Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

އެމެރިކާއިން މެޑިކަލް ސަޕްލައިސް އެކްސްޕޯޓްކުރުން ޓްރަމްޕް މަނާކޮށްފި

3 އެޕްރީލު 2020 | ހުކުރު 22:15

ސަރުކާރުން އެ ޤައުމުގެ ސްޓޭޓުތަކަށް ބޭނުންވާ ސިއްޙީ އާލަތްތައް ފޮނުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އެޕްރީލު 2020 | ހުކުރު 22:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާއިން މެޑިކަލް އާލަތްތައް އެ ޤައުމުން ބޭރަށް އެކްސްޕޯޓް ކުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަނާ ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ބޭނުންތެރި އަދި މިވަގުތަށް ޒަރޫރީ މެޑިކަލް އާލަތްތައް އެ ޤައުމުން އެކްސްޕޯޓް ކުރުން މަނާކުރައްވާ ކަމަށާއި، އެ ތަކެތީގެ ބޭނުން އެމެރިކާއަށް މިވަގުތު މާ ބޮޑު ކަމަށެވެ.

އެގޮތުން ހޯމްލޭންޑް ސެކިއުރިޓީ އޭޖެންސީއާއި، އެމަޖެންސީ މެނޭޖްމަންޓް އޭޖެންސީން ގުޅިގެން މިހާރުވެސް "އެން-95" މާސްކްއާއި އެހެނިހެން ސިއްޙީ އާލަތްތައް އެކްސްޕޯޓް ކުރުން ހުއްޓުވުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެމެރިކާ ސަރުކާރުން އެ ޤައުމުގެ ސްޓޭޓުތަކަށް ބޭނުންވާ ސިއްޙީ އާލަތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، ސެންޓަރ ފޮރް ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން މިހާރު އެމެރިކާ ރައްޔިތުންވެސް އާދައިގެ ފޮތި މާސްކް އެޅުމަށް އިރުޝާދުދޭ ކަމަށާއި، ނަމަވެސް އެއީ އެމީހެއްގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި ސީޑީސީން އެހެން އިރުޝާދު ދިން ނަމަވެސް އެމަނިކުފާނުވެސް އަމިއްލަފުޅަށް މާސްކް ބޭނުން ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރު ހަކަތައިގެ އެކި މަސައްކަތްތައް ކުރާ ކުންފުނިތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ ޓްރަމްޕް އިތުރަށް ވިދާޅުވީ، ހުކުރު ދުވަހު އެފަދަ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާނެ ކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ ކަންކަން ސަރުކާރުން ފުއްދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އެމެރިކާއިން މިހާތަނަށް 274،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 7000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 5000 އަށްވުރެ ގިނަ މީހުން ސީރިއަސް ޙާލަތުގައި ތިބިއިރު، އެމެރިކާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވި ޤައުމެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް