ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 08:29
ޖީ20 ގައުމުތަކުގެ ބައެއް ވެރިން
ޖީ20 ގައުމުތަކުގެ ބައެއް ވެރިން
ގެޓީ އިމޭޖަސް
ޖީ20 ސަމިޓް
ޖީ20 އަކީ ކޮބާ؟
 
ސަމިޓް ނިމުނަސް މުޒާހަރާތައް ދަނީ ކުރިއަށް
 
މިއަހަރުގެ ސަމިޓް ހޮނިހިރު ދުވަހު ނިމިއްޖެ

ބާރުގަދަ އެތައް ގައުމެއްގެ މައްޗަށް ހިމެނޭ ޖީ20 ގްރޫޕްގެ ސަމިޓް ހުކުރު ދުވަހު ފެށި ހޮނިހިރު ދުވަހު ނިމިއްޖެއެވެ. މިއަހަރުގެ ޖީ20 ސަމިޓް ބޭއްވުނީ ޖަރުމަނުގެ ހެމްބާގް ގައެވެ. ޖީ20 އަކީ 19 ގައުމަކާއި އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މައްޗަށް އެކުލެވިގެންވާ ގްރޫޕެކެވެ. ޖީ20 ގެ ގައުމުތަކުން އަހަރަކު އެއް ފަަހަރު ބައިނަލްއަގްވާމީ ގޮތުން ދިމާވެފައިވާ މާލީ އަދި އިގްތިސާދީ މައްސަލަތަކާ މަޝްވަރާ ކުރުމަށް ބައްދަލު ކުރެއެވެ. އިގްތިސާދީ އަދި މާލީ މައްސަލަތަކަށް ސަމިޓުގައި ބޮޑަށް އަލިއަޅުވާލެވުނަސް އެހެނިހެން ބޮޑެތި މައްސަލަތައް ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާއި، ލޭބާ ގަވާއިދުތަކާއި އަދި ކައުންޓާ ޓެރަރިޒަމްގެ މައްސަލަތަކަށް ވެސް ސަމިޓުގައި އަލިއަޅުވާލައެވެ.

މިފަހަރުގެ ޖީ 20 ސަމިޓާ މެދުވެސް ކުރެވުނު އުއްމީދުތަކެއް އެބަހުއްޓެެވެ. އެ އުއްމީދުތަކަށް ހުރަސްއަޅާ ބަޔަކުވެސް އެބަތިއްބެވެ. އެއީ ހީވާގި މުޒާހިރީންނެވެ. ސަމިޓް ހޮނިހިރު ދުވަހު ނިމުނު ފަހުންވެސް މުޒާހަރާތައް ދަނީ ކުރިއަށެވެ. ކޮންމެއަކަސް މި ރިޕޯޓުގައި ބަލާލާނީ ޖީ20 އަކީ ކޮން ބައެއްކަމާއި އަދި އެ ގްރޫޕް މަސައްކަތް ކުރާ ގޮތަށެވެ.

"ގްރޫޕް އޮފް ޓްވެންޓީ" ނުވަތަ ޖީ20 ސަމިޓަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އަދި ތަރައްގީވަމުން އަންނަ 20 އިގްތިސާދު ހިމެނޭ ގޮތުން އަހަރަކު އެއްފަަހަރު ބާއްވާ ބައިނަލްއަގްވާމީ ފޯރަމެކެވެ. ޖީ20 ގްރޫޕުން ދުނިޔޭގެ ޖީޑީޕީގެ 85 އިން ސައްތަ ހިއްސާ ކުރެއެވެ. ޖީ20 ގައުމުތަކުން ދުނިޔޭގެ އާބާދީގެ ތިން ބައި ކުޅަ ދެބައި ހިއްސާ ކުރެއެވެ.

ޖީ20 ސަމިޓުގެ މައިގަނޑު އަދި މުހިންމު ކަންކަން ހިނގައި ދަނީ ސަމިޓުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކާއި އަދި ބާއްވާ ނުރަސްމީ ބައްދަލުވުންތަކުގައެވެ.

ޖީ20 ގްރޫޕް ފުރަތަމަ އުފެދުނުއިރު ސަމިޓަށް ވަޑައިގެންނެވޭ ގޮތަށް އޮންނަނީ ގްރޫޕްގެ ފައިނޭންސް މިނިސްޓަރުންނާއި އަދި ސެންޓްރަލް ބޭންކްގެ ގަވަރުނަރުންނަށެވެ. އެއީ މީގެ 17 އަހަރު ކުރިއެެވެ. 2008 ވަނަ އަހަރު ލޭމަން ބްރަދާސް ބޭންކްރަޕްޓް ވުމަށްފަހު އެމެރިކާގެ ވޮޝިންޓަން ޑީސީގައި ޖީ20 ލީޑަރުން ބޭއްވި ބައްދަލުވުމާއެކު، ކޮންމެ އަހަރަކު ޖީ20 ގައުމުތަކުގެ ލީޑަރުން އަންނަނީ ބައްދަލު ކުރަމުންނެވެ.

ކޮންމެއަކަސް، ޖީ20 ސަމިޓް ޗެއާ ކުރަނީ ކޮންބައެއްތޯ މިއީ އުފެދޭ ސުވާލެކެވެ. ޖީ20ގެ ޗެއާމަންޝިޕަކީ އަހަރަކު އެއްފަަހަރު ބަދަލުވާ މަގާމެކެވެ. މިއަހަރުގެ ޗެއާމަންޝިޕް ހޯލްޑްކުރަނީ ޖަރުމަނުންނެވެ. 2018 ވަނަ އަހަރު ޗެއާމަންޝިޕާއި ހަވާލު ވާނީ އާރޖެންޓީނާއެވެ. ޗެއާމަންޝިޕް ހަވާލުވާ ގައުމަކުން ސަމިޓް ހޮސްޓް ކުރާއިރު، ހޮސްޓް ކުރުމުގެ ފުރުސަތު ލިބުމަކީ ސަމިޓްގެ އެޖެންޑާ އެކަަށައަޅާ އަދި މަޝްވަރާތައް ލީޑް ކުރަން ފުރުސަތު ލިބޭ ކަަމެކެވެ. ނިމިގެންދިޔަ ޖީ20 ސަމިޓްގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިއާގެ ރައީސް ވްލަޑީމިއާ ޕޫޓިން ފުރަތަމަ ފަހަރަށް ބައްދަލު ކުރެއްވި ކުރެއްވުމެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުން ނިކުތް ވަރަށް ފާހަގަކޮށްލެވޭ ކަމެއްވެއެވެ. އެއީ ސީރިޔާގެ ދެކުނު ހުޅަނގުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ޑީލަކަށް ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑީމިއާ ޕޫޓިން އެއްބަސްވެވަޑައިގެންނެވުމެވެ.

ސަމިޓް ނިމުނަސް މުޒާހަރާތައް ދަނީ ކުރިއަށް

މީގެ އިތުރުން ސަމިޓް ފެށުމުގެ ކުރިންނާއި، ސަމިޓްތެރޭގަޔާއި އަދި ސަމިޓް ނިމުމަށްފަހުވެސް މުޒާހަރާތައް ދަނީ ކުރިއަށެވެ. ފުލުހުންނާ ދެކޮޅަށް މުޒާހިރީން ދަނީ ގަލާއި ފުޅި ފަދަ ތަކެތި ބޭނުން ކުރަމުންނެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުުމަށް ފުލުހުން ދަނީ ވޯޓާ ކެނަން ވެސް ބޭނުން ކުރަމުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް