Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19

ރޯގާތެރޭގައި އައްބާސް އަކީ ވެސް މުދިމެއް

24 މާރިޗު 2020 | އަންގާރަ 10:07

ރޯގާގެ ސަބަބުން ގޭގޭގެ ކައްކާނެ މީހުންވެސް ނެތް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 24 މާރިޗު 2020 | އަންގާރަ 10:07
އައްބާސް އިބްރާހިމް

އައްބާސް އިބްރާހިމް

ކޮވިޑް-19 ގެ ބިރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކަށް ކޮށްފައިވާއިރު، އެންމެ ގިނައިން އަޑު އިވޭ އެއްވާހަކަ އަކީ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ރައްޔިތުން ބޯނުލަނބާ ވާހަކައެވެ. މިފަދަ ބޮޑެތި އެތައް ކާރިސާތަކެއްގައި ދިވެހިންނަކީ ނަމޫނާ ދައްކަމުން އައި ބައެކެވެ. އެކަން ހެކިދެނީ މާޒީގެ ސޮފްހާތަކުންނެވެ. މި ރިޕޯޓުގައި ގެނެސްދޭން މިއުޅެނީ ރާއްޖެއަށް ދިމާވި މިކަހަލަ ބޮޑެތި ރޯގާތަކުގައި އެހީތެރިވުމަށް އަމަލީ ގޮތުން ބައިވެރިވެވަޑައިގެން އެކަމުގެ ތަޖްރިބާ ލިބިލައްވާފައިވާ ބޭފުޅެއްގެ ވާހަކަތަކެވެ. އެ ދުވަސްވަރާއި މިހާރުގެ ހުރި ތަފާތުގެ ވާހަކައެވެ.

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އަދި ދިވެހި ބަހަށާ ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި އައްބާސް އިބްރާހިމް އަކީ ރާއްޖެއަށް ދިމާވި މިކަހަލަ ބޮޑެތި ރޯގާގެ ބައެއް ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެފައި ހުންނެވި ބޭފުޅެކެވެ. މި ފަދަ ހާދިސާތަކުގައި ކަންކުރެއްވި ގޮތް "ރާއްޖެޓީވީ"އާއި ހިއްސާކުރައްވަމުން އައްބާސް ވިދާޅުވީ، ދިވެހިންނަކީ އޭރު ވެސް މިހާރު ވެސް ނަމޫނާ ބައެއް ކަމަށެވެ. 1959 އެއްގައި ރާއްޖެއަށް ދިމާވި އިންފުލުއެންޒާ ރޯގާގައި އައްބާސް ހުންނެވީ ވަޒީރުލްއައުލަމްގެ ކާތިބެއްގެ ގޮތުގައެވެ. އޭރު ވެސް މާލޭގައި ހުން ފެތުރެމުން ދިއަ ބާރުމިނުން އޮފީސްތަކަށްދާނެ މީހުން ނުވެގެން، ކޮންމެހެން ހުޅުވަންޖެހޭ ދެތިން އޮފީހެއް ފިޔަވައި އެހެން ހުރިހާ އޮފީހެއް ބަންދުކޮށް 9 ދުވަހަށް ސަރުކާރު ބަންދުކުރިއެވެ. އެ ދުވަސްވަރަކީ މޯބައިލް ފޯނާ އަދި ވޯކީ ޓޯކީގެ ޒަމާނެއް ވެސް ނޫނެވެ. ރަށްރަށުގައި ބަލި ފެތުރިގެން ދިއަ ގޮތުގެ ތަފްސީލެއް މިހާރު މި ލިބޭ ގޮތަށް ލިބޭ ދުވަސްވަރެއް ނޫނެވެ. އައްބާސް ވިދާޅުވި ގޮތުގައި ރަށްރަށުގައި ބަލި އުޅޭކަމުގެ ޚަބަރު ލިބެނީ ރަށްރަށުން އަންނަ ދޯނިފަހަރު ކަސްޓަމަށް ދިއުމުން އެތަނުން ސުވާލުކޮށްގެންނެވެ.

މާލެއަށް ބަލާނަމަ އެކަން ކުރަމުން އައީ އަވަށު އޮފީސްތައް މެދުވެރިކޮށް އެ މައުލޫމާތު ފޯރުކޮށްދީގެންނެވެ. އޭރު ރައްޔިތުން އިޚްލާސްތެރިކަމާއި އެކު އެވާހަކަތަކަށް ބޮލެނބިއެވެ. އައްބާސް ވިދާޅުވި ގޮތުންނަމަ ކޮންމެ ދުވަހަކު މާލޭގެ ގޭގެ އަށް ގޮސް ހުންޖެހިފައި ތިބި މީހުންނާއި ފަސޭހަވި މީހުންހެ ރިޕޯޓު ނަގަމުން ދިއައެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ އަލްމަރުހޫމް ސައިކުރާ އިބްރާހިމް ނައީމެވެ.

އެރޯގާގެ ދުވަސްވަރުގެ ހާލަތު ސިފަކުރައްވަމުން އައްބާސް ވިދާޅުވީ ގޭގޭގައި ކައްކާނެ މީހަކުވެސް ނެތި އެންމެން އެކުގައި ހުންއައިސް ތިބި ގޭގެ ވެސް ތިބި ކަމަށެވެ. އެހިސާބަށް އެކަންތައް ދިއުމުން މުނިސިޕަލްޓީތެރޭގައި ބަތްޕެން ކައްކައިގެން އެ ފަދަ ގޭގެއަށް ބަހާ ހެއްދެވިކަމަށެވެ.

"ޖުމްލަ ހިސާބަށް ދަންނަވާ ކަމަށްވާނަމަ 9000 މީހުން މާލޭގައި އެކިފަހަރުމަތިން ބަލިވެ އޮށޯވެގެން ބޭތިއްބުނު. އެއްފަހަރާ ނުވަހާސް މީހުން ތިއްބެކޭ ނޫން. އޭރު މާލޭގައި މީހުންގެ އަދަދަކީ ވެސް ގާތްގަނޑަކަށް ވިހި ބާވީހަކަށް ހާސް މީހުން. މިހާރު މިއުޅޭހެން ބައިވަރު ބިދޭސީންނެއްވެސް ނޫޅޭނެ. އެހެންވީމަ އޭރާ މިހާރާ ވަރަށް ތަފާތު. ދެން މިދެންނެވިހެން ގޭގެއަށް ގޮސް ސިޓީ ކިޔާނީ." އައްބާސް ވިދާޅުވިއެވެ.

ބަލިން ރައްކާތެރިވާނެ ގޮތުގައި މައުލޫމާތު ފޯރުކޮށްދެމުން ދިއައީ ސިޓީ ބަހައިގެންނެވެ. އޭރު ރައްޔިތުންނަކީ އެހާ ހޭލުންތެރި ބަޔަކަށް ނުވާތި ގޭގައި ހުންނަ ވަޅު ފެންވެސް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ސިޓީގެ ޒަރީއާއިން ފޮރުކޮށްދިނެވެ.

މި ރޯގާގެ ހިތްދަތި ހަނދާނެއް އައްބާސް ހިއްސާކުރެވިއެވެ. އައްބާސް ވިދާޅުވީ، މިސްކިތްތަކުގެ މުދިމުން ބަލިވެގެން ބަންގި ނުގޮވޭ ހިސާބަށް ވެސް ދިއަ ކަމަށެވެ. އެންމެ ފަހުން އެއް މިސްކިތުގެ މުދިމެއްގެ ވާޖިބު ވެސް އައްބާސް ހަފްތާއެއް ވަންދެން އަދާކުރެއްވިއެވެ. އައްބާސް ވިދާޅުވީ އޭރުގެ ހާލަތާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކަކީ ވަރަށް މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ. ސަރުކާރުން ކުރެއްވި މަސައްކަތުން މަހެއްހާ ދުވަހުގެ ތެރޭގައި ރޯގާ ރަނގަޅުވެއްޖެއެވެ.

އޭގެ ފަހުން ދެން އައީ ކޮލެރާ އެވެ. ކޮލެރާ ކޮންޓްރޯ ކުރުމަށް ހާއްސަ ހާލަތުގައި މަސައްކަތްކުރަމުންދިއައީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މޭޒު ބަހައްޓައިގެންނެވެ. ނަމަވެސް އެ ދުވަސްވަރު އައްބާސް ހުންނެވީ ސަރުކާރުގައެއް ނޫނެވެ. އެހެންކަމުން އައްބާސް ހުށަހެޅުއްވީ ވޮލެންޓިއަރކޮށް މަސައްކަތްކުރެއްވުމަށެވެ. އައްބާސްގެ މަސައްކަތަކަށް ވެގެންދިއައީ ރައްޔިތުން ހޭލުންތެރިކުރުމަށް ރޭޑިއޯ މެދުވެރިކޮށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމެވެ. އެހެންކަމުން ބަލިން ރައްކާތެރިވާނެ ގޮތުގެ ފިޔަވަޅުތަކާއި، ދީނީ ގޮތުން ނަސޭހަތްތެރިވުން ފަދަ ކަން ކަން ހިމަނައިގެން މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް އައްބާސް ގެނެސްދެއްވިއެވެ. ކޮލެރާ ކޮންޓްރޯލް ކުރެއްވުމަށް ސަރުކާރުން އޭރު އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއްކަމަކީ ވަޅުތަކަށް ކްލޮރިން އެޅުމަށެވެ. އެ ދުވަސްވަރަކީ ވަޅު ޖަހައިގެން ފާޚާނާ ކުރި ދުވަސްވަރުކަމުން އެ ނަޖިހުގެ އަސަރުވެސް ވަޅުތަކަށް ކުރާނެތީ އެންމެ ރައްކާތެރި ގޮތަކަށްވީ ވަޅުތައް ކްލޮރިން ކުރުމެވެ. އައްބާސް ވިދާޅުވީ އޭރުވެސް ނުކިޔަމަންތެރިވި މަދު ބަޔަކު އުޅުއްވި ކަމަށެވެ. ވަޅުތަކަށް ކޮލޮރިން އެޅުމަށް ދެކޮޅު ހެއްދެވި ގެތަކަށް ސިފައިން ފޮނުވައިގެން ވަޅުތައް ތަޅާލާ ފަސްއެޅުއްވި ކަމަށް އައްބާސް ވިދާޅުވިއެވެ. އެކަހަލަ މީހުންނާ ދޭތެރޭ ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އެޅުއްވިއެވެ.

ގައުމު ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް އަތްމަތީގައި އޮތް ކަމެކެވެ. ކޮންމެ ކަމެއް މެދުވެރިވެގެން ނަމަވެސް އެކަމަކުން ރައްކާތެރިވުމަށް އަމިއްލައަސް ކުރަންޖެހޭ ކަމެއް އެބައޮތް ކަމަށް އައްބާސް ވިދާޅުވިއެވެ. އެހެންކަމުން މިކަހަލަ ހާދިސާތަކަކީ އެކަންތައްތައް ވިސްނައިދޭން އަންނަ ފުރުސަތެއް ކަމަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންނެވި އައްބާސް އިބްރާހިމް ވިދާޅުވިއެވެ. އަމިއްލައަށް ވިސްނެންވީ މިކަންކަމުގެ މުހިއްމު ކަމެވެ. ގައުމުގައި އަޅުގަނޑުމެން ހިމެނެންވީ ކިހާ މިންވަރަކަށް ކަމާއި ކުރެވެން އޮތީ ކޮން ކަމެއްކަމެވެ. އެކަންތައް ކުރުމުގައި ފަސްޖެހިގެން ނުވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. ގުރުބާން ވުމަކީ ވަކި މުނާސަބަތަކަށް ކަންކަން ދޫކޮށްލުން ކަމަށާއި، މިކަމަށްޓަކައި ގުރުބާންވާންޖެހެނީ އަމިއްލަ އަތުން ނަމަވެސް އަމަލުން ނަމަވެސް އެ ގުރުބާން ވުމަށް އައްބާސް އެދިވަޑައިގަތެވެ. ވިސްނަންވީ ގައުމަށް މިގޮތަށް ޖެހޭ ކަންކަމުގައި އަޒުމާ ގުރުބާނީ ވާން ކަމަށެވެ. އަޅުގަނޑުމެންނަށްޓަކައި ގައުމު ގޮވާލާ ކޮންމެ ކަމެއްގައި ގުރުބާންވުމަކީ ގައުމީ ވާޖިބު އަދާކުރުން ކަމަށެވެ. އަޅުގަނޑުމެން ވިސްނަންވީ މިކަހަލަ ފުރުސަތުގައި ގައުމު ސަލާމަތްވާނީ އަޅުގަނޑުމެންގެ ސަބަބުން ކަން އައްބާސް ހަނދާން އައު ކޮށްދެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ޖުލައި 2017

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!
09 ޖުލައި 2017

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ޖީ20 އަކީ ކޮބާ؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
15 ޖޫން 2017

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟
09 މެއި 2017

ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

09 މެއި 2017
ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟
25 އެޕްރީލު 2017

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ދިރާގު ޓީވީއަކީ ކޮބާ؟
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
28 މާރިޗު 2017

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
07 ޖެނުއަރީ 2017

އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް

07 ޖެނުއަރީ 2017
އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް