Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ޓްރަމްޕް އެމެރިކާގައި ކުއްލި ޙާލަތު އިއުލާނުކޮށްފި

ޖުމްލަ 1920 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 މާރިޗު 2020 | ހުކުރު 20:19
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

މިހާރު ފެތުރެމުންދާ ނޮވެލްކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ (އެސްއޯއީ) އިއުލާނުކުރައްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ހުކުރު ދުވަހު އެވެ. އެގޮތުން އެމަނިކުފާނު ކުއްލި ޙާލަތު އިއުލާނު ކުރެއްވީ ވައިޓްހައުސްގައި އިންނަވައި ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އެމެރިކާގައި އިއުލާންކުރިއިރު، އެ ޤައުމުގެ 44 ސްޓޭޓަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކޭސްތައް ފެނިފައިވެއެވެ. އަދި ޖުމްލަ 1920 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 41 މީހަކު އެމެރިކާގައި ވަނީ މަރުވެފަ އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރެއްވުމާއެކު އެމެރިކާގައި ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތަންފީޒު ކުރަންޖެހޭ ކަންކަން ތަންފީޒު ކުރަން އިތުރަށް ފަސޭހަވެގެންދާއިރު، އައު ހޮސްޕިޓަލުތަކާއި ފަރުވާދިނުމުގެ ކަންކަން ޤާއިމު ކުރުމުގެ އިންތިޒާމްތައް ފަހިވެގެންދާނެއެވެ. އޭގެ އިތުރުން، އެމަރޖެންސީ ރިލީފް ފަންޑުތަކުގައި ހުރި 50 ބިލިއަނެއްހާ އެމެރިކާ ޑޮލަރު ސިއްޙީ އެކި ބޭނުންތަކަށް ބޭނުން ކުރަން ފެށިގެންދާނެއެވެ.

އެމެރިކާގައިވެސް މި ވައިރަސްއާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމާއި، ސުކޫލުތައް ބަންދު ކުރުމުގެ އިތުރުން ބައެއް ކުޅިވަރު ހަރަކާތްތައްވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

މި ވައިރަސްގައި އެމެރިކާއިން އެންމެ ފުރަތަމަ މީހަކު މަރުވުމާއި ގުޅިގެން އޭރު ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ ޤައުމު ވަނީ މިވައިރަސް އަށް ތައްޔާރުވެފައި ކަމަށެވެ. އަދި ވައިރަސް ޖެހިގެން މީހަކު މަރުވެފައި ވީނަމަވެސް އަދި އެ ޤައުމުގެ ރައްޔިތުން ހާސްވެ ކަންބޮޑުނުވުމަށް ޓްރަމްޕް އޭރު އެދިވަޑައިގަންނަވާފައިވެއެވެ.

އެ މީހާ މަރުވެފައިވަނީ ވޮޝިންގޓަންގެ ހުޅަނގު އުތުރު ސްޓޭޓެއް ކަމަށްވާ ކިންގ ކައުންޓީނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު