Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިން

ނޫސްވެރިން ހައްޔަރުކުރިއިރު އާދަމް ޝަރީފް ހުންނެވީ ޣައިރު ޤާނޫނީ އަމުރު ކުރެއްވުމަށް: ވިސާމް

20 މާރިޗު 2020 | ހުކުރު 21:41

އޭރު އާދަމް ޝަރީފް ހުންނެވީ މީހުން ހައްޔަރު ކުރުމުގައި ކަމަށް ވިސާމް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 20 މާރިޗު 2020 | ހުކުރު 21:41
ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަދި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަދި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް

ނޫސްވެރިން ހައްޔަރުކުރިއިރު އާދަމް ޝަރީފް ހުންނެވީ ޣައިރުޤާނޫނީ އަމުރުކުރެއްވުމަށް ޑިފެންސް މިނިސްޓަރުގެ މަޤާމުގައިކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

ވިސާމް މިހެން ވިދާޅުވެފައިވަނީ ސިއްހީ ކުއްލި ނުރައްކާގެ ހާލަތު ނިމެންދެން ޗެނަލް 13 އިން ގެނެސްދެމުންދާ "މަޑިސީލަ" ޕްރޮގްރާމް ގެނެސްދިނުން މެދުކަނޑާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމުމާއި ގުޅިގެން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓްގައި ވަނީ ޗެނަލް 13 މިހާރު އެކުރަނީ ކުރިން ރާއްޖެޓީވީން ކުރި ކަންކަން ކަމަށާއި، އޭރު ރާއްޖެ ޓީވީ ބަންދު ނުކުރީ އިދިކޮޅުގެ އަޑު އިވެން ޖެހޭނެތީ ކަމަށެވެ. އަދި މިހާރު ވެސް ކުރަންވީ ކަމަކީ ޒިންމާދާރު ނޫސްވެރިކަމަށް ހިތްވަރުދިނުން ކަމަށާއި ވެރިކަމަށް އައުމުގެ ކުރިން ދައްކާ ވާހަކަ އާއި ވެރިކަމަށް އައުމަށްފަހު ދެކޭ ގޮތް ތަފާތު ނުކުރެއްވުމަށް ޓްވީޓުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާތައް ކަވަރު ކުރުމަށް ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވަމުން ދިޔައިރު އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށް ނުހައްގުން ޖަލަށްލާ އެތައް އަނިޔާތެކެއް ލިބިފައިވާ ވިސާމް، އާދަމް ޝަރީފްގެ ޓުވީޓަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓްގައި ވަނީ މީޑިއާގެ ވާހަކަ ޝަރީފް މިއަދު ދައްކަވާއިރު ލަދުގެ ކަންފުޅެއްވެސް ނެތީތޯ ސުވާލު ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެޓީވީގެ ނޫސްވެރިން ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ހައްޔަރުކޮށް، ނުހައްގުން އެތައް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރިކަން ހަނދުމަފުޅު ނެތުނީތޯ ވިދާޅުވެ ވަނީ ސުވާލު ކުރައްވާފައެވެ.

އޭރު އާދަމް ޝަރީފް ހުންނެވީ މީހުން ހައްޔަރުކޮށް، ޣައިރު ޤާނޫނީ އަމުރުކުރެއްވުމުގައިކަމަށް ވިސާމް ވިދާޅުވި އެވެ. އަދި އޭރުގައި އުޅުއްވީ މީހުންގެ ދަތްދޮޅި ދުއްވާލުމުގައި ކަމަށާއި މީޑިއާގެ މިނިވަންކަމުގެ ވާހަކަނުދެއްކެވުމަށް ވިސާމް ވަނީ އާދަމް ޝަރީފަށް ގޮވާލައްވާފަ އެވެ.

ރައީސް ޔާމީންގެ ސަރުކަރުގައި ވިސާމް ވަނީ ހަތް ހަފަރެއްގެ މަތިން ހައްޔަރުކޮށް 48 ދުވަހު ޖަލު ބަންދުގައި ބަހައްޓާފައެވެ. އަދި ދެ ދައުވާއެއް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް