ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 09:58
ަލަންކާގައި މަގުމައްޗަށް ނުކުތުން މިހާރު ވަނީ މަނާކޮށްފައި
ަލަންކާގައި މަގުމައްޗަށް ނުކުތުން މިހާރު ވަނީ މަނާކޮށްފައި
ފޮރިން ޕޮލިސީ
ސްރީލަންކާ
ލަންކާއިން މަރުވި މީހުންގެ އަދަދު ތިނަކަށް އަރައިފި
 
ކާފިއު އިއުލާންކޮށް، މަގުތަކަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފައި
 
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ލަންކާގެ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި

ސްރީ ލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.

ބުދަ ދުވަހު މަރުވި ކަމަށް ރިޕޯޓުކުރި 72 އަހަރުގެ މިމީހާއަކީ ކޮވިޑް-19 ގައި އެގައުމުން މަރުވި 03 ވަނަ މީހާއެވެ. ލަންކާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 146 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ސަބަބުން އެގަމުން 03 މީހުން މަރުވެފައިވާއިރު، މިހާތަނަށް 17 މީހަކު ވަނީ މިވައިރަސް އިން ސަލާމަތްވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ލަންކާގެ ސަރުކާރުން ވަނީ ވަރުގަދަ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު އިއުލާންކޮށް، މަގުތަކަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ލަންކާގެ ރައީސް ގޮތަބަޔާ ވިދާޅުވެފައިވަނީ، ލަންކާގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ހާލަތު ކޮންޓްރޯލް ކުރެވެންދެން، ލަންކާއިން ބޭރުގައި ތިބި އެގައުމުގެ މީހުން، އެމީހަކު ހުރިތަނެއްގައި މަޑުކޮށްލަން އެދޭ ކަމަށެވެ.

މީގެއިތުރުން، ގޮތަބަޔާ ވިދާޅުވީ، ލަންކާއިން ކޮވިޑް-19 ފެތުރުން ހުއްޓުމަކަށް ގެނައުމަށްޓަކައި ލަންކާގެ އެއަރޕޯޓް ވެސް އޮތީ ބަންދު ކުރެވިފައިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް