Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު ތިންލައްކައަށް ވުރެ މައްޗަށް

22 މާރިޗު 2020 | އާދީއްތަ 02:09

މިވައިރަސް ޖެހިގެން މިހާތަނަށް އާއިރު 13،000 މީހުންވަނީ މަރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 މާރިޗު 2020 | އާދީއްތަ 02:09
ކޮވިޑް-19 - ދުނިޔޭގައި ހަލުވިމިނުގައި އަންނަނީ ފެތުރެމުން

ކޮވިޑް-19 - ދުނިޔޭގައި ހަލުވިމިނުގައި އަންނަނީ ފެތުރެމުން

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިންލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގެ 188 ގައުމަކުން މި ވައިރަސް ފެނިފައިވާއިރު މިވައިރަސް ޖެހިގެން މިހާތަނަށް 13،000 މީހުންވަނީ މަރުވެފައެވެ. މިހާތަނަށް އެންމެ ގިނަ މީހުންނަށް މިވައިރަސް ޖެހިގެން ރިކޯޑްކޮށްފައިވަނީ ވައިރަސް އެންމެ ފުރަތަަމަ ފެނުނު ޗައިނާއިންނެވެ. އެއީ 81,008 މީހުންނެވެ. އެގައުމުގައި ވައިރަސް ޖެހިގެން 3,255 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ. ސީރިއަސް ހާލަތުގައި 1,927 މީހުން ތިބިއިރު މިހާރުވެސް 6,013 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ޗައިނާގައި ވައިރަސްފެތުރޭ މިންވަރު ބޮޑުތަނުން ދަށްކޮށްފައިވާއިރު މިހާރު ބާރު ސްޕީޑެއްގައި މިވައިރަސް ފެތުރެމުން އަންނަނީ އިޓަލީގައެވެ. އެގޮތުން އިޓަލީގައި ވަނީ ޗައިނާއަށް ވުރެ ގިނަ މީހުން މިވައިރަސް ޖެހިގެން މިހާރު މަރުވެފައެވެ.

އިޓަލީގައި މިހާތަނަށް މިވައިރަސް 53,578 މީހުންނަށް ވަނީ ޖެހިފައެވެ. އަދި 4,825 މީހުންވަނީ މިވައިރަސް ޖެހިގެން މަރުވެފައެވެ. އިޓަލީގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 800 އާ ކައިރިކުރެއެވެ. އެއާއެކު އިޓަލީގައި މިވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ.

އިޓަލީއަށްފަހު ދެން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހުމުން ދަނީ ސްޕެއިންގައެވެ. އެގައުމުގައި މިހާތަނަށް 25,496 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. އަދި 1,378 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. ސްޕެއިނަށްފަހު ދެން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިފައިވަނީ އެމެރިކާގައެވެ. އެއީ 23,940 މީހުންނެވެ. އެގައުމުން މިހާތަނަށް 301 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

ދެން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ ޖަރުމަންވިލާތުންނެވެ. އެއީ 22,364 މީހުންނެވެ. އެގައުމުން މިހާތަނަށް 84 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. ދެން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިފައިވަނީ އިރާނުގައެވެ. އެއީ 20,610 މީހުންނެވެ. އެގައުމުގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 1,556 ގައެވެ.

ހަލުވިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާއިރު މިވައިރަސް އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް