Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 13:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
ކޮވިިޑް-19: ރައީސް ސާލިހު ގައުމާ މުހާޠަބު ކުރައްވަނީ!
ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައި ރާއްޖޭގެ ރައްޔިތުންނާއި މުހާތަބްކޮށް ވާހަކަދައްކަވާނެ
ގައުމުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވާނެ
ސަރުކާރުން އެޅުމަށް ނިންމަވާފައިވާ ފިޔަވަޅުތައް ހިއްސާކުރައްވާނެކަމަށް ބެލެވޭ

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން، ގައުމުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Advertisement

ރައީސް އޮފީހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް ސޯލިހު ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައި ރާއްޖޭގެ ރައްޔިތުންނާއި މުހާތަބްކޮށް ވާހަކަދައްކަވާނެކަމަށެވެ. މިއީ ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ބަލި ރާއްޖެއިން ފެނުނު ފަހުން އެމަނިކުފާނު ރައްޔިތުންނާއި މުހާތަބްކޮށް ވާހަކަ ދައްކަވާ ފުރަތަމަ ފަހަރެވެ.

ގައުމު މިއޮތް ހާލަތުގައި ވަލިއްޔުލް އަމްރުގެ މަގާމުގައި ހުންނަވައި ގައުމާ މުހާތަބް ނުކުރައްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދާއިރު، މިއަދުގެ ވާހަކަފުޅުގައި ބަލިމަޑުކަމާ ގުޅިގެން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި އިގްތިސާދަށް ދިމާވަމުން އަންނަ ލޮޅުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ހިއްސާކުރައްވާނެކަމަށް ބެލެވެއެވެ.

ދުނިޔޭގައި މިބަލި އާންމުވުމާއި ގުޅިގެން ރާއްޖެއިން ބަލި ފެނިއްޖެ ހާލަތެއްގައި އަމަލުކުރަމުންދާނެ އުސުލުތައް ކަނޑައަޅައި ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން ކަމާއި ބެހޭ އިދާރާތަކުން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން ބަލި ރާއްޖެއިން ފެނުމުމުގެ ކުރިން، ކަރަންޓީނުކުރާނެ ތަންތަނާއި ބޭނުންވާނެ ވަސީލަތްތައް ސަރުކާރުން ވަނީ އިންތިޒާމްކޮށްދީފައެވެ.

ނޯޓް: ޚަބަރު ޕަބްލިޝް ކުރި ފަހުން، ރައީސް ސާލިހު ގައުމާ މުހާތަބު ކުރެއްވުން 16:00 އަށް ވަނީ ލަސްކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް