Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުނިފޫހި

އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ޖެނުއަރީ 2017 | ހޮނިހިރު 01:09
ފިލްމް ޑައިރެކްޓަރ އަމްޖަދު އިބްރާހިމް

ފިލްމް ޑައިރެކްޓަރ އަމްޖަދު އިބްރާހިމް

ނިމިގެން ދިޔަ 7 ވަނަ ގައުމީ ފިލްމު އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުމުން އެވަގުތު އޭނާ ކުރެވުނު އިހުސާސްތައް މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ވަނީ ރާއްޖެ ޓީވީގެ " ކުލަ ސްކްރީން" ޕްރޮގްރާމާ ހިއްސާ ކޮށްފައެވެ.

މިހާތަނަށް 50 ފިލްމް ޑައިރެކްޓްކޮށް އަދި 51 ވަނަ ފިލްމުގެ މަސައްކަތް ކުރަމުން ގެންދާ އަމްޖޭ ބުނީ މި އެވޯޑް ހަފްލާއަށް ދިޔައީ އޭނާއާ އެކު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުންނާއި މިދާއިރާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ. މި އެވޯޑަކީ އެއްވެސް ވަރަކަށް ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ހުރި އެޥޯޑެއް ނޫން ކަމަށް ވެސް އަމްޖޭ ބުންޏެވެ.

އވޯޑަށް އުއްމީދު ނުކުރެވުނު ބައިވަރު ސަބަބުތައް އެބަހުރިކަން ފާހަގަ ކުރަމުން، އެއް ސަބަބެއްގެ ގޮތުގައި އަމްޖޭ ފާހަގކުރީ ފިލްމް އެވޯޑެއްގައި އޭނާގެ ފިލްމެއް ބައިވެރި ނުކުރާތާ ތިން ހަތަރު އަހަރު ވެދާނެ ކަމަށެވެ. އަދި އޭނާގެ ފުރަތަމަ ޑައިރެކްޝަން" ހުރަސް" ފިލްމަކީ ވެސް ސީދާ އެވޯޑެއް ހާސިލް ކުރުމަށް ހެދި ފިލްމެއް ކަމަށާއި އެފިލްމު އޮލިމްޕަހުގައި ރިލީޒް ވެސް ނުކޮށް 2 ވަނަ ގައުމީ ފިލްމު އެވޯޑަށް ނަން ހުށަހެޅި ނަމަވެސް އެފިލްމަށް އެއްވެސް އެވޯޑެއް ނުލިބި ގެއަށް ދާންޖެހުނީ ވަރަށް ދެރަވެގެން ކަމަށް އަމްޖޭ ބުންޏެވެ.

އޭގެ ފަހުން ވެސް އެވޯޑުތަކުގައި ދިމާވަމުން އައީ އެހެން ކަމަށާއި އެވޯޑު ލިބުމުގައި އޭނާއަކީ ވަރަށް ބަދު ނަސީބު މީހެއް ކަމަށް އަމްޖޭ ބުންޏެވެ.

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުމުން ހަގީގަތުގައި އެއްގޮތަކަށް ވެސް އުފާ ނުވާ ކަމަށާއި އުފަލަށް ވުރެ ބޮޑަށް ވީ ދެރަ ކަމަށް އަމެޖޭ ބުންޏެވެ.

އެވޯޑު ލިބުމުން ލޮލުން ފޭބި ކަރުނައަކީ އުފަލުން އައި ކަރުނައެއް ނޫން ކަމަށާއި ހަގީގަތުގައި ދެރަވެގެން ރޮވުނު ރޮވުމެއް ކަމަށެވެ.

ތުއްތު އިރުން ފެށިގެން ވެސް މިއުޒުކަށް ލޯބިކުރާ އަދި ފަންނީ ޖޯޝް އޭނާގެ ހިތުގައި އަބަދުވެސް ހިނގަމުންދާ އަމްޖޭ ބުނީ އޭނާ ދެކޭ ގޮތުގައި އޭނާއަށް އެ އެވޯޑު ހައްގުވާންވީތާ އެތައް ދުވަހެއް ވެއްޖެއެވެ.

ނައިފަރު ދޮހޮއްކޮ 1994 ވަނަ އަހަރު ނެރުނު " މަސްލަހަތު ނެތް އަނބިން" ލަވައިން ޑައިރެކްޝަން މަސައްކަތް ފެށި އަމްޖޭގެ ދެވަނަ މަސައްކަތަކީ އެންއެސްއެސްގެ ޑްރާމާ "މާބުރު އުސޫލް" އެވެ. އެއަށް ފަހު އޭނާ ޑައިރެކްޓްކުރި ފުރަމަ ފިލްމަކީ ދިވެހި ފިލްމް "ހުރަސް" އެވެ.

އަމްޖޭ ބުނި ގޮތުގައި ލޯބިވާ އެއްޗެއް ދޫކޮށްލުމަކީ ވަރަށް އުނަދގޫ ކަމެއް ކަމަށާއި ފިލްމީ ދާއިރާއަކީ އޭނާ ވަރަށް ލޯބިވާ ދައިރާއެއް ކަމަށެވެ.

ފިލްމީ ދާއިރާގައި މިހާ ގިނަ ދުވަހު ދެމި ހުރެވުނީ ބެލުން ތެރިންގެ ތަރުހީބުން ކަމަށް އަމްޖޭ ފާހަގަ ކުރި އެވެ. ބެލުންތެރިންގެ ސަޕޯޓް ނުލިބޭ ނަމަ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހޯދަކަށް މިއަދު އޭނާ ނުހުންނާނެ ކަން އަމްޖޭ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އޭނާގެ އަމިއްލަ ހިތްވަރާއި އަދި ޚާއްސަކޮށް އަންހެނުންގެ ވަރަށް ބޮޑު އެއްބާރުލުމެއް މިދާއިރާގައި ކުރިއަށް ދިއުމަށް ލިބިގެންދާކަން އަމްޖޭ ވަނީ ފާހަގަ ކުރައްވަފައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
25 އެޕްރީލު 2017

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ދިރާގު ޓީވީއަކީ ކޮބާ؟
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
28 މާރިޗު 2017

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު