Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު

ނިއުރޭޑިއަންޓްގެ މަސައްކަތް ދެ ގިޔަރަށް ކުރިޔަށް ޖައްސާލާ މޮސްޓާ ޗެއާމަނަކަށް ހަމަޖައްސައިފި

ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އަންނަނީ އެ ކްލަބު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 4 މާރިޗު 2020 | ބުދަ 06:54
ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ކ) އަދި މިހާރުގެ ޗެއާމަން މުހައްމަދު ނަޝީދު އަބްދުﷲ (ވ)

ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ކ) އަދި މިހާރުގެ ޗެއާމަން މުހައްމަދު ނަޝީދު އަބްދުﷲ (ވ)

ދިވެހިރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެއް ފުޓްބޯޅަ ޓީމު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މަސައްކަތް ދެ ގިޔަރަށް ކުރިޔަށް ޖައްސާލާ އެ ކްލަބުގެ އައު ޗެއާމަންގެ މަގާމަށް ހދ. ނޮޅިވަރަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖައްސައިފި އެވެ.

ނިއުރޭޑިއަންޓުން މިކަން އިއުލާނުކޮށްފައިވަނީ އަންގާރަ ދުވަހުގެރޭއެވެ.

ޗެއާމަންގެ މަގާމަށް މޮސްޓާ ހަމަޖެއްސިއިރު އެ ކްލަބުން އަންގާރަ ދުވަހުގެރޭ ވަނީ ވައިސް ޗެއާމަނާއި ބޯޑު މެމްބަރުންގެ ގޮތުގައި ހަތް މެމްބަރުން ހަމަޖައްސާފައެވެ. ވައިސް ޗެއާމަނުގެ މަގާމަށް ހަމަޖެއްސީ ކުރިން އެކްޓިން ޗެއާމަންގެ މަގާމުގައި ހުރި ސައްޔިދު އަލީ އެވެ. އަދި ބޯޑު މެމްބަރުންގެ ގޮތުގައި ހަމަޖެއްސީ ޒަހީނުއްދީން ސައީދާއި، ހުސައިން ޝާމް އާދަމާއި، ހަސަން ހުސައިން އާއި، އަބްދުލްމުއިޒް މުސްތަފާ އާއި، އަހުމަދު ޝިޔާމާއި، އަހުމަދު ވާސިފް އަދި އިސްމާއިލް ރަޝީދު އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓުގެ ސަސްޕެންޝަން މިދިޔަ އަހަރު އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ކްލަބުތަކުން ވަނީ ދަމަހައްޓާފައެވެ. އެކަމަކު މިމަހު އޮންނަ އަހަރީ އާންމު ޖަލްސާގައި އެ ސަސްޕެންޝަން އުވާލުމުގެ ފުރުސަތު އެބައޮތެވެ. އެއާއެކު ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އަންނަނީ ނިއުރޭޑިއަންޓަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފުޓްބޯޅައިގެ ހުރިހާ ކަމަކުން މިދިޔަ އަހަރު ނިއުރޭޑިއަންޓް ސަސްޕެންޑު ކުރިއިރު، ނިއުރޭޑިއަންޓުން ދިވެހި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ދޭން އޭރު ޖެހުނެވެ. އެކަމަކު އެފްއޭއެމްގައި ހުރި ނިއުރޭޑިއަންޓުގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މިހާރު މުސާރަ ދީފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތްލައްކަ ތިންހާސް ހަތްސަތޭކަ ހަތް ރުފިޔާ) ދޭން ފީފާއިން ވަނީ ނިއުރޭޑިއަންޓަށް އަންގާފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 (ފަސްލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސްދެ ރުފިޔާ) ދޭންވެސް ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު