Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަޖީބްގެ ކޮރަޕްޝަން

ނަޖީބުގެ އެޕާޓްމަންޓުން ހޯދި ފައިސާގެ އަދަދު ގާތްގަނޑަކަށް 120 މިލިއަން ރިންގިޓަށް އަރާ

އެޕާޓްމަންޓުން ހޯދާފައިވަނީ އެކި ޤައުމުތަކުގެ ފައިސާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 25 މެއި 2018 | ހުކުރު 18:07
ނަޖީބްގެ އެޕާޓްމަންޓުން ހޯދި ބައެއް ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ނަޖީބްގެ އެޕާޓްމަންޓުން ހޯދި ބައެއް ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، ބަލައި ﷲާސްކުރި އެމަނިކުފާނުގެ އެޕާޓްމަންޓްތަކުން ފެނުނު ފައިސާގެ އަދަދު ގާތްގަނޑަކަށް 120 މިލިއަން ރިންގިޓަށް އަރާ ކަމަށް މެލޭޝިއާގެ ފުލުހުންގެ މަސްދަރަކުން ބުނެފިއެވެ.

ދަ ސްޓާ ނޫހަށް މަޢުލޫމާތު ދިން މެލޭޝިއާގެ ފުލުހުންގެ މަސްދަރެއް ބުނެފައިވަނީ، ޕެވީލިއަން ރެޒިޑެންސަސްގައި ހުރި ނަޖީބްގެ އެޕާޓްމަންޓް ބަލައި ފާސްކުރި ކުރުމުގައި އެކި ޤައުމުތަކުގެ ފައިސާ އެ އެޕާޓްމަންޓުން ފެނިފައިވާ ކަމަށާއި، އެ ފައިސާގެ ޖުމްލަ އަދަދު 120 މިލިއަން ރިންގިޓު (30.17 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރާ ކަމަށެވެ.

މި ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހޯމަ ދުވަހުން ފެށިގެން ފުލުހުންގެ ޚާއްސަ ޓީމަކުން ވަނީ މެލޭޝިއާގެ ސެންޓްރަލް ބޭންކް (ބޭންކް ނެގާރާ މެލޭޝިއާ) ގެ އޮފިޝަލުންނާއި ގުޅިގެން މި ފައިސާ ގުނުމުގެ މަސައްކަތް ކޮށްފައެވެ.

ރިޕޯތްތައް ބުނާ ގޮތުގައި ޕެވީލިއަން ރެޒިޑެންސަސްގައި ހުރި ނަޖީބްގެ އެޕާޓްމަންޓުން 30 ދަބަސް ފުރާ ހުރި ފައިސާ ހޯދާފައިވެއެވެ. މި ދަބަސްތަކުގައި ހުރި ފައިސާ ގުނުމަށްފަހު، ފައިސާ އާއި އެކު މި ދަބަސްތައް މިހާރު ވަނީ ސެންޓްރަލް ބޭންކުގައި ރައްކާކޮށްފައެވެ.

ޕެވީލިއަން ރެޒިޑެންސަސްގައި ހުރި ނަޖީބްގެ އެޕާޓްމަންޓުން ފެނުނު ފައިސާގެ އިތުރުން، ނަޖީބާއި ގުޅުންހުރި އެހެން އެޕާޓްމަންޓްތަކުންވެސް ފުލުހުން ވަނީ ގިނަ އަދަދެއްގެ އަގުބޮޑު ތަކެތި ހޯދާފައެވެ. އެގޮތުން ފުލުހުން ވަނީ އެ އެޕާޓްމަންޓްތަކުން އަގުބޮޑު ޑިޒައިނަރ ދަބަސް އަޅާފައިވާ 284 ފޮށިގަނޑާއި، އަގުބޮޑު ބްރޭންޑްތަކުގެ އަތުކުރީ ގަޑިއާއި ގަހަނާ ހޯދާފައެވެ. މި ތަކެތި އަދި ފުލުހުންގެ ތަޙުޤީޤު ޓީމުން އަގުކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި މި ތަކެތީގެ ތެރޭގައި ހިމެނޭ ޑިޒައިނާ ދަބަސްތަކުގެ ތެރެއިން ދަބަހެއްގެ އަގުވެސް ގާތްގަނޑަކަށް ބާރަހާސް ޑޮލަރަށް އަރައެވެ.

މި ތަޙުޤީޤާއި ގުޅޭ ތަފްޞީލުތައް ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ ތަފްޞީލުތައް ހާމަކުރުމަށް ވަރަށް އަވަހަށް މީޑިއާ އާއި ބައްދަލުކުރައްވާނެ ކަމަށް މި ތަޙުޤީޤު ހިންގާ ފުލުހުންގެ ޓީމުގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.

ފުލުހުން ނަޖީބްގެ އެޕާޓްމަންޓަކުން ހޯދި ފައިސާ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޖީބް ވަނީ އެއީ އެމަނިކުފާނުގެ ކޯލިޝަނުން ސިޔާސީ ކެމްޕެއިންތަކުގައި ބޭނުންކުރުމަށް ހެޔޮއެދޭ ފަރާތްތަކުން ހަދިޔާ ކޮށްފައިވާ ފައިސާ ކަމަށް ވިދާޅުވެފައެވެ.

މެލޭޝިއާގެ އައު ބޮޑުވަޒީރު، ޑރ. މަޙާތިރު މުޙައްމަދުގެ އަމުރުފުޅަށް، މެލޭޝިއާގެ ފުލުހުންނާއި އެޤައުމުގެ އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަމުންދަނީ 2015 ވަނަ އަހަރު ނަޖީބުގެ ބޮޑުވަޒީރުކަމުގައި އުފެއްދެވި 1އެމްޑީބީ ކިޔާ ސަރުކާރު ފަންޑަކުން، ނަޖީބުގެ އަމިއްލަފުޅު އެކައުންޓަކަށް 700 މިލިއަނެއްހާ އެމެރިކާ ޑޮލަރު ވަތްކަމަށް ބުނާ މައްސަލައެކެވެ. މިތުހުމަތުތަކަށް ނަޖީބު އިންކާރުކުރައްވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި މެލޭޝިއާގެ ކަމާއި ބެހޭ އިދާރާތަކުން އެމައްސަލަ ބަލައި، ނަޖީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން އެމަނިކުފާނު ބަރީއަވާކަމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ މައްސަލަ އޮއްބާލީ ނުފޫޒު ފޯރުވައިގެންކަމަށެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު