Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19: މަގުތައް ޕެޓްރޯލް ކުރެއްވުމަށް ސީޕީ ހަމީދު ނިކުންނަވައިފި

2 އެޕްރީލު 2020 | ބުރާސްފަތި 14:45

މަގުތަކުގައި އުޅޭ މީހުންނަށް ފުރަތަމަ ނަސޭހަތްދީ، އަދި 1،000ރ. އިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 އެޕްރީލު 2020 | ބުރާސްފަތި 14:45
މާލެތެރެ ޕެޓްރޯލް ކުރެއްވުމުގައި ސީޕީ އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވަނީ

މާލެތެރެ ޕެޓްރޯލް ކުރެއްވުމުގައި ސީޕީ އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ބުރާސްފަތި ދުވަހު ފުރަތަމަ ފަހަރަށް މާލެ ހިމެނޭ ޞަރަޙައްދުގައި ކާފިއު އިޢުލާނުކޮށް އެ ވަގުތުގައި މާލެތެރެ ބެލެހެއްޓުމަށް، ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ނުކުމެވަޑައިގެން އަމަލީ ގޮތުން ޑިއުޓީ އަދާކުރައްވައިފި އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބުރާސްފަތި ދުވަހުގެ ހަވީރު 5-8 އަށް ކާފިއު ހިންގާފައިވާއިރު އެ ވަގުތުގައި ބޭރުގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މަގުތަކުގައި އުޅޭ މީހުންނަށް ފުރަތަމަ ނަޞޭޙަތްދީ، އަދި 1،000ރ. އިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ހަވީރު 5 ޖެހުމާއެކު މަގުތައް ބަލަހައްޓަމުން ގެންގޮސްފައިވާއިރު ފުލުހުން ކުރި ޓްވީޓެއްގައި ވަނީ ސީޕީ އަމަލީ ގޮތުން މަގުތަކުގައި ޖޫނިއަރ ފުލުހުންނާއެކު ހަރަކާތްތެރިވެ ވަޑައިގެންނެވިކަން ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފައިވާއިރު އިސްތިސްނާވާ ވަކި ފަރާތްތަކަށް ނޫން މީހުންނަށް މިވަގުތު ތެރޭގައި ބޭރުގައި ނޫޅެވޭނެއެވެ. މިވަގުތުތެރޭގައި ގިނަ ބަޔަކު ގޭތެރޭގައި ތިބި ނަމަވެސް މަދު ފަރާތްތަކަކުން ބޭރަށް ނިކުމެ އުޅުނުތަން ވަނީ ފެނިފަ އެވެ. އަދި އެފަރާތްތަކަށް ފުލުހުން ނަސީހަތްދިންތަންވެސް ވަނީ ފެނިފައެވެ.

ރާއްޖެއިން މިހާތަނަށް 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މާލޭގެ ސަރަހައްދުގައި ބުރާސްފަތި ދުވަހުން ފެށިގެން ވަކި ވަގުތެއްގައި ބޭރަށް ނުކުތުން މަނާކޮށް، އެ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި ބަހާއި ފެރީ ވެސް ހިމެނޭ ގޮތުން ޕަބްލިކް ޓްރާންސްޕޯޓް ވެސް ވަނީ ހުއްޓާލާފަ އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތު މަގުތަކުގައި މީހުން އުޅުމާއި އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ އިތުރަށް މަގުމަތީގައި އުޅޭ ނަމަ ނަސޭހަތްތެރިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްވާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، ކަރަންޓީނުކޮށް ނުވަތަ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ވިސާމްގެ މައްސަލަ އިސްތިއުނާފު ކުރީ ފުރައްސާރަކުރަން، މައްސަލަ އަނބުރާ ގެންދަންޖެހޭ: ސީޕީޖޭ

19 އެޕްރީލު 2017
ވިސާމްގެ މައްސަލަ އިސްތިއުނާފު ކުރީ ފުރައްސާރަކުރަން، މައްސަލަ އަނބުރާ ގެންދަންޖެހޭ: ސީޕީޖޭ
15 މާރިޗު 2017

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
24 ފެބުރުއަރީ 2017

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް