Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ޖުމްލަ މަރުވި މީހުންގެ އަދަދު 16000 އަށްވުރެން އިތުރު

މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 383،811 އަރާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މާރިޗު 2020 | އަންގާރަ 03:32
ކޮވިޑް-19

ކޮވިޑް-19

ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު 16566 އަށް އަރައިފިއެވެ. މި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ އެއްލައްކަ ފަސް ހާހަށްވުރެން މަތީގައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 383،811 ގައެވެ. ހޯމަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 353،508 މީހުންނެވެ. އެހެންކަމުން 24 ގަޑިއިރު ނުވަނީސް މި ބައްޔަށް މުޅި ދުނިޔެއިން 30 ހާސް 300 މީހުންނަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ބަލީގައި މިހާތަނަށް މުޅި ޖުމްލަ 16566 އަށްވުރެން ގިނަ މީހުން މަރުވެފައިވާއިރު ހޯމަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް 15،372 މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން 24 ގަޑިއިރު ނުވަނީސް މި ބަލީގައި 1190 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިހާތަނަށް މި ބަލިން 105220 މީހުން ރަނގަޅުވެފައިވާއިރު ހޯމަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް 103،089 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން 24 ގަޑިއިރު ނުވަނީސް 2100 އަށްވުރެން ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލި ޖެހުނު މީހުން އެންމެ ގިނައީ އަދިވެސް ޗައިނާގައެވެ. އެއީ 81172 މީހުންނެވެ. މިހާތަނަށް ޗައިނާ އިން މި ބަލީގައި 3276 އަށްވުރެން ގިނަ މީހުން މަރުވެފައިވެއެވެ. އަދި 73161 މީހުން ވަނީ ބަލީގައި މިހާތަނަށް ރަނގަޅުވެފައެވެ.

ދެވަނަ އަށް މި ބަލި އެންމެ ގިނައިން ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ އިޓަލީއިންނެވެ. އެއީ 63926 މީހުންނަށްވުރެން ގިނައިންނެވެ. މި ބަލީގައި އެ ޤައުމުން 6،075 އަށްވުރެން ގިނަ މީހުން މިހާތަނަށް މަރުވެފައިވާއިރު ބަލި ޖެހިގެން 7430 މީހުންނަށްވުރެން ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

ތިންވަނައަށް އެންމެ ގިނައިން މި ބަލި ޖެހުނު ކަމަށް އެމެރިކާ އިން ރިޕޯޓްކޮށްފައިވާއިރު އެއީ 46360 އަށްވުރެން ގިނަ މީހުންނެވެ. އެ ޤައުމުގައި މި ބަލި ޖެހިގެން މިހާތަނަށް 585 މީހުން މަރުވެފައިވާއިރު ބަލީގައި ރަނގަޅުވި މީހުންގެ ނިސްބަތް ދަށް ކަމަށް ފާހަގަކުރެވެއެވެ. އެގޮތުން ބަލީގައި މިހާތަނަށް ރަނގަޅު ވެފައިވަނީ 314 މީހުންނެވެ.

ސްޕެއިންގައި 35136 މީހަކަށް ބަލިޖެހިފައިވާއިރު ބަލީގައި މަރުވެފައިވަނީ 2311 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 3،355 މީހުންނެވެ.

ޖަރުމަންވިލާތުން 32024 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 143 މީހަކު ވަނީ މަރުވެފައެވެ. އެ ޤައުމުގައި މިހާތަނަށް 3،203 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އީރާނަށް ބަލާލާއިރު އެޤައުމުން ވަނީ މިހާތަނަށް 23049 މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އަދި 1812 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުގައި 8376 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު