Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުއްލި ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

27 މާރިޗު 2020 | ހުކުރު 11:32

މިކަން ހާމަކުރެއްވީ ބޮޑުވަޒީރު އަމިއްލަފުޅަށް ދެއްވި ވީޑިއޯ މެސެޖެއްގައި

އަތޫފް އާތިފް
އަތޫފް އާތިފް | 27 މާރިޗު 2020 | ހުކުރު 11:32
ބޯރިސް ޖޯންސަން

ބޯރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އޭނާ ހުރީ ސެލްފް އައިސޮލޭޝަންގައެވެ.

އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިޝަރ ޕްރޮފެސަރ ކްރިސް ވިޓީ ނެރުނު ސްޓޭޓްމަންޓުގައި ބުނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޯރިސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭނާ ވަނީ ހޯމަ ދުވަހު އެކަހެރިވެ އިންނަވާ އިނގިރޭސިވިލާތު ރައްޔިތުންނަށް ހިތާބެއް ދެއްވައިފައެވެ. އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އާންމުން ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރާކަމަށެވެ. އަދި އެގައުމުގައި ހުރި ފިހާރަތަކުގެ ތެރެއިން ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވާ ދެންހުރި ހުރިހާ ފިހާރައެއް ބަންދުކުރުމަށާއި އާންމު އެއްވާތަންތަނަށް ދެމީހުން އަށްވުރެ އިތުރަށް ދިއުން ވަނީ މަނާ ކޮށްފައެވެ. އަދި އާންމުން މި ގަވައިދުތަކަށް ކަމޭ ނުހިތާނަމަ އާންމުންނާއި މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ވަނީ ބާރު ދީފައެވެ. އެގޮތުން އާންމުން އެއްވާނަމަ ޖޫރިމަނާ ކުރުމަށާއި އެއްވުންތައް ރޫޅައިލުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.

މީގެއިތުރުން ލައިބްރަރީތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، އައުޓްޑޯ ޖިމްތައް އަދި އަޅުކަންކުރާ ތަންތަން ވަގުތުން ބަންދުކުރުމަށްވަނީ އަންގައިފައެވެ. ކަސްރަތުކުރުމަށް ޕާކުތައް ހުޅުވައިލާފައިވާކަމަށާއި، ނަމަވެސް އެއްވެ އުޅުންވަނީ މަނާ ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އާންމު ހަރަކާތްތައް، ކައިވެނި ޕާޓީތައް އަދި އެހެނިހެން ހަފްލާތައް ހިމެނޭގޮތައް މަނާކޮށްފައެވެ. ނަމަވެސް ޖަނަޒާތައް ބޭއްވުމުގެ ހުއްދަވަނީ ދީފައެވެ.

ބޯރިސް ޖޯންސަން އިތުރަށް ވިދާޅުވީ އިނގިރޭސި ސަރުކާރުން ނިންމައިފައިވާ މި ނިންމުންތައް ކުރިޔަށް އޮތް ތިން ހަފްތާއަށް ދިގު ދެމިގެންދާނެ ކަމަށާއި، ތިން ހަފްތާ ބެލުމަށްފަހު ކުރިއެރުމެއް ފެނިއްޖެނަމަ މި ހާލަތު ބަދަލުކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުން ވަނީ ހޯމަ ދުވަހު އެގައުމުން ބޭރުގައިތިބި އެގައުމުގެ ރައްޔިތުން ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އައުމަށް ވެސް އަންގައިފައެވެ. މިހެން އެންގީ ދުނިޔޭގެ ގިނަ ގައުމުތަކުގެ އެއާޕޯޓުތައް އެންގުމަކާއި ނުލާ ބަންދު ކުރަމުންދާތީއާއި އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ އާންމުންނަށް އަލުން އެގައުމަށް ދިޔުމަށް ދަތިތަކަކާއި ކުރިމަތި ލާން ޖެހިފައި ވުމުންނެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 އަށް މިހާތަނަށް 11،658 މީހުން ޕޮޒިޓިވްވެފައިވާއިރު 578 މީހުން ވަނީ މިބަލީގައި އެގައުމުން މަރުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
07 ޖޫން 2017

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

07 ޖޫން 2017
އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް