Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓިއުބްލައިޓް

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017 | ބުރާސްފަތި 10:31

 މިފިލްމުގައި ލަކްސްމަން އަކީ ވަރަށް މައުސޫމު ރަނގަޅު މީހެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 15 ޖޫން 2017 | ބުރާސްފަތި 10:31
ޓިއުބްލައިޓްގެ ދެތަރިން ކަމަށްވާ ސަލްމާން ޚާންއާއި ޒޫޒޫ

ޓިއުބްލައިޓްގެ ދެތަރިން ކަމަށްވާ ސަލްމާން ޚާންއާއި ޒޫޒޫ

މިއަންނަ ކުޑައީދުގައި ރިލީޒްކލުރުމަށް ހަމަޖެހިފައިފައިވާ ސަލްމާންޚާންގެ ޓިއުބްލައިޓް އަކީ ވަރަށްގިނަ މީހުން އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.

މި ފިލްމުގައި ވާނޭ ގޮތަކާމެދު ގިނަ ބައެއް އިންތިޒާރުގައި ތިބިއިރު އެކި ފަރާތްތަކުން ވަނީ ފިލްމުގައި ވާނޭ ގޮތަކާ މެދު ވާހަކަ ދައްކަން ފަށާފައެވެ. އެހެން ނަމަވެސް ދާދިފަހުން އާންމުވި "ޓިއުބްލައިޓް" ގެ ޓްރެއިލާ އާއި ޕޯސްޓަރާއި ފޮޓޯތަކުން އެ ފިލްމުގެ ވާހަކަ ކޮންމެވެސް ވަރަކަށް އެނގެއެވެ.

މި ފިލްމުގައި ސަލްމާން ޚާން(ލަކްސްމަން ސިންހް) އާއި ސަލްމާންގެ ކޮއްކޮ ސޮހައިލް ޚާން(ބަރާތު ސިންހު ބިޝްތު) ދިރިއުޅެމުން އަންނަނީ ވަރަށް އަމާން ވިލެޖެއް ކަމަށްވާ މަނާލޯގައެވެ.

ލަކްސްމަން އިންޑިއާގެ އަވަށެއްގައި އުޅެމުންދާއިރު ލޯބީގެ ގޮތުން ގުޅެނީ ޗައިނާގެ އެކަނިވެތި މައެއްކަމަށްވާ ޒޫޒޫ އެވެ. ޒޫޒޫގެ ފިރިހެން ދަރިއެއްކަމަށްވާ މަޓިން ރޭ ޓެންގޫއެވެ. ލަކްސްމަން އަކީ ޒޫޒޫ އާއި އޭނާގެ ދަރި މަޓިންގެ ރައްޓެއްސެއްކަމަށްވީނަމަވެސް އެ އަވަށުގައި އުޅޭ މީހުން އެކަމާ މާކަ ގަޔާ ނުވެއެވެ. ސަބަބަކަށްވަނީ އެދެމީހުންނަކީ ޗައިނާއަށް ނިސްބަތްވާ ދެމީހުން ކަމުގައި ވާތީއެވެ. އެހެން ނަމަވެސް ލަކްސްމަން މިކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ޒޫޒޫ އާއި އޭނާގެ ދަރިފުޅާއި އޮތް ރައްޓެހިކަމުގެ ގުޅުމަށް މާ ބޮޑު ހީނަރުކަމެއް ނާދެއެވެ. ނަތީޖާއަކަށްވީ ލަކްސްމަން ޒޫޒޫ ދެކެ ލޯބިވުމެވެ.

މިފިލްމުގައި ލަކްސްމަން އަކީ ވަރަށް މައުސޫމު ރަނގަޅު މީހެއްކަމަށްވެއެވެ. ލަކްސްމަންގެ ކޮއްކޮ ކަމަށްވާ ބަރާތަކީ ޗައިނާއާއި އިންޑިއާ އާއި ދެމެދު ކުރާ ހަނގުރާމައިގެ ސިފައިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތަރިވާ ފަރާތެވެ. އެ ހަނގުރާމައިގެ ތެރޭގައި ބަރަތު ވަނީ ވީނުވީއެއް ނޭގި ޚަބަރެއް ނުވެ ގެއްލިފައެވެ. އެހެންކަމުން ލަކްސްމަން އޭނާގެ ކޮއްކޮ ބަރަތު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ފަށައެވެ.

އެހެން ނަމަވެސް ބަރަތު ދުނިޔޭގައި ހުރިކަމެއް ނުވަތަ ނޫންކަމެއް އަދި ލަކްސްމަންއަށް އޭނާގެ ކޮއްކޮ ފެންނަ ކަމެއް އެނގޭނީ "ޓިއުބްލައިޓް" ބަލާލުމުންނެވެ.

ދާދިފަހުން ޓިއުބްލައިޓާއި ބެހޭގޮތުން ސަލްމާން ޚާން ބުނެފައިވަނީ ހަނގުރާމަކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށާއި ފިލްމުގައި މައިގަނޑުގޮތެއްގައި ދައްކުވައި ދީފައިވާނީ ހަނގުރާމަ ވެރިން ހަނގުރާމަ ކުރުމަށްފަހު އެމީހުންގެ އާއިލާއާއި ބައްދަލުކުރާއިރު އެމީހުންނަށް ވާ އިހްސާސްތައް ކަމަށެވެ. އަދި ހަނގުރާމައަށް ދާ ހަނގުރާމަ ވެރިންނާއި އެމީހުންގެ އާއިލާއަށް ކުރިމަތިވާ އިހްސާސްތައް މި ފިލްމުގައި ދައްކުވަން މަސައްކަތް ކޮށްފައިވާކަމަށް ސަލްމާން ބުނެފައިވެއެވެ. ކޮންމެ އާއިލާއަކުންވެސް އެ އާއިލާގައި ހިމެނޭ ކޮންމެ މެމްބަރެއް ދެކެވެސް ލޯބިވާނެކަމަށް ސަލްމާން ބުންޏެވެ.

"ޓިއުބްލައިޓް" ގެ ޓްރެއިލާ ބެލި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައް ބުނެފައިވަނީ މި ފިލްމުން ވަރަށް ރަނގަޅު މެސެޖެއް ލިބިގެން ދާނެކަމަށެވެ. އެއީ ކޮންމެ ކަމެއްވެސް ގަބޫލުކުރާނަމަ އެމީހަކަށް ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނެކަމެވެ.

ކޮންމެއަކަސް "ޓިއުބްލައިޓް" ގެ ޑައިރެކްޓަރ ކަބީރު ޚާން ބުނެފައިވަނީ މި ފިލްމުގައި މިހާތަނަށް ސަލްމާން ދައްކާފައިވާ އެކްޓުތަކުގެ ތެރެއިން ސަލްމާން ޚާންގެ އެންމެ މޮޅު އެކްޓް ފެނިގެންދާނެކަމަށެވެ. އެއީ ތެދެއްކަމަށް ގަބޫލުކުރުމަށް ގިނަ ބަޔަކު މިހާރު ތިބީ ކުޑައީދުގެ އިންތިޒާރުގައެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
28 މާރިޗު 2017

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
26 ފެބުރުއަރީ 2017

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

26 ފެބުރުއަރީ 2017
މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
07 ޖެނުއަރީ 2017

އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް

07 ޖެނުއަރީ 2017
އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް