Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

"ރޮނާލްޑޯ ރެއާލަށް ބަދަލުވެއްޖެނަމަ އެކަމާ ހައިރާނެއް ނުވާނަން"

10 އެޕްރީލު 2020 | ހުކުރު 20:24

ރޮނާލްޑޯއަށްްް ބިޑްކުރަން ރެއާލުން އަންނަނީ ތައްޔާރުވަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 10 އެޕްރީލު 2020 | ހުކުރު 20:24
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން އެނބުރި ރެއާލް މެޑްރިޑަށް ބަދަލުވި ނަމަވެސް އެކަމާ ހައިރާން ނުވާނެ ކަމަށް އޭނާ އާއެކު ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޖޯސޭ ފޮންޓް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯއަށް ބިޑް ކުރަން ރެއާލުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ހޫނު މޫސުމުގެ ޓްރާންސްާ ބާޒާރުގައި ރެއާލުން ރޮނާލްޑޯ ގަތުމަށް 60 މިލިއަން ޔޫރޯގެ ބިޑެއް ކުރާނެއެވެ. އަދި ޔުވެންޓަސްއަށް ދިމާވާނެ މާލީ ދަތިތަކުން އަރައިގަތުމަށް އެޓީމުން ރޮނާލްޑޯ ވިއްކާލުމަށް އޮތީ ތައްޔާރަށް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ރޮނާލްޑޯ އާއެކު ޕޯޗުގަލްއަށް ކުޅެމުން އަންނަ ފޮންޓް ބުނީ ރޮނާލްޑޯ ރެއާލަށް ބަދަލުވުމުން އޭނާ އެކަމާއި ހައިރާން ނުވާނެ ކަމަށާއި، ހަގީގަތަކީ ރޮނާލްޑޯއަށް އޭނާގެ ކުރީގެ ކްލަބު ރެއާލް އަކީ ހާއްސަ ޓީމަކަށް ވުމުން ކަމަށެވެ. މީގެއިތުރުން ފޮންޓް ބުނީ ރޮނާލްޑޯ ރެއާލްގައި ހޭދަކުރި ދުވަސްވަރު އޭނާއަށް އެކްލަބުގެ ސަޕޯޓަރުންނާއި ކްލަބުގެ އިސްފަރާތްތަކުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ އަލުން އެނބުރި ރެއާލްއަށް ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ކައިރީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ސީޒަންގެ ކުރީ ކޮޅު ރޮނާލްޑޯ އާއި ޔުވެންޓަސްގެ ކޯޗު ސާރީއާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުޅުނުކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އެކަމަކު ސާރީ ވަނީ ފަހުން ރޮނާލްޑޯއާ އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ރެއާލަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، ރޮނާލްޑޯ ވަނީ ރެއާލްގެ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ބަލަން ސްޕެއިނަށް ގޮސްފައެވެ. އަދި އެ މެޗުގެ ހާފް ޓައިމްގައި ރޮނާލްޑޯ ވަނީ ރެއާލްގެ ކުޅުންތެރިންނާއި ބައްދަލުކޮށްފައެވެ.

2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވީ އޭރުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ރެއާލް އާއެކު ހޭދަކުރި 9 ސީޒަނުގައި ރޮނާލްޑޯ ވަނީ އެޓީމަށް ކުޅެދިން 292 މެޗުން 311 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި ޔުވެންޓަސްއަށް ބަދަލުވެ މިހާތަނަށް ޔުވެންޓަސް އަށް އޭނާ ކުޅެދިން 53 މެޗުން ވަނީ 42 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ރޮނާލްޑޯ އަކީ ރެއާލަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
14 އެޕްރީލު 2017

ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

14 އެޕްރީލު 2017
ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް