Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ މައްސަލަ

ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން

10 މެއިގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ކަނޑައެޅިގެން ދޮގުހަދާފައިވުމަކީ ގާސިމް އިބްރާހީމް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 މެއި 2017 | ހޯމަ 19:31
ގާސިމް އިބްރާހިމްގެ ވަކީލުން މީޑއާއަށް މައުލޫމާތު ދެނީ

ގާސިމް އިބްރާހިމްގެ ވަކީލުން މީޑއާއަށް މައުލޫމާތު ދެނީ

ގާސިމްގެ މައްސަލައިގައި ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި ކަމަށާއި ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުން އެދިއްޖެއެވެ.

ގާސިމް ގެ ވަކީލުން ހޯމަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގާސިމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގައި، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭތޯ ގާސިމްގެ ފަރާތުން ސުވާލު ކުރުމުން ގާސިމް އިބްރާހިމް ބަންދުގައި ބަހައްޓާފައި ހުރި މައްސަލަ ޕްްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ނުވާކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ޖިނާއީ ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް 9 މެއި 2017 ދުވަހު ފޮނުވާފައިވާކަމަށާއި، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެއްކާއި ގަރީނާ ނެތަތީ އެމައްސަލަ 10 މެއިގައި އަނބުރާ ފުލުހުންނަށް ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ލިޔުމުން ވަކީލުންނަށް މައުލޫމާތު ދިންކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން 10 މެއިގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ކަނޑައެޅިގެން ދޮގުހަދާފައިވުމަކީ ގާސިމް އިބްރަހިމް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ.

ކްރިމިނަލްކޯޓުން ގާސިމް ޝަރުތުތަކަކާއިއެކު ބަންދުން ވީއްލުމަށް ކުރި އަމުރު ބިނާކުރައްވާފައިވަނީ ފުލުހުން މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބެ ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ދޮގު މައުލޫމާތު ތަކެއްގެ މައްޗަށްކަން ކަށަވަރުވާތީ، އެ އަމުރު ނެރުނު އިރުވެސް އެ މައްސަލައިގައި ދައުވާއެއް ކުރެވެން ނެތްކަން ޕީޖީ ދީފައިވާ ލިއުމުން އެނގެން އޮންނާތީ، 10 މެއިގައި ގާސިމް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރައްވާފައިވާ ޝަރުތުތައް ބާތިލްުކުރުމަށް މިހާރު ކުރިމިނަލް ކޯޓުގައި އެދިފައިވާނެކަމަށް ވަކީލުންގެ ބަޔާނުގައި ަވނީ ބުނެފައެވެ.

ގާސިމްގެ މައްޗަށް ތަފާތު އެކި ތުހުމަތުތައްކޮށް 26 ދުވަހު ކުޑަގޮޅިގައި އެމަނިކުފާނު ބާއްވާފައިވަނީ ގާނޫނާޚިލާފަށް ކަމަށާއި، އެމަނިކުފަނާއި ދެކޮޅަށް ހެއްކެތް ދެއްކިފައިނުވާތީ، ދޭހަވަނީ މިކަމަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ.

ފާއިތުވި އޭޕްރީލްމަހު ގާސިމް އިބްރާހިމް ހައްޔަރުކުރީ، މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުގައްޔާއި، ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު