Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ޗައިނާގައި މީހުން ކަރަންޓީންކޮށްފައި ހުރި އިމާރާތެއް ވެއްޓުން: 10 މީހުން މަރުވެ 23 މީހުން ގެއްލިއްޖެ

މި ހާދިސާ ހިނގާފައިވަނީ ޗައިނާގެ ފޫޖާން ޕްރޮވިންސްގެ ޗުއަންޖޯ ނަމަކަށް ކިޔާ އަވަށެއްގަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2020 | އާދީއްތަ 20:13
ޗައިނާގައި މީހުން ކަރަންޓީންކޮށްފައި ހުރި އިމާރާތެއް ވެއްޓުން

ޗައިނާގައި މީހުން ކަރަންޓީންކޮށްފައި ހުރި އިމާރާތެއް ވެއްޓުން

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޗައިނާގައި މީހުން ކަރަންޓީން ކޮށްފައި ހުރި އިމާރާތެއް ކުއްލި ގޮތަކަށް ވެއްޓުނު ހާދިސާގައި 10 މީހުން މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޗައިނާގެ ފޫޖާން ޕްރޮވިންސްގެ ޗުއަންޖޯ ނަމަކަށް ކިޔާ އަވަށެއްގައި ހިނގި މި ހާދިސާގެ ފަހުގެ މައުލޫމާތުތަކާ ގުޅޭގޮތުން ބީބީސީގައި ރިޕޯޓްކޮށްފައިވަނީ، މި ހާދިސާގައި 10 މީހަކު މަރުވެ، 23 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން 5 ބުރީގެ މި އިމާރާތް ވެއްޓިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 7:00 ހާއިރުއެވެ. އަދި އެ ހޮޓަލަކީ ޗުއަންޖޯގެ ލީޖަންޖޫ ޑިސްޓްރިކްޓްގައި މީހުން ކަރަންޓީން ކޮށްފައިހުރި 2 އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ. އެގޮތުން އެ އަވަށުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ގާތުގައި އުޅެފައިވާ މީހުން ކަރަންޓީން ކޮށްފައިތިބީ އެ ހޮޓަލުގައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން އިމާރަތް ވެއްޓުނުއިރު އިމާރާތުގައި 71 މީހުން ތިއްބެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން ރެސްކިއު ޓީމުތަކުން އަދިވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮވިޑް-19 އެކި ޤައުމުތަކުގައި ފެތުރެމުންދާއިރު، ވައިރަސްގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު ވަނީ ލައްކައަކަށް އަރާފައެވެ. އަދި ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 3800 އަށްވުރެ ގިނައެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
08 ޖޫން 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ
08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
23 މެއި 2017

ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި

23 މެއި 2017
ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު