Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ފައިލް

ސައުތު އޭޝިއަން ޖޫނިއަރ ކެޑޭޓް މުބާރާތަށް އާ ކޯޗެއް ގެންނަނީ

25 ފެބުރުއަރީ 2020 | އަންގާރަ 14:20

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މިއަހަރަށް އެންމެ އިސްކަންދޭ މުބާރާތަކީ ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕް

އަތޫފް އާތިފް
އަތޫފް އާތިފް | 25 ފެބުރުއަރީ 2020 | އަންގާރަ 14:20
ފާތިމަތު ދީމާ

ފާތިމަތު ދީމާ

މި އަހަރުގެ ޖޫން މަހު 15 އިން 20 ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް އާ ކޯޗެއް ގެންނާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕޮރޮގްރާމްގައި ވާހަކަދައްކަމުން ޝުޖާ ވިދާޅުވީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މިއަހަރަށް އެންމެ އިސްކަންދޭ މުބާރާތަކީ ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕް ކަމަށާއި، މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން އަންނަ މަހު އާ ކޯޗެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށަވެ. އަދި މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެންމެ އުންމީދީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ މުބާރާތާއި ހަމައަށް ތައިލޭންޑްގައި ކޭމްޕް ކުރުމަށް ނިންމައިފައިވާ ކަމަށެވެ. މީގެ އިތުރުން ޝުޖާ ވިދާޅުވީ ރަފާއަށް ދިގުމުއްދަތަކަށް ޓްރެއިނިންގ އަށް ނުދެވުނީ އަމިއްލަ ސަބަބަކާއި ހުރެގެން ކަމަށެވެ.

ޝުޖާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ޒުވާން ޓީޓީ ކުޅުންތެރިން އުފެދޭނެ ކަމުގެ ފެހި ސިގްނަލް ލިބެމުންދާ ކަމަށާއި އެކަން މިފެށޭ އިންޓަރ ސްކޫލް ޓީޓީ މުބާރާތުން ފެންނާނެ ކަމަށެވެ.

ޓީޓީއަށް އާ ކޯޗަކު ގެންނަން ނިންމީ ގިނަ ވަގުތު ކުޅުންތެރިންނަށް ފަރިތަކުރުންތައް ގެންދިޔުމަށް ކަމަށާއި ކޯޗުގެ ޒިންމާއަކަށްވާނީ ބަންގާޅުގައި އޮންނަ މުބާރާތަށް ޓީމު އެކުލަވައިލުން ކަމަށެވެ. އަދި މި މުބާރާތަށް ރާއްޖޭގެ ޓީމު ނުކުންނާނީ ރިހި މެޑަލް އަށް ޓާރގެޓް ކޮށްގެން ކަމަށް ސުޖާ ވިދާޅުވިއެވެ.

ރަފާ އާއި ދީމާ ވަނީ ނިމިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއިން ރަން މެޑަލް އަދި ރިހި މެޑަލް ހާސިލްކޮށްފައެވެ. މީގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއަން ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައިފައެވެ. މީގެ އިތުރުން ދީމާ ވަނީ ނިމިދިޔަ ގައުމީ މުބާރާތުގެ ރަން މެޑަލް ހޯދައިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
10 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި
06 އެޕްރީލު 2017

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު
30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް