Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒުވާނުންގެ މަރުކަޒު

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

މަސައްކަތް ދަނީ ވަރަށް ހަލުވި މިނެއްގައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 25 ޖެނުއަރީ 2017 | ބުދަ 23:27
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު

ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބައިނަލް އަގުވާމީ ވޮލީބޯޅަ މުބާރާތައް ޒުވާނުންގެ މަރުކަޒު އިންޑޯހޯލުގެ މަރާމާތުތައް ނިންމުމަށް ހަލުވި މިނެއްގައި މަސައްކަތް ކުރެވެމުން ދާކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނީ، ޒުވާނުންގެ މަރުކަޒު އިންޑޯކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތައް ހާއްސަކުރެވިގެން ކުރިއަށްދާ މަރާމާތުތައް ބާރުސްޕީޑުގައި ކުރަމުންދާ ކަމަށާއި އެގޮތުން ޓީމުތަކުން ބޭނުންކުރާ ޗޭންޖިން ރޫމަކީ އޭސީކުރެވި ރަނގަޅު ފެންވަރެއްގެ ތަނަކަށް ހެދުމަށްޓަކައި ޗޭންޖިން ރޫމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށެވެ. އަދި މީގެ އިތުރުން ރެފްރީން ބޭނުންކުރަމުންދާ ރޫމުތަކަށް ބޭނުންވާ ރެކުތައް ޖެހުމާއި އެނޫން ކުދިކުދި މަރާމާތުތައްވެސް ދަނީ ކުރެވެމުން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން މައުލުމާތު ދެއެވެ.

މިނިސްޓްރީން ބުނީ، އިންޑޯ ހޯލުގައި ކުރެވެމުންދާ މަރާމާތުގެ ތެރޭގައި ސްޓޭޖް ސަރަހައްދަށްވެސް އެކިވަރުގެ ބަދަލުތަކެއް ގެނެވިގެންދާ ކަމަށެވެ. އަދި މީގެ އިތުރުން އިންޑޯ ހޯލުގައި ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމުގައިވާ ތަނުގެ ވެންޓިލޭޝަން ރަގަޅުކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތަކެއް މިމުބާރާތައްޓަކައި ވެސް ކުރެވިގެންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިމުބާރާތައްޓަކައި މިހާރު ކުރެވެމުންދާ މަރާމާތުތުގެ ބޮޑުބައި ރާއްޖެއިން ބޭރުގެ ޓީމުތަކުން ޕްރެކްޓިސް ކުރާ ދުވަހަށް ނިންމާލުމަށްވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ކުޅިވަރާ ބެހޭ މިނިސްޓްރީން މައުލުމާތު ދެއެވެ. އަންނަ ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލް އަގުވާމީ މުބާރާތަކީ 2018ވަނަ އަހަރު ވިމެންސް ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރާ އޭޝިއާ ސަރަހައްދުގެ ޓީމެއް ކަޑައެޅުމަށް ބާއްވާ ކޮލިފިކޭޝަން ބުރެވެ. މިއީ ބައިނަލްއަގުވާމީ ވޮލީމުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލްއާއި އީރާނެވެ. މިމަހުގެ 27 ވަނަ ދުވަހު ރާއްޖެއާއި ނޭޕާލް ބައްދަލުކުރާއިރު، މިމަހުގެ 28 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލްއާއި އީރާނެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އީރާނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު