Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުން: މިއީ މިގޮތަށް ޖަލްސާތައް ބާއްވާ ދުނިޔޭގެ ފުރަތަމަ މަޖިލިސް

29 މާރިޗު 2020 | އާދީއްތަ 10:15

މިއީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ ދުނިޔޭގެ ފުރަތަމަ ގައުމު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 މާރިޗު 2020 | އާދީއްތަ 10:15
ރައްޔިތުންގެ މަޖިލީހުގެ ޖަލްސައެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސައެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، މަޖިލީހުގެ ޖަލްސާތައް ބާއްވަން ނިންމާފައިވާތީ، މިއީ ދުނިޔޭގައި މިގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ، ގައުމެއްގެ ގާނޫނު ހަދާ މަޖިލީހެއްގެ ފުރަތަމަ ބައްދަލުވުންކަން ހާމަކޮށް ބައިނަލްއަގްވާމީ ބައެއް މީޑީއާތަކުން އެކަން ފާހަގަކޮށްފި އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ގިނަ ގައުމުތަކަކަށް އެބަލީގެ ނުރައްކަލާ ކުރިމަތިވެފައިވާއިރު، ރާއްޖޭގައިވެސް ވަނީ އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެހެންކަމުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، އަދި ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައްވެސް ގޭގައި ކުރަންޖެހިފައިވާ ދަނޑިވަޅުގައި، ގާނޫނު ހަދާ މަޖިލީހުން ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މަޖިލީހުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީގެ މަސައްކަތްތައް ކުރުމަށް ނިންމާފަ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާ ހަވާލާދެއްވައި ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މިފަދަ ހާދިސާތަކުގައިވެސް، ރައްޔިތުން ތަމްސީލްކުރާ ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު ހުއްޓިގެން ނުދާނެގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހެއެވެ. އެގޮތުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އޮންލައިންކޮށް، މަޖިލީހުގެ މަސައްކަތްތައް ކުރުމަށް ނިންމާފައިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުއާއި މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ޖަލްސާތައް ވީޑިއޯ ކޮންފަރެންސްކޮށް، ކުރިއަށް ގެންދާނެ ގޮތުގެ ރިހާސަލެއް ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފަ އެވެ.

މަޖިލީހުން ވަނީ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ވެސް އާންމުކޮށްފަ އެވެ. މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ފެށުމަށް ނިންމާފައިވަނީ ހެނދުނު 11:00 ގައެވެ.

އެޖެންޑާގައިވަނީ، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ދަށުން ހުށަހަޅާ ކަމެއް އެކަންޏެވެ. އެއީ، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކައި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ)ގެ ދަށުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ފޮނުއްވާފައިވާ މައްސަލަ އެވެ.

މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންދާއިރު، މަޖިލީހުގެ މެމްްބަރުންގެ އިތުރުން އިދާރީ ބައެއް މުއައްޒަފުންނާއެކު 92 ބައިވެރިންނަށް ބައިވެރިވެވޭގޮތަށް އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ އާންމު ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންނާއި އަމީން ޢާންމު، ކައުންސެލަރ ޖެނެރަލް، ސާޖަންޓް އެޓް އާމްސް، އަދި މި މަސައްކަތާގުޅޭ އިދާރީ މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 92 ބައިވެރިން ކޮންމެ ވެބް ކޮންފަރެންސިންގ ޗެނަލްއެއްގައި ހިމެނިގެން، ޖަލްސާތައް ބޭއްވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ކޮމެޓީން ފާސްކުރި އުސޫލުގައިވާގޮތުން ބަހުސަށް ހުޅުވާލެއްވުމުން، މެންބަރުން ފުރުޞަތަށް އެދިވަޑައިގަންނަވަންޖެހޭނީ ވެބް ކޮން ފެރެންސިންގ އެޕްލިކޭޝަނުގެ "ޗެޓް" ބޭނުންކުރައްވައިގެން ނެވެ. އަދި ނިޒަމީ މައްސަލައެއް ފާހަގަ ކުރެއްވުމަށްވެސް "ޗެޓް" ބޭނުން ކުރެއްވައި، އެމައްސަލައެއް ފާހަގަކުރެއްވޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 194 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ވަކިވަކިން މެންބަރުންނާ ސުވާލު ކުރައްވައިގެންކަމަށްވެސް މި އުސޫލްގައިވެއެވެ. އެގޮތުން ވޯޓު ނެގުމުގައި ކޮންމެ މެންބަރެއްގެ ނަން އިޢުލާނުކުރުމުން ފެންނަނަމަ "ފެނޭ" ނުފެންނަނަމަ "ނުފެނޭ" އަދި ވަކިގޮތަކަށް ވޯޓް ދޭން ބޭނުން ނޫންނަމަ "ވޯޓް ނުދެން" މިހެން ހާމަކުރަން ޖެހޭނެކަމަށްވެސް އުސޫލްގައި ބަޔާން ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް