Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޖެނޯއާއިން އޭސީ މިލާން ބަލިކޮށްފި

މި މެޗު ޖެނޯއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 8 މާރިޗު 2020 | އާދީއްތަ 18:48
އޭސީ މިލާން އަދި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން

އޭސީ މިލާން އަދި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ޖެނޯއީ އިން ވަރުގަދަ އޭސީ މިލާން ބަލިކޮށްފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސަޕޯޓަރުން ނުވައްދާ ކުޅުނު މި މެޗު ޖެނޯއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު ޖެނޯއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ސަނަބްރިއާ ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގޯރަން ޕެންޑޭވް އެވެ.

މި ލަނޑާއި އެކު މިލާނުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޖެނޯއާގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނުގެ ޒަލަޓާން އިބްރަހިމޮވިޗް އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ހުހައް ހުރެ އޭނާ ފޮނުވައިލި ބޯޅަ ޖެނޯއާގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.

ޖެނޯއާއިން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބިރުޝީގެ ހުރަހަކުން ފްރެންސިސްކޯ ކެސާޓާ އެވެ.

މެޗުގެ ދެވަނަ ހާފުގައި މިލާނުން އެޓީމުގެ ކުޅުން ރަނގަޅުކުރި އިރު އެޓީމުން ވަނީ ޖެނޯއާ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ. ނަމަވެސް މިހާފުގައި ޖެނޯއާއިން ވަނީ ވަރުގަދަ ޑިފެންސެއްކޮށް މިލާނުގެ ހަމަލާތައް ހުއްޓުވައިފައެވެ. ނަމަވެސް މެޗުގެ 77 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ.

މި ނަތީޖާ އާއި އެކު މިލާނުން އޮތީ އިޓާލިއަން ލީގު ތާވަލުގެ 7 ވަނައިގައި 26 މެޗުން ލިބުނު 36 ޕޮއިންޓާއެކުގައެވެ. އަދި މެޗުން މޮޅުވި ޖެނޯއާ އޮތީ ކުޅުނު 26 މެޗުން ލިބުނު 25 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލާޒިއޯ އަށް 26 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ޔުވެންޓަސް އަށް 25 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު