Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީޑިއާނެޓް

މީޑިއާނެޓުން ކަރޯކޭ ނައިޓެއް ބާއްވަނީ

5 މާރިޗު 2020 | ބުރާސްފަތި 13:16

ނައިޓް ބާއްވަން ހަމަޖެހިފައިވަނީ 6 މާރޗުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 މާރިޗު 2020 | ބުރާސްފަތި 13:16
މީޑިއާނެޓްގެ އޮފީސް

މީޑިއާނެޓްގެ އޮފީސް

މީޑިއާނެޓުން ކަރޯކޭ ނައިޓެއް ބާއްވަން ނިންމައިފިއެވެ.

މީޑިއާނެޓުން ނެރުނު ބަޔާނެއްގައި ބުނީ ކަރޯކޭ ނައިޓް ބާއްވަން ހަމަޖެހިފައިވަނީ 6 މާރޗް ވާ ހުކުރު ދުވަހުގެ ރޭ 09:00 އަކުން 10:00 އަކަށް ކަމަށެވެ. މި ނައިޓްގައި ބައިވެރިވެގެން ހިލޭ ކޮފީއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓުން ބުނީ މި ހަރަކާތުގެ ތެރެއިން މީޑިއާނެޓްގެ އެމް580 އަދި އެމްއެކްސް380 ޑީކޯޑަރ ބޭނުން ކުރެވޭނެ ކަަމަށާއި، މިއީ ދިވެހިރާއްޖޭގައި ޑީކޯޑަރ ބޭނުންކޮށްގެން މިފަދަ މުނިފޫހި ފިލުވުމުގެ ޚިދުމަތެއް ދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

މި ޙިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މީޑިއާނެޓްގެ ފިހާރަތަކުން ކަރޯކޭ ސައުންޑް ބާރ އަދި މައިކް ލިބެން ހުންނާނެ ކަމަށާއި، ކަރޯކޭގެ އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ. އެގޮތުން މީޑިއާނެޓް ފްރޮންޓް އޮފީހަށްގޮސް ކަރޯކޭ ޚިދުމަތުގެ އަޖުމަ ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކަރޯކޭ އެޕްލިކޭޝަން ޑީކޯޑަރުން ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމުން، މިވަގުތަށް ދިވެހި، ހިންދީ، އަދި އިނގިރޭސި 500 އަށްވުރެ ގިނަ ލަވަ ކިޔާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މުސްތަޤުބަލުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް މީޑިއާނެޓުން ބުނެއެވެ.

ކަރޯކޭ އަކީ ލަވައިގައި ކިޔާ ޅެންބައިތުތައް (ސަބްޓައިޓަލް) މިއުޒިކާއެކު ޓީވީން ފެންނަ ގޮތަށް އިންތިޒާމް ކުރެވިފައިވާ މުނިފޫހި ފިލުވުމުގެ ހަރަކާތެކެވެ. އެގޮތުން ލަވައިގެ ލިރިކްސް ފެންނަ ގޮތަށް ލަވައިގެ މިިއުޒިކް ޓްރެކަށް ލަވަކިއުމުގެ ފުރުސަތު ކަރޯކޭއިން ލިބިގެންދާނެއެވެ.

އިތުރަށް ކިޔާލަން

04 ޖުލައި 2018

ދިރާގުން އޭންޖެލްހެކް ހެކެތޯން ރާއްޖޭގައި ބާއްވަނީ

04 ޖުލައި 2018
ދިރާގުން އޭންޖެލްހެކް ހެކެތޯން ރާއްޖޭގައި ބާއްވަނީ
20 އެޕްރީލު 2018

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މެއި މަހު ބާއްވަނީ

20 އެޕްރީލު 2018
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މެއި މަހު ބާއްވަނީ
07 އެޕްރީލު 2018

ބީބީއެމް އިން ޝެފުންނަށް މާސްޓަރ ކްލާސްތަކެއް ބާއްވަނީ

07 އެޕްރީލު 2018
ބީބީއެމް އިން ޝެފުންނަށް މާސްޓަރ ކްލާސްތަކެއް ބާއްވަނީ
26 މާރިޗު 2018

ހައިރައިޒްގެ އެފްއެންޑްބީ ޝޯ މި އަހަރުގެ މެއި މަހު ބާއްވަނީ

26 މާރިޗު 2018
ހައިރައިޒްގެ އެފްއެންޑްބީ ޝޯ މި އަހަރުގެ މެއި މަހު ބާއްވަނީ
26 މާރިޗު 2018

ޖީއެސްޓީއަށް ވިޔަފާރިތައް ހޭލުންތެރި ކުރުމަށް ހާއްސަ ސެޝަން ތަކެއް ބާއްވަނީ!

26 މާރިޗު 2018
ޖީއެސްޓީއަށް ވިޔަފާރިތައް ހޭލުންތެރި ކުރުމަށް ހާއްސަ ސެޝަން ތަކެއް ބާއްވަނީ!
20 ފެބުރުއަރީ 2018

މޯލްޑިވްސް ލިވިންގް އެކްސްޕޯ މާރޗް މަހު ބާއްވަނީ

20 ފެބުރުއަރީ 2018
މޯލްޑިވްސް ލިވިންގް އެކްސްޕޯ މާރޗް މަހު ބާއްވަނީ
16 ޑިސެމްބަރު 2017

ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!

16 ޑިސެމްބަރު 2017
ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!
19 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ

19 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ
06 ނޮވެމްބަރު 2017

އޭޑީކޭ އިން ތުނބުޅީގެ މުބާރާތެއް ބާއްވަނީ

06 ނޮވެމްބަރު 2017
އޭޑީކޭ އިން ތުނބުޅީގެ މުބާރާތެއް ބާއްވަނީ
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް