Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިސާމްގެ މައްސަލަ

ވިސާމްގެ މައްސަލަ އިސްތިއުނާފު ކުރީ ފުރައްސާރަކުރަން، މައްސަލަ އަނބުރާ ގެންދަންޖެހޭ: ސީޕީޖޭ

ވިސާމްގެ މައްޗަށް ދައުވާ ކުރެވިގެން ނުވާނެ

ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 08:54
ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ވިސާމް އިންޓަވިއު ދެނީ

ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ވިސާމް އިންޓަވިއު ދެނީ

ރާއްޖެޓީވީގެ ޒުވާން ނޫސްވެރިޔާ މުޙައްމަދު ވިސާމްގެ މައްސަލަ އިސްތިއުނާފުކުރީ ރާއްޖޭގެ ނޫސްވެރިންނަށް ފުރައްސާރަ ކުރަން ކަމަށާއި އެ މައްސަލަ އަނބުރާ ގެންދިއުމަށް، ނޫސްވެރިންގެ ދިފާއުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއްކަމުގައިވާ ސީޕީޖޭއިން ބުނެފި އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނާ މައްސަލައިގެ ދައުވާ ވިސާމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު، އެ މައްސަލަ ޕްރޮސިކުއުޓާ ޖެނެރަލް އިސްތިއުނާފުކޮށްފައި ވަނީ އޭޕްރީލް 5، 2017 ގަ އެވެ.

Advertisement - newsAdvertisement

އެއީ އިސްތިއުނާފު ކުރެވޭނެ މައްސަލައެއް ނޫން ކަމަށް ސީޕީޖޭއިން ބުނެ އެވެ.

"ވިސާމްގެ މައްސަލައަކީ އަސްލެއް ނެތް މައްސަލައަކަށްވާއިރު، އެ މައްސަލަ ޕްރޮސިކިއުޓްކޮށް ކުރިއަށް ގެންދިއުމަކީ ޕްރޮސިކިއުޓަ ޖެނެރަލް ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ފުރައްސާރަކުރުން،" ސީޕީޖޭގެ ބަޔާނުގައި ވެއެވެ.

"ވިސާމް އަދާކުރީ ނޫސްވެރިއެއްގެ ވާޖިބު، ދައުވާކުރެވިގެން ނުވާނެ."

ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވި ނިންމެވުމާ ގުޅިގެން ރާއްޖެޓީވީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހުކުމް، އިސްތިއުނާފު ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ނިންމެވުމެއް ނޫން ކަމަށެވެ. އަދި އެއީ ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވި ލަދުވެތި ނިންމެވުމެކަމަށާއި، އެ ނިންމުމަކީ، ނޫސްވެރިން ބިރުގެންނެވުމަށް ނިންމެވި ނިންމެވުމެއްކަމަށް ބުނެފައިވެއެވެ.

ވިސާމުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހު އުފުލި ދައުވާގެ ހުކުމް އިއްވާފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ. ދައުވާ އަށް އިންކާރުކޮށް، ދިފާއީ ހެކީންގެ ގޮތުގައި ހަތަރު ހެއްކަކު ވިސާމް އެވެ. ވިސާމުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅީ ދެ ފުލުހުންނާއި ވީޑިއޯ ފޫޓޭޖެކެވެ.

އެ މައްސަލައިގައި ހުކުމް އިއްވަމުން ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ވިސާމުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ވީޑިއޯ ފޫޓޭޖްގެ ޗެއިން އޮފް ކަސްޓޮޑީ ރިޕޯޓް ހުށަހަޅާފައިނުވާތީ ވީޑިއޯގެ ސައްޚަ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އަދި އެ ވީޑިއޯ އިން ވިސާމް ހައްޔަރުކުރާ މަންޒަރު ނުފެންނަ ކަމަށާއި، ވީޑިއޯ އިން ފެންނަނީ ވިސާމު ހައްޔަރުކުރި ފަހުން ނަގާފައިވާ މަންޒަރުތަކެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މި މައްސަލަ ވިސާމްގެ މައްޗަށް ސާބިތުނުވާއިރު، ނޮވެމްބަރު 2، 2015 ވަނަ އަހަރު ވިސާމް އާއި ލީވާން އަލީ ނާސިރު އަދި ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ހައްޔަރުކުރި މައްސަލައާ ގުޅިގެން، ވިސާމާއި ލީވާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 28،800ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. ފިޔާޒުގެ މައްސަލަ އޮތީ ހުލާސާ ބަޔާން އިއްވުމާ ހަމައިގަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު