Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު ވައިރަސްއަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވެއްޖެ

2 އެޕްރީލު 2020 | ބުރާސްފަތި 16:24

އަވާހަރަވިއިރު އުމުރު ފުޅަކީ 83 އަހަރުފުޅު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 އެޕްރީލު 2020 | ބުރާސްފަތި 16:24
ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު ނޫރް ހުސައިން ހަސަން

ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު ނޫރް ހުސައިން ހަސަން

ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު ނޫރް ހަސަން ހުސައިން އަށް ކޮވިޑް-19 ޖެހިގެން ލަންޑަންގައި ފަރުވާ ހޯއްދަވަމުންދަނިކޮށް އަވަހާރަވެއްޖެ އެވެ.

އެއާއެކު ސޯމާލިއާގައި ވަނީ ތިންދުވަސް ގައުމީ ހިތާމަފާޅުކުރާ ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. ސޯމާލިއާގެ ކުރީގެ ބޮޑު ވަޒީރު އަވަހާރަވެފައިވަނީ ބުދަ ދުވަހު ލަންޑަންގެ ހޮސްޕިޓަލްގައި މިވައިރަސްއަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އަވާހަރަވިއިރު އުމުރު ފުޅަކީ 83 އަހަރުފުޅެވެ.

ނޫރް ހަސަން ހުސައިން މަޝްހޫރު ނަމުންނަމަ ނޫރް އައްޑޭ ބޮޑުވަޒީރުކަން ސޯމާލިއާގައި ކުރައްވާފައިވަނީ 2007 ވަނަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ. ނޫރް އަވަހާރަވުމާއި ގުޅިގެން ސޯމާލިއާގެ ރައީސް ނެރުއްވި ބަޔާނެއްގައި ވަނީ އެގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާކަން ހާމަަކުރައްވާފަ އެވެ.

ނޫރް ހުސައިން އުފަންވެވަޑައިގަންފައިވަނީ 1937 ވަނަ އަހަރު އެވެ. އަދި ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގަތުމުގެ ކުރިން އިޓަލީން ވަނީ ތައުލީމު ހާސިލްކުރައްވާފަ އެވެ. ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށްފަހު ސޯމާލިއާގެ ރެޑް ކްރެސެންޓްގައި މަސައްކަތްކުރައްވާފައިވެ އެވެ. އަދި އެފްރިކާގެ ގައުމުތަކުގެ އެމްބަސެޑަރެއްގެ ގޮތުގައި އިޓަލީގައި މަސައްކަތްކުރައްވާފައިވެ އެވެ.

ނޫރް ހުސައިން ފަސްދާނަލުމަށް ހަމަޖެހިފައިވަނީ ލަންޑަންގައި ކަމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ހާމަކޮށްފަ އެވެ. އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދެ ހަފްތާގައި ނޫރް ހުސައިން ބައްޔަށް ފަރުވާ ހޯއްދެވުމަށް ކިންގްސް ކޮލެޖް ހޮސްޕިޓަލްގައި އޮންނަވާފައިވާ ކަމަށެވެ.

ނޫރް ހުސައިން ހަސަންއަކީ ސޯމާލިއާގެ ނުފޫޒުގަދަ ބޮޑުވަޒީރެކެވެ. އަދި އެގައުމަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވާ ބޭފުޅަކީވެސް ނޫރް ހުސައިން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިނގިރޭސިވިލާތުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 33000 އަށް ވުރެ މަތިވެފައިވާއިރު ދެހާހަަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ސޯމާލިއާގައި މިހާތަނަށް އާއިރު ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ ފަސް މީހުންނެވެ. އަދި އެކަކު ވަނީ މިހާތަނަށް އާއިރު މަރުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް