Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދީ ރަސްގެފާނުގެ ދަތުރުފުޅު

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

ބައެއް މަގުތަކާއި ގޯޅިތަކަށް އެއްގޮތަކަށްވެސް ނުވަދެވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 މާރިޗު 2017 | ބުދަ 20:10
ސައުދީ ރަސްގެފާނުގެ ދަތުރުފުޅާގުޅިގެން ޓްރެފިކް ފްލޯއަށް ގެނެވިފައިވާ ބަދަލު ދައްކުވައިދޭ ޗާޓް

ސައުދީ ރަސްގެފާނުގެ ދަތުރުފުޅާގުޅިގެން ޓްރެފިކް ފްލޯއަށް ގެނެވިފައިވާ ބަދަލު ދައްކުވައިދޭ ޗާޓް

ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލެ ވަޑައިގަންނަވާ ދުވަހުގެ ރަސްމިއްޔާތަށް މަގުތައް ބަންދުކުރަން ނިންމައިފިއެވެ.

މަގުތައް ބަންދުކުރުމާއި ގުޅޭގޮތުން ބުދަ ދުވަހު ފުލުހުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބައެއް މަގުތަކުގައި ދުއްވާ ކޮޅު ބަދަލުވެފައިވާނޭކަމަށާއި، އަނެއްބައި މަގުތަކަށް އެއްގޮތަކަށް ވެސް ނުވަދެވޭނޭކަމަށެވެ. އެގޮތުން

އެއްގޮތަކަށްވެސް ނުވަދެވޭ މަގުތަކާއި ގޯޅިތަކަކީ:

  • ބޮޑުތަކުރުފާނުމަގު- ހުސޭނީގޯޅިން ފެށިގެން މަސްވެރިންގެ ޕާރކްއާއި ހަމައަށް
  • ޗާންދަނީ މަގު- ބޮޑުތަކުރުފާނު މަގުން ފެށިގެން ފަރީދީ މަގާއި ހަމައަށް
  • އޯކިޑްމަގު- ޗާންދަނީ މަގުން ފެށިގެން ހުސޭނީ ގޯޅިއާއި ހަމައަށް
  • ބޮޑު ތަކުރުފާނު މަގުން ފެށިގެން އަމީރީއަހުމަދު މަގާ ހަމައަށް ހިތްފަސޭހަ ގޯޅި، ފިނިހިޔާ ގޯޅި، ނާދީ ގޯޅި ލޮޓަސް ގޯޅި
  • ޗާންދަނީ މަގުން ފެށިގެން އޯކިޑްމަގާއި ހަމައަށް ބަންދުވާ ގޯޅިތަކަކީ އިބްރާހިމް ހަސަން ދީދީ މަގު، އޯކިޑްމަގު
  • ޗާންދަނީ މަގުން ފެށިގެން ފާމްދޭރީ މަގާއި ހަމައަށް ދަނބު ގޯޅި
  • ޝަހީދު ޢަބްދުﷲ ޒުހެއިރު ހިނގުން ބޮޑުތަކުރުފާނު މަގުން ފެށިގެން މެދުޒިޔާރަތް މަގާއި ހަމައަށް ބަންދުވާނެ
  • މެދުޒިޔާރަތްމަގު ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން ފެށިގެން ޝަހީދުކުޑައާދަމްގެކުޑަ ތުއްތު ހިނގުމާއި ހަމައަށް ބަންދު
  • ޝަހީދު ހުސައިން މުޙައްމަދު ހިނގުން މެދު ޒިޔާރަތް މަގުން ފެށިގެން ދަރުމަވަންތަ މަގާއި ހަމައަށް
  • ޝަހީދުކުޑައާދަމްގެކުޑަ ތުއްތު ހިނގުން- މެދުޒިޔާރަތްމަގުން ފެށިގެން ދަރުމަވަންތަ މަގާއި ހަމައަށް

ދުއްވާ ކޮޅު ބަދަލުކުރެވޭ މަގުތައް:

  • ފަރީދީމަގާއި ލިލީމަގާއި ދެމެދު ޗާންދަނީމަގުން އުތުރުން ދެކުނަށް ދުއްވާ ގޮތަށް ބަދަލުކުރުން

ހަތަރު ފުރޮޅުލީ އުޅަނދަށް ބަންދުކުރެވޭ މަގުތައް:

  • އަލިކިލޭގެފާނުމަގު ކަޅުހުރާމަގާއި ގުޅުނު ހިސާބުން ފެށިގެން އަލިކިލޭގެފާނުމަގުން އުތުރަށް ދަތުރުނުކުރެވޭގޮތަށް
  • ލިލީމަގު ޑެއިޒީމަގާއި ގުޅުނު ހިސާބުން ފެށިގެން ލިލީމަގުން އިރަށް ދަތުރުނުކުރެވޭގޮތަށް

މީގެ އިތުރުންވެސް މިރަސްމިއްޔާތުގެ ރިހާސަލް މި ބުދަ ދުވަހާއި، ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ ރަސްމިއްޔާތުގެ ރިހާސަލް ފެށިގެން ނިމެންދެން ބޮޑުތަކުރުފާނު މަގު އެމްއެމްއޭ އިން ފެށިގެން ބެންތެޔޮ ގޯޅިއާއި ހިސާބަށް އަދި ބޮޑުތަކުރާފާނު މަގާއި ގުޅިފައިވާ ހިސާބުތަކުގެ ގޯޅިތައް މިދެދުވަހު ބަންދުކުރެވޭނެކަމަށް ފުލުހުން ބުނެއެވެ.

ހޮނިހިރު ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން މަގުތައް ބަންދުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ފުލުހުން ބުނީ، މި ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާއިރު ފުލުހުންގެ އިރުޝާދާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާކަމަށެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު