Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސްކެޓް

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

ޓީރެކްސް މެޗު ކާމިޔާބުކުރީ 81 ޕޮއިންޓް 74 ޕޮއިންޓުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 ފެބުރުއަރީ 2017 | ހޯމަ 20:36
ތިންވަނަ އެމްބީއޭކަޕް ބާސްކެޓް މުބާރާތުގެ ތެރެއިން

ތިންވަނަ އެމްބީއޭކަޕް ބާސްކެޓް މުބާރާތުގެ ތެރެއިން

ތިން ވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ކިންގްސް ބާސްކެޓްބޯލް ކްލަބު ބަލިކޮށްފި އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ގިނަ ސީނިއާ ކުޅުންތެރިންތަކަކާ އެކު ކުޅެމުންދިޔަ ކިންގްސް ބީސީ އާއި ޓީރެކްސްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ.

ރޭ ކުޅުނު އެ މެޗުގައި ކިންގްސް ބީސީގެ މައްޗަށް ޓީރެކްސް ކުރި ހޯދާފައި ވަނީ 81-74 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސް އަށް 24 ޕޮއިންޓް ހޯދައިދިން އަހްމަދު ޒަބީރެވެ.

މުބާރާތުގައި ޓީރެކްސް ކުޅުނު ފުރަތަމަ މެޗުގައި ދަ ބައުސް އަތުން މޮޅުވެފައިވާ އިރު، ދާދި ފަހުން އުފެއްދި ކިންގްސް ބީސީ ކުޅުނު ފުރަތަމަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑް އަތުން ވަނީ މޮޅުވެފަ އެވެ.

އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހަތަރު ޓީމެއް ވާދަކުރެ އެވެ. އެއީ ޓީރެކްސްއާއި ދަ ބައުސް އާއި ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. ލީގު އުސޫލުން ކުޅުމަށް ފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގުގެ އެއްވަނައާއި ހަތަރު ވަނަ ޓީމު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގުގެ ދެވަނައާއި ތިންވަނަ ޓީމެވެ.

މީގެ އިތުރުން މި މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުން ރެޑް ވިންގްސް ބާސްކެޓް ކްލަބުގެ މައްޗަށް ސްޓިންގާސް ބާސްކެޓް ކްލަބުން ވަނީ ކުރި ހޯދާފަ އެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ސްޓިންގާސް އިން ކާމިޔާބުކުރީ 78 ޕޮއިންޓް 73 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑް ވިންގްސް އަށް 33 ޕޮއިންޓް ހޯދައިދިން މުހައްމަދު އަޝްމަލް އަހުމަދެވެ.

މި އަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު