Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފޮރިން މިނިސްޓަރ

އައި.ސީޖޭގައި ކުރިއަށްދާ ރޮހިންގާ ދަރިކޮޅުގެ މީހުންގެ މައްސަލައަށް ދިވެހިރާއްޖެއިން ވަނުމުން އެކަމަށް އޯއައިސީއިން މަރުޙަބާ ކިޔައިފި

11 މާރިޗު 2020 | ބުދަ 10:31

މިމައްސަލަ އދގެ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ދަ ގެމްބިއާއިން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 މާރިޗު 2020 | ބުދަ 10:31
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް

ބައިނަލްއަޤްވާމީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ކުރިއަށްދާ ރޮހިންގާ މުސްލިމުންގެ މައްސަލައަށް ތަދައްޚުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ)އިން މަރުޙަބާ ކިޔައިފިއެވެ.

ރޮހިންގާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމަށް، މިމައްސަލަ އދގެ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ދަ ގެމްބިއާއިންނެވެ.

އަދި މިމައްސަލައިގައި ގެމްބިއާއާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ހުށަހަޅާނެކަން އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

ޖެނީވާގައި ކުރިއަށްދިޔަ ސެކްރެޓަރީ ޖެނެރަލްސް އޯރަލް އަޕްޑޭޓްސްގައި ރޮހިންގާ މުސްލިމުންގެ މައްސަލައިގައި އދ. އިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޝްވަރާގައި އޯ.އައި.ސީގެ ފަރާތުން ރާއްޖެއަށް މަރުޙަބާ ކިޔާފައިވަނީ ޕާކިސްތާނުން އިއްވި ސްޓޭޓްމަންޓްގައެވެ. މިއީ ރާއްޖޭގެ ނިންމުމަކަށް އޯ.އައި.ސީ އިން މަރުޙަބާ ކީ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ނިންމުމަށް، އޯ.އައި.ސީގެ ފަރާތުން މަރުޙަބާ ކިޔަމުން ޕާކިސްތާނުން ބުނީ މިއީ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރޮހިންގާ މުސްލިމުންނަށް ދިމާވެފައިވާ ޙާލަތަކީ މިވަގުތު އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް އޯ.އައި.ސީއިން ދެކެއެވެ.

2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުމުގައި، ރޮހިންގާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްޤުތައް ނިގުޅައިގަތުމަށް ކުރެވޭ ކަންކަން ބެލުމަށް ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް ހެދުމަށް ފާސްކުރެވުނެވެ.

މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަން ހަވާލުކުރީ ދަ ގެމްބިއާ އާއެވެ. އަދި 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުމުގައި، ރޮހިންގާ މުސްލިމުންގެ ހައްޤުތައް ހޯދުމަށް ބައިނަލްއަޤްވާމީ ކޯޓަށް މައްސަލަ ހުށަހެޅުމަށް މެމްބަރު ހުރިހާ ޤައުމަކުން އެއްބަސްވިއެވެ.

އަދި 2019 ވަނަ އަހަރު ސައޫދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި، ރޮހިންގާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދީ، ހައްޤުތަކަށް އަރައިގަތް މީހުންނަށް އަދަބު ދިނުމަށް ބައިނަލްއަޤްވާމީ ކޯޓަށް އޯ.އައި.ސީގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ހުއްދަ ދަ ގެމްބިއާ އަށް ދިނެވެ.

ރޮހިންގާ މުސްލިމުންގެ ހައްޤުތައް ހިމާޔަތްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އައި.ސީ.ޖޭ އިން މިޔަންމާ ސަރުކާރަށް އަންގާފައިވާ މި ދަނޑިވަޅުގައި، މިމައްސަލައަށް ތަދައްޚުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ 57 ޤައުމު ހިމެނޭ ގޮތަށް، އިސްލާމީ އުއްމަތުން ވަނީ މަރުޙަވާ ކިޔާފައެވެ.

އަދި ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާއި، އެމީހުންގެ ހައްޤުތައް ހޯދުމަށް މަސައްކަތްކުރާ ގިނަ ޖަމްއިއްޔާ ތަކަކުން ވަނީ އެކަމަށް މަރުޙަބާ ކިޔައި، ދިވެހިރާއްޖެއަށް ޝުކުރު އަދާކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ
07 ޖޫން 2017

އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

07 ޖޫން 2017
އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
31 މެއި 2017

ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

31 މެއި 2017
ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް