Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންވަޔަރަމެންޓް މިނިސްޓްރީ

ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމަށް ބަޔަކާ ޙަވާލުކޮށްފި

6 ޖުލައި 2017 | ބުރާސްފަތި 07:02

މަސައްކަތުގެ ޖުމްލަ އަގަކީ 2.4 މިލިއަން ޔޫއެސް ޑޮލަރު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 6 ޖުލައި 2017 | ބުރާސްފަތި 07:02
ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން

ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން

ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ޙަވާލުކޮށްފިއެވެ.

އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައި ވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެސްއޭޑަބްލިއު އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމެވެ. އަދި އެސްއޭޑަބްލިއު އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އޭ.ޕީ ޖަޔަރަތްނާ އެވެ.

މަސައްކަތުގެ ޖުމްލަ އަގަކީ 2,399,789.80 (2.3 މިލިއަން ޑޮލަރު) އެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ ފަސް މަސް ދުވަހުގެ ތެރޭގައެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިނިސްޓަރު ތޯރިގް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތަކެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. މިގޮތުން މި މަސައްކަތްތަކުގެ ތެރޭގައި ކުރިމަތިލާންޖެހުނު އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ފާހަގަކުރެވިފައި ވަނީ ގްރޭޓަރ މާލެ ރީޖަންގެ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޕްލޭންކޮށް އެކުލަވާލުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން އެކަން ޙައްލުކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ތިލަފުށީގައި މިހާރު ކުރިއަށްގެންދާ އުޞޫލުން ނުރައްކާތެރި ގޮތުގައި ކުނި އެންދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ހުއްޓާލުމަށްޓަކައި އެތަނުގައި 20 ޓަނުގެ އިންސިނެރޭޓަރެއް މިހާރުން މިހާރަށް ޤާއިމުކޮށް އެސިސްޓަމް ބޭނުންކޮށްގެން މިވަގުތަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އއ. އަތޮޅާއި އދ. އަތޮޅާއި އަދި ވ .އަތޮޅުގެ އިތުރުން މާލެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ސަރަޙައްދީ ކުނިމެނޭޖްކުރުމުގެ ސިސްޓަމެއް އެކުލަވާލުމަށް ބޭނުންވާ މަޝްރޫޢެއް އެކުލަވާލާ، އޭޑީބީ އާއި އައިއައިބީ އާއި އެހީދޭ އެކި ޖަމާޢަތްތަކާ އެކު މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2018 ވަނައަހަރު ތިލަފުށީގައި ހާމަކޮށް ކުނި އެންދުން ހުއްޓާލައި، އެކަމުގެ ސަބަބުން މާލެ އާއި ވިލިމާލެ އަދި މިސަރަޙައްދުގެ ރިސޯޓުތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ރައްޔިތުންނާއި ފަތުރުވެރިންނާ މަސައްކަތްތެރިން ސަލާމަތްކުރެވިގެން ދާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް 126 މިލިޔަން ޑޮލަރު ހަރުދުވާނެ ކަމަށް ވެސް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި މިކަމަށް ކުރިމަގެއް ފެނިދާނެކަމުގެ ފެހި ސިގްނަލެއް ލިބިފައިވާ ކަމަށާއި އަދި 2018 ވަނަ އަހަރު މިމަސްކަތް ފަށައިގަނެވިއްޖަ ނަމަ ރާއްޖޭގެ ތިމާވެއްޓާއި ރައްޔިތުންގެ ދުޅަހެޔޮ ސިއްޙަތުގެ ރައްކައުތެރިކަން ޔަޤީންކުރެވި، ކުނީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަކުން ރާއްޖެ ސަލާމަތްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

ކުމނި މޭޖް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ޒޯން 3 ގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢަކީ، މާލޭ ސަރަޙައްދާއި، މި ރީޖަންގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްތަކާއި، ރިސޯޓުތަކާއި، ޞިނާޢީ ރަށްތައް ހިމެނޭ ގޮތުން މުޅި ސަރަޙައްދުގެ ކުނީގެ މައްސަލަ ޙައްލު ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.

އިތުރަށް ކިޔާލަން

19 ޖޫން 2017

ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

19 ޖޫން 2017
ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި
08 ޖޫން 2017

ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި

08 ޖޫން 2017
ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި
06 މެއި 2017

ވޯޓް ނެގުން ބަންދުވީ ކަމަށް ބޯޑް ބެހެއްޓުމަށްފަހު ވޯޓް ނެގުމަކީ މަނާ ކަމެއް: ގާނޫނު

06 މެއި 2017
ވޯޓް ނެގުން ބަންދުވީ ކަމަށް ބޯޑް ބެހެއްޓުމަށްފަހު ވޯޓް ނެގުމަކީ މަނާ ކަމެއް: ގާނޫނު
04 މެއި 2017

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި
05 މާރިޗު 2017

ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

05 މާރިޗު 2017
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް