Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންތިޚާބާ ބެހޭ ގާނޫނު

ވޯޓް ނެގުން ބަންދުވީ ކަމަށް ބޯޑް ބެހެއްޓުމަށްފަހު ވޯޓް ނެގުމަކީ މަނާ ކަމެއް: ގާނޫނު

ބަޔަކު ކިއުގައި ނެތް ނަމަ ވޯޓް ނެގުން ނިންމައި ފޮށި ބަންދު ކުރަންވާނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 މެއި 2017 | ހޮނިހިރު 17:25
ލޯކަލް ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓް ދެނީ

ލޯކަލް ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓް ދެނީ

ބައެއް ރަށްރަށުގެ ވޯޓް ފޮށިތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައިވާއިރު، އެކަމުގެ ސައްޚަ ކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

އެގޮތުން، ވޯޓް ފޮއްޓެއް ބަންދުކުރުމަށް ފަހު އަލުން ހުޅުވައިގެން ވޯޓް ނެގިދާނެތޯ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ވޯޓް ލުން ނިމޭ ގަޑި އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފައިވަނީ ގާނޫނާ ތައާރުޒުވާ ފަދަ ގޮތަކަށް ކަމަށް ވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

އާންމު އިންތިހާބުތަކާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ވޯޓް ނެގުން ނިންމާ ގަޑި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑި ޖެހުމުން، ބަޔަކު ކިއުގައި ނެތް ނަމަ ވޯޓް ނެގުން ނިންމައި ފޮށި ބަންދު ކުރަންވާނެ ކަމަށެވެ. އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވޯޓް ނެގުން ނިންމާ ގަޑިޖެހޭއިރު، ބަޔަކު ކިއޫގައި ތިބި ނަމަ، އެ ބަޔަކު ވޯޓްލައި ނިމެންދެން ވޯޓް ފޮށި ބަންދުނުކޮށް ބަހައްޓަންވާނެ ކަމަށެވެ. އަދި ކިއޫގައި ތިބި އެންމެން ވޯޓްލާ ނިމުމުން ފޮށި ބަންދުކުރަންވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ އެންމެން ވޯޓް ލާ ނިމިއްޖެނަމަ އަދި ވޯޓް ދޭ ސަރަހައްދެއްގައި ވޯޓް ލާނެ އިތުރު ބަޔަކު ނެތް ނަމަ ވޯޓް ފޮއްޓެއް ބަންދުކުރުން ހުއްދަ ކަމަށެވެ. ނަމަވެސް ވޯޓް ގުނަން ފަށަންވާނީ ވޯޓް ގުނަން ފެށުމަށް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑީގައި ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ރ) ގައި ބުނެފައިވަނީ ވޯޓް ފޮށި ބަންދުކުރުމަށް ފަހު، ވޯޓް ނެގުން ނިންމަންވާނީ "ވޯޓް ނެގުން ބަންދުވީ" މިފަދައިން ލިޔެފައިވާ ލިޔުމެއް ވޯޓް ފޮށި ކައިރީ ބެހެއްޓުމަށް ފަހު ކަމަށެވެ. އަދި މިގޮތުގެ މަތިން ވޯޓް ނެގުން ބަންދުވީ ކަމަށް ލިޔެފައިވާ ބޯޑް ބެހެއްޓުމަށް ފަހު ވޯޓް ނެގުމަކީ މަނާ ކަމެއް ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ގާނޫނުގެ މި މާއްދާތަކާ ހަވާލާދީ އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުން ދަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުންތަކުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ވޯޓް ނެގުން ބަންދު ކަމަށް ބޯޑް ބެހެއްޓުމަށް ފަހު، އަނެއްކާ ވެސް ވޯޓް ފޮށިތައް ހުޅުވައިގެން ބައެއް ރަށްރަށުގައި އަލުން ވޯޓްލަމުންދަނީ ގާނޫނާ ޚިލާފަށެވެ. އަދި ކިއޫ ނިމެންދެން ވޯޓް ފޮށި ބަންދުނުކޮށް ބެހެއްޓުމަށްފަހު، ވޯޓް ފޮށި ބަންދު ކުރަންވާނީ ކިއޫގައި ތިބި އެންމެން ވޯޓް ލައި ނިމުމުން ކަމަށް ބުނެފައިވާއިރު، ދެ ގަޑިއިރު ތިން ގަޑިއިރު އިތުރުކޮށްފައިވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށެވެ.

ނަމަވެސް، އިލެކްޝެންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓް ނެގުން ނިންމާ ގަޑި އިތުރު ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ބައެއް ރަށްރަށުގައި ވޯޓް ފޮށި ބަންދުކުރީ ވޯޓް ލުމުގެ ވަގުތު އިތުރުކޮށްފައިވާކަން އެ ރަށްތަކަށް އަންގާފައި ނެތުމުންނެވެ. އެހެން ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ހުރިހާ ރަށްތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުން، ވޯޓް ފޮށި ބަންދުކުރި ރަށްތަކުގައި އަލުން ވަނީ ފޮށި ހުޅުވައި ވޯޓް ލުމުގެ ފުރުސަތު ދީފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި ހެނދުނު 8:00 ގައި ވޯޓް ލުން ފެށުނު ރަށްތަކުގެ ފޮށި ބަންދުކުރާނީ 6:00 ގަ އެވެ. އަދި ހެނދުނު 8:00 ގައި ފަހުން ވޯޓް ލާން ފެށުނު ފޮށިތައް ބަންދުކުރާނީ މިރޭ 20:00 ގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު