Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެމިއަ ލީގު

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

މިއީ ދިގު މުއްދަތަކަށްފަހު ޗެލްސީ ބަލިވި ފުރަތަމަ މެޗު

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 10:39
ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ޕެލަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ޕެލަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރީސްޓަލް ޕެލަސްއިން ފަހަތުންއަރާ ވަރުގަދަ ޗެލްސީ ބަލިކޮށްފި އެވެ. ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޗެލްސީގެ މައްޗަށް ކުރިސްޓަލް ޕެލަސްއިން ކުރިހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ފެބްރިގާސް ވަނީ ރީތި ލަނޑެށް ކާމިޔާބުކޮއްދީ ޗެލްސީއަށް ލީޑު ނަގާދީފަ އެވެ. ނަމަވެސް ޗެލްސީއަށް ލީޑުގައި މާ ގިނައިރު ދެމި އޮވެވޭ ގޮތެށް ނުވި އެވެ. ކުރިސްޓަލް ޕެލަސްއިން ވަނީ މެޗުގެ ނުވަ ވަނަ މިނެޓުގައި ލަނޑެށް ކާމިޔާބުކޮށް ޗެލްސީ ސިއްސުވާލާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ވިލްފްރެޑް ޒަޙާ އެވެ. ޗެލްސީގެ ހަތަރު ޑިފެންޑަރުން ފޫއަޅުވާލުމައްފަހު ޒަޙާ ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ގޯލުގެ ތިރީ ކަނަށެވެ.

އޭގެ ދެމިނެޓް ފަހުން އަނެއްކާވެސް ކުރިސްޓަލް ޕެލަސްއިން ވަނީ ލަނޑެށް ކާމިޔާބުކޮށް މެޗުގެ ލީޑު އަތުލާފަ އެވެ. މެޗުގެ އެގާރަ ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ކްރިސްޓިއަން ބެންޓެކޭ އެވެ. ޗެލްސީގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމައްފަހު ބެންޓެކޭ މި ލަނޑު ކާމިޔާބުކޮއްފައިވަނީ ކީޕަރު ކައިރިންވެސް ކަޓުވާލުމައްފަހު އެވެ.

މި ލަނޑައްފަހުވެސް ޗެލްސީއަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތުތަކެށް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ޗެލްސީގެ ގިނަ ހަމަލާތަކެއްގެ ޝިކާރައަކައްވީ ކުރިސްޓަލް ޕެލަސްގެ ގޯލްކީޕަރެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ކޮންޓޭ ވަނީ މެޗުން ޗެލްސީ ބަލިވުން ހައްގު ނޫން ކަމަށްބުނެ ނަތީޖާ އާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮއްފަ އެވެ. ނަމަވެސް ކޮންޓޭ ބުނީ، މިއީ ފުޓުބޯޅަ ކަމަށާ އެހެންކަމުން މި ނަތީޖާ ގަބޫލު ކުރާ ކަމަށެވެ.

މެޗުން ޗެލްސީ ބަލިވި ކަމުގައިވިޔަސް އަދިވެސް ޗެލްސީ އޮތީ ލީގު ތާވަލުގެ އެއްވަނާގަ އެވެ. ކުޅުނު 29 މެޗުން 69 ޕޮއިންޓާއެކު ޗެލްސީ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ޓޮޓެންހަމް އަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު