Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާގެ ބޯޓެއް ގެއްލުން

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

ވެއްޓުނު ބޯޓަކީ މާޗް 2016 ގައި ގަނެފައިވާ ބޯޓެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 8 ޖޫން 2017 | ބުރާސްފަތި 20:08
ޗައިނާގައި އުފައްދާފައިވާ ވައި 8 މަރުކާގެ ބޯޓެއް، ބުދަ ދުވަހު ގެއްލިފައި ވަނީ މި މޮޑެލްގެ ބޯޓެއް

ޗައިނާގައި އުފައްދާފައިވާ ވައި 8 މަރުކާގެ ބޯޓެއް، ބުދަ ދުވަހު ގެއްލިފައި ވަނީ މި މޮޑެލްގެ ބޯޓެއް

ބުދަ ދުވަހު ގެއްލުނު މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓުން ދަތުރުކުރި 29 މީހެއްގެ ހަށިގަނޑު ބުރާސްފަތި ދުވަހު ފެނިއްޖެ އެވެ.

ވެއްޓުނު ބޯޓުގައި 122 ޕަސެންޖަރުން ތިބިއިރު، މިޔަންމާގެ ނޭވީ އާއި އާންމުންގެ ކަނޑު ބޯޓުތަކުގައި ކުރި މަސައްކަތުން މިޔަންމާގެ އައްސޭރިފަށުގެ ޓައުނެއް ކަމަށްވާ ލޯންގްލޮންއާ ގާތުގައި އޮންނަ އަންޑަމަން ކަނޑުން 21 މީހެއްގެ ހަށިގަނޑު އަދި އަށް ކުޑަކުދިންގެ ހަށިގަނޑު ފެނިފައިވެއެވެ.

ފެނުނު މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އޮފިޝަލުން ބުނާއިރު ލައިފް ޖެެކެޓް އަޅައިގެން ހުރި އެއްވެސް މީހެއްގެ ހަށިގަނޑު ފެނިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޯޓު ވެއްޓެން ދިމާވީ ކީއްވެ ކަމެއް އަދި ނޭނގެއެވެ.

ބޯޓުގެ ބައިތައްވެސް އަންޑަމަން ކަނޑުން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްލައިޓް ދަތުރުކުރަމުންދިޔައީ ބައިގަޑިއިރުގެ ކުރު ރާސްތަ ދަތުރެއްގައި ކަމަށްވާއިރު ބޯޓު ދަތުރު ކުރި ސަރަހައްދުގެ މޫސުން ގޯސްކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އަސްކަރިއްޔާއިން ބުނާ ގޮތުގައި ވެއްޓުނު ބޯޓަކީ މިދިޔަ އަހަރުގެ މާޗް މަހު ގަނެފައިވާ ފްލައިޓެކެވެ. އަދި 809 ގަޑިއިރު ހަމަކޮށްފައި ވެއެވެ.

މި ފަހުގެ އަހަރުތަކުގައި މިޔަންމާގައި ވަނީ މަތިންދާ ބޯޓް ވެއްޓުމުގެ ބައެއް ހާދިސާތައް ހިނގާފައެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު