Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަދީބުގެ ބޭސްފަރުވާގެ މައްސަލަ

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

ދައުލަތަށް ފައިސާއެއް ދެއްކުމަށް އަދީބުގެ މައްޗަށް ހުކުމެއް ނެތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 12 ޖުލައި 2017 | ބުދަ 02:08
އަދީބާއި ރައީސް ޔާމީން

އަދީބާއި ރައީސް ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައެއް ދެއްވުމަށް އެދި އެކި މުއައްސަސާތަކުގައި އެ ގެންދަވަނީ އެދިވަޑައިގަންނަވަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅާގެ ގޮތުގައި ހުންނެވި އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމަށް ދެކޮޅު ހައްދަވަނީ ސީދާ ރައީސް ޔާމީނެވެ. އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ ދައުލަތުން ނެންގެވި ފައިސާ އަނބުރާ ދެއްކެވުމުން ކަމަށެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ގްލޮކޮމާ ޖެހިފައިވުން ހިމެނޭ ކަމަށް އާއިލާއާއި ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ. މި ބަލިތަކުގެ ތެރެއިން ގްލޮކޮމާގެ މައްސަލަ ބޮޑުވެ، ލޮލުގެ ފެނުން ފުސްވަމުންދާ ކަމަށާއި ފަރުވާ ނުދެވިއްޖެނަމަ ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ބުނެ އާއިލާއާއި ވަކީލުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދީބުގެ އެތެރެހަށީގައި ތިން ސިސްޓް އެބަހުއްޓެވެ. ސިސްޓް ކެންސަރަށް ބަދަލުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ކެންސަރު ބަލީގެ ހިސްޓްރީ އަދީބުގެ އާއިލާގައި އެބައޮތެވެ. އަދީބުގެ ބޭބެއެއް ހަމަ މިފަދަ ބައްޔެއްގައި ނިޔާވެފައިވެއެވެ.

އަދީބަށް ފަރުވާ ނުދެވިއްޖެނަމަ އަވަހާރަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެތައް ބަޔަކު ކިޔަމުން ދަނިކޮށް، ރައީސް ޔާމީން މިވަނީ އަދީބުގެ ފުރާނައިގެ އަގު ކަނޑައަޅުއްވާފައެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުންނަމަ ބޭސްފަރުވާގެ ހައްގު ވެސް އަދީބަށް ލިބެން އޮތީ މިލިއަނުން ޑޮލަރު ދީގެންނެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިދާނެކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، އަދީބު ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އެބައޮތްތޯއެވެ؟ އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ ތިން ދައުވާއެކެވެ. ޓެރަރިޒަމުގެ ދެ ދައުވާއަކާއި ޚިޔާނާތުގެ ދައުވާއެކެވެ. ޓެރަރިޒަމުގެ ދެ ދައުވާގައި އަދީބުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވިއެވެ. ދެން އޮތީ މާބިންހުރާގެ ޚިޔާނާތުގެ މައްސަލައެވެ. އެ މައްސަލައިގައި ހުކުމް ކުރީ 8 އަހަރަށް އަދީބު ޖަލަށް ލުމަށެވެ. އެ މައްސަލައިގެ ހުކުމުގައި ދައުލަތަށް އެއްވެސް މިންވަރެއްގެ ފައިސާއެއް ދެއްކުމަށް އަދީބުގެ މައްޗަށް އަމުރު ކޮށްފައިނުވެއެވެ. ދިވެހިރާއްޖޭގެ ޝަރުއީ މަރުހަލާތަކުގެ ތެރެއިން އެއްވެސް މަރުހަލާއަކުން މިހާތަނަށް ބައި ލޯލާރިއެއް ދައުލަތަށް ދެއްކުމަށްވެސް އަދީބުގެ މައްޗަށް އަމުރެއް، ހުކުމެއް ކޮށްފައިނުވެއެވެ.

ދެން ރައީސް ޔާމީން މި ދައްކަވަނީ ކޮން ފައިސާއެއްގެ ވާހަކައެއްތޯއެވެ؟ ފަހަރުގައި އަދީބު ނެންގެވި ކަމަށް އެ ވިދާޅުވާ ފައިސާގެ ތެރޭގައި ރައީސް ޔާމީންގެ ފައިސާ ހުރި ކަމަށް ވެދާނެއެވެ. އެފަދަ ގޮތަކަށް އެމަނިކުފާނު ވާހަކަ ދައްކަވާފައިވެއެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ތާޢީދުކުރާ، ހެޔޮއެދޭ އެކި ފަރާތްތަކުން ސިޔާސީ މަސައްކަތްތަކަށް އެމަނިކުފާނަށް ހަދިޔާކުރި ފައިސާ، ހަވާލުކުރެއްވީ އަދީބާ ކަމަށެވެ. ރައީސް ވިދާޅުވީ، އެ ފައިސާ ހޯއްދެވުމުގައިވެސް އިސްކޮށް ހަރަކާތްތެރި ވެވަޑައިގަތީ އަދީބް ކަމަށެވެ. އަދި އަދީބު ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާ އަދީބު މެދުވެރިކޮށް "ބަލަހައްޓަވަމުން" ގެންދެވި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެމަނިކުފާނު ވަނީ އެ ފައިސާގެ ތަފްސީލު އެމަނިކުފާނަށް އެނގިނުލައްވާކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލަން ޖެހެނީ އެމަނިކުފާނު ދެން ވިދާޅުވި ބަސްފުޅެވެ. އެންމެ ފަހުން ހައްޖަށް ވަޑައިގެންނެވި ފަހަރު، އެނބުރި ރާއްޖެ ވަޑައިގަތުމުން، އެ ފައިސާގެ ތަފްސީލް ދެއްވާނެ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ދަތުރުކުރައްވަމުން ގެންދެވި ލޯންޗުގައި އެއްޗެއް ގޮވީ އެ ދަތުރުފުޅަށް ފަހު ރާއްޖެ އެނބުރި ވަޑައިގަތްތަނުުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަދީބުގެ އަތްޕުޅުގައި ހުރީ އެމަނިކުފާނުގެ ކިހާ މިންވަރެއްގެ ފައިސާއެއް ކަމެއް އަދިވެސް އެނގިވަޑައިނުގަންނަވައެވެ. މި ފައިސާއާ ގުޅޭ ގޮތުން ރަށު ތެރޭގައި ދެކެވޭ ގިނަ ވާހަކަތައް މިހާތަނަށް އައިިއިރު ހަގީގަތް ކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގަންނަވާފައިވާއިރު، މި ފައިސާއެއްގެ ތެރޭގައި ރާއްޖެއިން ބޭރުގެ ގައުމަކުން ދިން ހަދިޔާއެއް ވެސް ހިމެނެނީތޯއެވެ؟ ތުންތުންމަތިން ދެކެވޭ ވާހަކަތަކުން އެނގޭ ގޮތުގައި އަދީބާއި ރައީސް ޔާމީނާ ޖެހުނު މައްސަލައަކީ މި ފައިސާއެއްގެ މައްސަލައެވެ.

ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންގެ ބޭސްފަރުވާއާ ގުޅޭ ގޮތުން މީގެ ކުރިން ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތަކަށް ބަލާލަމާތޯއެވެ؟ އެމަނިކުފާނު ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ބަލި ހާލަތެއް މެދުވެރިވީމާ، ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދަވަން ބޭނުންފުޅުވީމާ، އެ ބޭފުޅަކު ރާއްޖެއިން ބޭރަށް ވަޑައިނުގެން ހިފަހެއްޓުމަކީ އެމަނިކުފާނަށް ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި މީހުންގެ ނުގަބޫލުގައި ބަންދުކުރުމާއި، ހިފަހެއްޓުމަކީ ރާއްޖޭގައި އޮވެގެން ވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިހުސާންތެރިކަން ނިޔާކުރަނީ އެބޭފުޅަކު ބޭހަށް ފޮނުވުމަށް ކަމަށެވެ. އަދީބާ ހިސާބުން ރައީސް ޔާމީނުގެ މި ގަބޫލުކުރުން، މި އުސޫލުތައްވެސް ބަދަލުވީތޯއެވެ؟

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން މިވަނީ އަދީބުގެ ފުރާނައިގެ އަގު ކަނޑައަޅާފައެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން އަދީބަށް ލިބިދޭ ބޭސްފަރުވާ ކުރުމުގެ ހައްގު ލިބެން އޮތީ، ފައިސާއަށެވެ. ސަރުކާރުން ވަނީ ފުރާނައިގެ އަގު ވެސް ކިޔާފައެވެ. ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެފައިވަނީ އޮޑިޓް ރިޕޯޓްތަކަށް ބަލާއިރު ދައުލަތަށް ލިބެންޖެހޭ 80 މިލިއަން ވަރަކަށް ޑޮލަރު ނުލިބިވާކަމަށާއި އޭގެތެރެއިން ބޮޑުބައެއް ރާއްޖެއިން ބޭރުގައި ހުރުމަކި އެކަށީގެންވާ ކަމެއް ކަމަށެވެ. އަނިލް ވިދާޅުވީ އެމެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ބޮޑު އަދަދެއް ގުޅިފައިވަނީ އަދީބާ ކަމަށާއި އެފަދަ ހާލަތެއްގައި އެމަނިކުފާނު ފިއްލަވައި އަނބުރާ ގައުމަށް އެނބުރި ވަޑައިނުގެންފިނަމަ އެ ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ.

ސަރުކާރުގެ މި ވާހަތަކުން އުފެދޭ ސުވާލުތައް އިންތިހާއެވެ. އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިނުގެންނެވެނީ ފިއްލަވާފާނެތީއެވެ. އަދީބު ފިއްލަވައިފިއްޔާ ދައުލަތަށް ލިބެންޖެހޭ ފައިސާތައް ނުލިބޭނެތީއެވެ. މިއީ ސަރުކާރުގެ ސްޓޭންޑެވެ. އޮތީ ހަމަ އެންމެ ސުވާލެކެވެ. ދޫނިދޫ ގޮޅީގައި އަދީބު އަވަހާރަވެއްޖެނަމަ އެމްއެމްޕީއާރްސީ ފައިސާތައް ލިބޭނެތޯއެވެ. އެ ފައިސާ ހޯދުމަށް ކޮންމެ އަގެއް ދީގެން ނަމަވެސް، އަދީބު ސަލާމަތުން ބަހައްޓަން ނުޖެހޭތޯއެވެ؟ ދިވެހި ސަރުކާރަށް އަދީބުގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ވުރެ ބޮޑު ޒިންމާއެއް އެބައޮތްތޯއެވެ؟ އަހަރެމެން އިންސާނުންގެ ގޮތުގައި ތިބެ، ފައިސާއެއް ނުލިބިގެން މީހަކު މަރުވާން ދޫކޮށްލާނީތޯއެވެ؟ އިންސާނިއްޔަތުކަމާއި އިހުސާންތެރިކަމާއި އޯގާތެރި މުޖުތަމައު އެއް ބިނާކުރުމުގެ ވާހަކަ ކޮބައިތޯއެވެ؟ އަދީބާ ހިސާބުން ހުރިހާ އުސޫލުތަކެއް، ގޮތްތަކެއް ބަދަލުވަނީތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު