Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިރާގު

ދިރާގު ޓީވީއަކީ ކޮބާ؟

ދިރާގުޓީވީގެ ޑިމޮންސްޓްރޭޝަނަކާއި ހާއްސަ ފީޗަރސްތައް ދައްކާލާފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 25 އެޕްރީލު 2017 | އަންގާރަ 22:46
ދިރާގު ޓީވީ ލޯންޗިންގެ ތެރެއިން

ދިރާގު ޓީވީ ލޯންޗިންގެ ތެރެއިން

ދިރާގަކީ ރާއްޖޭގެ މުވާސަލާތީ ޙިދުމަތް ދިނުމުގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެއެވެ. ރާއްޖޭގެ މުވާސަލަތީ ހިދުމަތަށް އިންޖިލާބެއް ގެނުވައިދިން ކުންފުންޏަކީވެސް ދިރާގު ކަމާއި މެދު ދެބަސްވެވެން ނެތެއެވެ.

ދިރާގުގެ ހިދުމަތް ތަފާތު ހަރުފަތްތަކުން ގިރާ ކުރުމަށްފަހު މިއަދު މިވަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކުންފުނީގެ ހުރިހާ ކަސްޓަމަރުން ޝާމިލްވެގެން ހިދުމަތް ހޯދޭނެ ފަދަ އައު ހިދުމަތެއް ތަޢާރަފްކޮށްފައެވެ.

އެގޮތުން ދިރާގުން މިވަނީ އެކުންފުނީގެ ދިރާގު ޓީވީ ތަޢާރަފްކޮށްފައެވެ.

ދިރާގު ޓީވީއަކީ ކޮބާ؟

ދިވެހިރާއްޖޭގައި ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިރާގު ޓީވީގެ ޙިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް ލިބޭނެގޮތް މިވަނީ ފަށާފައެވެ.

ދިރާގަކީ އައިޕީޓީވީ ގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅިރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏެވެ.

އައިޕީޓީވީ އަކީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްނޮލޮޖީއެކެވެ.

ދިރާގު ޓީވީގެ ހިދުމަތަށް އެދޭ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހާއްސަ އޮފަރ އެއްގެ ގޮތުން 1 އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ފީއާއި ޖޯއި ބޮކްސް އަދި ގުޅައިދިނުން މުޅިން ހިލޭކަން ވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ.

ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް ޔޫސޭޖް އެލަވަންސަށް އަސަރުނުކުރުމުގެ އިތުރުން އިންޓަރނެޓްގެ އިތުރު ހަރަދެއް ނުހިނގާނެއެވެ.

ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

މިކަމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމަންޓް އަހްމަދު މައުމޫނު ވިދާޅުވިގޮތުން ބްރޯޑްކާސްޓިންގް ކޮމިޝަނާއެކު ކަސްޓަމުރުންނަށް ވީހާވެސް ލުއި އަގެއްގައި ގިނަ ޗެނެލްތަކެއް ލިބޭނެ ބޭސިކް ޕެކޭޖެއް ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ވެސް ބެލުންތެރިން ޝައުގުވެރިވާނެ ފަދަ މުނިފޫހިފިލުވުމާއި މައުލޫމާތުގެ ޗެނެލްތަކާއި، ވީޑިއޯ އޮން ޑިމާންޑް އާއި ވަގުތުން ފައިސާދައްކައިގެން ބަލާ "ޕޭ ޕަރ ވިޔު" ފިލްމާއި ޕްރޮގްރާމްތަކާއި ކެޗްއަޕް ޓީވީގެ ހިދުމަތްވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ތައާރަފް ކުރެވޭނެ ކަމަށް މައުމޫނު ވިދާޅުވެފައިވެއެވެ. ދިރާގު ޓީވީގެ ހިދުމަތުގައި މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭ.އެކްސް.އެން، ޓެން ސްޕޯޓްސް، ސޮނީ އީއެސް.ޕީ.އެން، ލައިފްޓައިމް، ހިސްޓަރީ ޗެނެލް، ބީބީސީ އާރތް ހިމެނެއެވެ.

މީގެ އިތުރުން ވެސް ބައިނަލްއަޤްވާމީ އެތައް ޗެނެލްއެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ދިރާގު ޓީވީން ބެލޭނެއެވެ.

ދިރާގުޓީވީގެ ޑިމޮންސްޓްރޭޝަނަކާއި ހާއްސަ ފީޗަރސްތައް ދައްކާލާފައިވާއިރު މިއީ ވަރަށް ތަފާތު ފީޗާސްތައް އެކުލެވިގެންދާ ހިދުމަތެކެވެ. އެގޮތުން ޖޯއި ބޮކްސްއަކީ އެންމެ ޒަމާނީ ގޮތަށް އަދި ކަސްޓަމަރުންނާ ގުޅުންހުރި ފަސޭހަ ފީޗާސްތަކާއި އެކު ފަރުމާކޮށްފައިވާ ޖޯއި ބޮކްސް އެކެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ދިރާގު ޓީވީގެ ޒަރީއާއިން ތަޢާރަފްވެގެންދާއިރު ކަސްޓަމަރުންނަށް ލުއި އަގެއްގައި މިހިދުމަތް ފޯރުކޮށްދިނުމަށް ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން ކަތިލާ ހުސް ކުރަނީ.. މުސްލިމް އުއްމަތް ކޮބާ؟

03 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން ކަތިލާ ހުސް ކުރަނީ.. މުސްލިމް އުއްމަތް ކޮބާ؟
31 އޯގަސްޓު 2017

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟
08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
09 ޖުލައި 2017

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ޖީ20 އަކީ ކޮބާ؟
28 ޖޫން 2017

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު