Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯލް

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

އެއްވެސް ހައިސިއްޔަތަކުން ނުފޫޒު ފޯރުވާފައި ނުވާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 16:10
 ވީއޭއެމްގެ ނައިބު ރައީސްގެ މަގާމުން ވަކިކުރި އިއްޒަތު ވަހީދު

ވީއޭއެމްގެ ނައިބު ރައީސްގެ މަގާމުން ވަކިކުރި އިއްޒަތު ވަހީދު

ފާއިތުވި މަހު ރާއްޖޭގައި ބޭއްވުނު އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތް ކުރިއަށް ގެންދިއުމުގައި އެއްވެސް ހައިސިއްޔަތަކުން ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ވީއޭއެމްގެ ނައިބު ރައީސްގެ މަގާމުން ވަކިކުރި އިއްޒަތު ވަހީދު ވިދާޅުވެއްޖެ އެވެ.

ވީއޭއެމްގެ ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކުރިކަން އިއުލާން ކުރުމަށް ހޯމަ ދުވަހު ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއިދާރާގެ ޓެކްނިކަލް ޑިރެކްޓަރު އަދި ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗް މުހަންމަދު ޝަރަފް ވަނީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތް ކުރިއަށް ގެންދިއުމުގައި އިއްޒަތު ވަހީދުގެ ފަރާތުން ގިނަ ގޮންޖެހުންކެއް ކުރިމަތިވި ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވާފަ އެވެ.

ޝަރަފް ވިދާޅުވެފައި ވަނީ އެ މުބާރާތް ރާއްޖޭގައި ބޭއްވިޔަ ނުދިނުމަށް އިއްޒަތު އާއި ވީއޭއެމްގެ ކުރީގެ ރައީސް މުހަންމަދު ރިޔާޒް ގުޅިގެން ގިނަ މަސައްކަތްތަކެށް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ކަމާމެދު ސުވާލު އުފެދޭ ވަރަށް ގޮންޖެހުންތަށް ކުރިމަތިވި ކަމަށް ޝަރަފް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިއްޒަތު ވިދާޅުވީ އެބުނާފަދަ އަމަލެއް ހިންގުމުގައި އޭނާގެ ދައުރެއް ނޯންނާނެ ކަމަށެވެ.

އިއްޒަތު ވިދާޅުވީ އޭވީސީއާ ގުޅިގެން މަސައްކަތްކުރީ ވޮލީ މުބާރާތް ހުއްޓުވަން ނޫން ކަމަށާއި މަސައްކަތް ކުރީ ވީއޭއެމްގެ ތެރޭގައި މިވަގުތު ހުރި މައްސަލަތައް ހައްލުކުރަން ކަމަށެވެ. އެގޮތުން އޭވީސީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގައި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އެދިފައިވާނެ ކަމަށް އިއްޒަތު ވިދާޅުވި އެވެ.

އިއްޒަތު ވިދާޅުވީ މިއަދު އޭނާގެ އަގު ވެއްޓޭ ގޮތަށް ވީއޭއެމުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ވަރަކަށް ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި އަދި އެކަން ކުއްވެރިކުރާ ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ވީއޭއެމްގެ ބައްދަލުވުމުގައި ޝަރަފް ވިދާޅުވީ ސެންޓްރަލް ޒޯން މުބާރާތް ރާއްޖޭގައި ބޭއްވިޔަ ނުދިނުމަށްޓަކާ އިއްޒަތު ވަހީދު އާއި މުހަންމަދު ރިޔާޒް ގުޅިގެން އޭވީސީއަށް ދޮގު ވާހަކަތަކެށް ހިއްސާކޮއްފައި ވުމުން އެ އެސޯސިއޭޝަނުން ރިޔާޒަށް ދެމުން އައި ސަޕޯޓް އަނބުރާ ގެނައުމަށްފަހު އެ ގޮނޑި މިހާރުގެ ރައީސް ލަތީފަށް ދެއްވުމަށް އޭވީސީގައި އެދިފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭވީސީ މުބާރާތުގެ ރެފްރީކަން ކުރުމަށް ކުނޑިބެ ކިރިގިސްތާނަށް

އޭވީސީ މުބާރާތުގެ ރެފްރީކަން ކުރުމަށް ކުނޑިބެ ކިރިގިސްތާނަށް

22 މެއި 2017
ތުރުކުމެނިސްތާން ބަލިކޮށް އޭވީސީ މުބާރާތް ކިރިގިސްތާނުން ކާމިޔާބުކޮށްފި

ތުރުކުމެނިސްތާން ބަލިކޮށް އޭވީސީ މުބާރާތް ކިރިގިސްތާނުން ކާމިޔާބުކޮށްފި

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ނޭޕާލްގެ މައްޗަށް ތުރުކަމިނިސްތާން ކުރިހޯދައިފި

އޭވީސީ ސެންޓްރަލް ޒޯން: ނޭޕާލްގެ މައްޗަށް ތުރުކަމިނިސްތާން ކުރިހޯދައިފި

23 މާރިޗު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު