Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޑެން ހަޒާޑް

ހަޒާޑަށް މި ސީޒަނުގައި ދެން ނުކުޅެވިދާނެ: ޒިދާން

26 ފެބުރުއަރީ 2020 | ބުދަ 10:39

ރެއާލުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބުދަ ދުވަހުގެރޭ ކުޅެނީ ސިޓީ އާއި ދެކޮޅަށް

އަތޫފް އާތިފް
އަތޫފް އާތިފް | 26 ފެބުރުއަރީ 2020 | ބުދަ 10:39
ޗެމްޕިއަންސް ލީގުގައި ރެއާލް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ޗެމްޕިއަންސް ލީގުގައި ރެއާލް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

މި ސީޒަނުގައި އަލަށް ރެއާލް މެޑްރިޑާއި ގުޅުނު ބެލްޖިއަމްގެ ފޯވަރޑް އެޑެން ހެޒާޑްގެ އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް ކަމަށާއި އަނިޔާގެ ސަބަބުން ހަޒާޑަށް މި ސީޒަނުގައި ދެން ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ހަޒާޑަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލެވަންޓޭ އަތުން 1-0 ގެ ނަތީޖާއަކުން ރެއާލް ބަލިވި މެޗުގައެވެ. ކުރިން ބެލެވުނު ގޮތުންނަމަ އަނިޔާގެ ސަބަބުން ހަޒާޑަށް ގެއްލޭނީ 2 ހަފުތާއެވެ. ނަމަވެސް ޒިދާން ބުނީ އަނިޔާގެ ސަބަބުން ހަޒާޑް އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށާއި، އޭނާ އަށް އިނގޭކަމަކީ އަނިޔާގެ ސަބަބުން ހަޒާޑަށް މުހިންމު މެޗުތަކެއް ގެއްލޭނެ ކަމަށެވެ. އަދި މި ސީޒަނުގައި ކުރިޔަށް ހުރި މެޗުތަކުގައި ހަޒާޑަށް ނުކުޅެވިދާނެ ކަމަށެވެ.

އަނިޔާގެ ސަބަބުން ހަޒާޑް ކުޅުމާއި ދުރަށް ދާން ޖެހުނުއިރު އޭނާ ތިން މަސް ދުވަހު ކުޅުމާއި ދުރަށް ދިޔުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިތާ އަދި ހަފުތާއެއް ވެސް ނުވެއެވެ. ރެއާލުން ބުނީ ހަޒާޑްގެ އަނިޔާއާއި ގުޅިގެން އޭނާގެ ރިކަވަރީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ހަޒާޑަށް މި ސީޒަނުގައި އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކެނީ އަނިޔާގެ ސަބަބުންނެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާންގެ ގޭމް ޕްލޭންގައި މުހިންމު ދައުރެއް އަދާކުރާ ހަޒާޑް މި ސީޒަނުގައި ރެއާލްއަށް ކުޅެފައިވަނީ އެންމެ 15 މެޗެވެ. ހަޒާޑް ކަކުލު ހުޅަށް މިފަހަރު ލިބުނު އަނިޔާއަކީ އޭނާ ޗެލްސީގައި ހޭދަކުރި ދުވަސްވަރު ވެސް ފަރުވާ ހޯދަން ޖެހުނު އަނިޔާއެކެވެ.

ރެއާލުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބުދަ ދުވަހުގެރޭ ކުޅެނީ ސިޓީ އާއި ދެކޮޅަށެވެ. މި މެޗަށް ރެއާލް ނުކުންނައިރު އެޓީމު އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި މެޗަށް ރެއާލުން ނުކުންނާނީ މެޗުން މޮޅުވެ ކުއާޓަރއަށް ދަތުރުކުރުމުގެ ޢަޒުމުގައި ކަމަށް ޒިދާން ބުންޏެވެ.

މި ސީޒަނުގެ ކޮޕަ ޑެލް ރޭ އިން ކަޓާފައިވާ ރެއާލުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސްޕެނިޝް ލީގުގެ ތަށްޓަށާއި ޗެމްޕިއަންސް ލީގު ތަށްޓަށެވެ. ދެން ރެއާލުން އެންމެ އަވަހަށް ކުޅެން ޖެހޭނީ ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް