީ ކްލަބު ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ކްލަބުން ދޮގުކޮށްފިއެވެ.

ޗެލްސީގެ ބައެއް ކުޅުންތެރިންނާއި ކޮންޓޭ އާއި ދެމެދު މައްސަލަތަކެއް ޖެހި އޭނާ ކްލަބު ދޫކޮށްލަން އުޅޭކަމަށް ސްކައި ސްޕޯޓްސް އިޓާލީއާއިން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެ ކްލަބުން ބުނެފައިވަނީ، އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށާއި، އަންނަ ސީޒަނުގައިވެސް އެޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުންނާނީ ކޮންޓޭ ކަމަށެވެ.

ސްކައި ސްޕޯޓްސް އިޓާލިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރާންސްފާގެ މައްސަލަތަކެއްގައި ކޮންޓޭ އާއި ޗެލްސީގެ ޑިރެކްޓަރުންނާއި ދެމެދު ވަނީ މައްސަލަތަކެއް ޖެހިފައެވެ. އެހެން ކަމުން މި މައްސަލަތަކާއި ގުޅިގެން އޭނާ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް ސަކައި ސްޕޯޓްސް އިޓާލިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޗެލްސީގެ ކޯޗުކަމާއި ކޮންޓޭ ހަވާލުވި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެކުލަބަށް އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އެފްއޭކަޕް ފައިނަލުގައި އެޓީމު ވަނީ އާސެނަލް އަތުން ބަލިވެފައެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޓީމު ވަރުގަދަ ކުރުމަށްޓަކާ ޓްރާންސްފާގައި ޓީމަށް މޮޅެތި ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރަމުން ދާކަމަށް މީގެ ކުރިން ކޮންޓޭ ވަނީ ބުނެފައެވެ. ނަމަވެސް ކޮންޓޭ ޝައުގުވެރިވާ ބައެއް ކުޅުންތެރިން ލިބިދާނެ ކަމާއިމެދު ސުވާލު އުފެދިފައި ވާއިރު، ދާދި ފަހުން އެޓީމުގެ ތަރި ޑިއޭގޯ ކޯސްޓާ އާއި ކޮންޓޭ އާއި ދެމެދު މައްސަލަތަކެއްޖެހި އޭނާ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު