ވޯޓުފޮށި ބެހެއްޓުމަށް ހުޅުވާލި ފުރުސަތުގައި ކަނޑައެޅި އަދަދަށް ރަޖިސްޓަރ ކޮށްފައިވަނީ އެންމެ ރިސޯޓަކުން: އަކްރަމް
24 ފެބުރުއަރީ 2020 | ހޯމަ 17:0353 ރިސޯޓަކަށް ވޯޓުފޮށި ބެހެއްޓުމަށް ފުރުސަތުދިފައިވޭ


އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ބޭއްވި އިންތިޚާބެއްގެ ތެރެއިން
ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ހުޅުވާލި ފުރުޞަތުގައި ކަނޑައެޅި ޢަދަދަށް ރަޖިސްޓަރ ކޮށްފައިވަނީ އެންމެ ރިސޯޓަކުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކްރަމް ވިދާޅުވީ ވޯޓުފޮށި ބެހެއްޓުމަށް ފުރުޞަތު ހުޅުވާލި 53 ރިސޯޓުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ކަނޑައެޅި ޢަދަދަށް ރަޖިސްޓަރ ކޮށްފައިވަނީ ކްލަބު މެޑް ކަނިފިނޮޅުން އެކަނި ކަމަށެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ ވޯޓު ފޮށި ބެހެއްޓޭނީ މިމަހުގެ 27ގެ ނިޔަލަށް 50 މީހުން ރިސޯޓުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރާނަމަ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި 150 މީހުން ރަޖިސްޓްރީ ކުރާ، ރާއްޖެއިން ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. އަދި ސިނާޢީ ރަށްތަކުގައި އަދި 25 މީހުން ރަޖިސްޓްރީ ކުރާ ޖަލުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.
ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނައުމަށް ފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީ ކުރިއަރުވާ ކޮމިޓީގެ އިންތިޚާބު ބާއްވަން އީސީން ކަނޑައަޅާފައިވާ ތާރީޚަކި އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހެވެ.









