Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ހަރަދުތައް ކުޑަކުރަން މެމްބަރުންގެ ކޮއްތު ކަނޑާލަނީ

ކޮއްތު ފައިސާ ކަނޑާލުމުން މަހެއްގެ މައްޗަށް އެއްލައްކަ ރުފިޔާ ސަލާމަތްކުރެވޭނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 17 މާރިޗު 2020 | އަންގާރަ 08:40
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ހަރަދުތަކުގެ ތެރެއިން 19.3 މިލިއަން ރުފިޔާ ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އެންގުމާއި ގުޅިގެން، މެމްބަރުންގެ ކޮއްތު މި ދުވަސްކޮޅަށް ކަނޑާލުމުގެ މަސައްކަތް ފަށައިފިއެވެ.

މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކަނޑަން ފިނޭންސް މިނިސްޓަރު އަމީރު ފޮނުއްވެވި ސިޓީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއީ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ އާއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް މެމްބަރުންގެ ކޮއްތު ކަނޑާލުމަށް އީވާ މަސައްކަތްކުރައްވާ ވާހަކަދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ކޮއްތު ކަނޑާލިޔަސް ބޯފެން ކޮޅާ އެއްޗެހި ލިބޭގޮތަށް ބަހައްޓަވަން އީވާ ގާތު އެދިވަޑައިގަތް ކަމަށެވެ.

ކުރިން ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު، މެމްބަރުންގެ ކޮއްތަށް ދުވާލެއްގެ މައްޗަށް 14،000ރ. ހަރަދުވެއެވެ. އަދި މި އަދަދަށް ބަލައިގެން މަހެއްގެ މައްޗަށް ޖުމްލަ ހަރަދުގެ ތެރެއިން ގާތްގަނޑަކަށް 168،000ރ. ކަނޑާލެވޭނެއެވެ.

މި 19.3 މިލިއަން ރުފިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ތެރެއިން ކުޑަކުރަން ހުށައަޅާފައިވާ އަދަދެކެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 129،550،285ރ. އެވެ.

މި ބަޖެޓުގެ ތެރެއިން 86 މިލިއަން ރުފިޔާއަކީ މަޖިލިސް މެމްބަރުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ދޭ ފައިސާއެވެ. މެމްބަރުންގެ މުސާރައިގެ ތެރެއިން 20 އިންސައްތަ އުނިކުރުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ވަނީ ހުށައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ 42,500ރ. އެވެ. އޭގެ އިތުރުން ކޮމިޓީ އެލަވަންސާއި ލިވިންގް އެލަވަންސްގެ ގޮތުގައި އިތުރު 40،00ރ. މެމްބަރުންނަށް ލިބެއެވެ.

މުސާރާއިން 20 އިންސައްތަ އުނިކުރާނަމަ، މަޖިލިސް މެމްބަރެއްގެ މުސާރައިގެ ގޮތުގައި ލިބޭނީ 34،000ރ. އެވެ. މުސާރައިން 20 އިންސައްތަ ކަނޑާލުމުން މަހެއްގެ މައްޗަށް 739،000ރ. ހަރަދުގެ ތެރެއިން ކުޑަކުރެވޭނެއެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ހުށައަޅާފައިވާ ގޮތަށް މުސާރަ އުނިކުރެވޭނީ ރައްޔިތުން މަޖިލީހުގެ ތިންބައިކުޅަ ދެބައި އަގްލަބިއްޔަތުން އެ އިސްލާހަށް ވޯޓު ދިނުމުންނެވެ. މަޖިލީހުގައި ތިއްބަވާ އެހެން ޕާޓީތަކާއި މިނިވަން މެމްބަރުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ މި އިސްލާހަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން މިހާތަނަށް ހުށައަޅާފައިވާ ކަންކަމަށް ބަލާއިރު، މަހެއްގެ މައްޗަށް މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް