Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

ވޯޓުފޮށިތައް ބަންދުކުރުން ހަވީރު 06:00 ބަދަލުކޮށްފި

ވޯޓު ފޮށިތައް ބަންދުރުން ލަސް ކުރީ ބައެއް ވޯޓުފޮށިތައް ކަނޑައެޅިފައިވަ ގަޑިއަށްވުރެ ލަހުން ވޯޓުލުން ފެށުމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 6 މެއި 2017 | ހޮނިހިރު 16:08
ކައުންސިލް އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ

ކައުންސިލް އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް ހަވީރު 06:00 ގައި ބަންދުކުރުމަށް ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށްދާ އިރު ވޯޓުލުން ފެށުމުގައި ވެސް ލަސްތަކެއް ކުރިމަތިވި އެވެ.

މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، ވޯޓުލުން ހަވީރު 06:00 އަށް ލަސް ކުރުމަށް ނިންމީ، ބައެއް ވޯޓުފޮށިތައް ގަޑިއަށް ނުފެށުމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

މީގެ އިތުރުން ވޯޓުލުން ފެށުން ލަސްވެގެންދިޔަ ވޯޓު ފޮށިތައް ބަންދުކުރުން 08:00 ޖެހުމަށް ވެސް ދެމިގެންދާނެ އެވެ

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުން ކުރިއަށްދާއިރު މާލޭގެ ގިނަ ސަރަހައްދުތަކުގައި ވަނީ ވޯޓު ފޮށިތައް ބެހެއްޓިފަ އެވެ.

ރާއްޖޭގައި ތިންވަނަ ފަހަރަށް ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބުގައި 422 ވޯޓު ފޮށި ވަނީ ބެހެއްޓިފަ އެވެ. ވޯޓުލުމުގެ ހައްގުލިބިފައިވާ 255،000 މީހުން ހިމެނެ އެވެ. ވޯޓުލުމުގެ ފުރުސަތު އިތުރު ދެ ގަޑިއިރަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ އިރު މާލޭގައި ބެހެއްޓިފައިވާ ފޮށިތަކާއި އަތޮޅުތަކުގައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކަށް ވޯޓުލަންދާ މީހުންގެ އަދަދު މަދުކަން ފާހަގަކޮށްލެވެ އެވެ. އިލެކްޝަންސް ކޮމިޝަނުންވަނީ އިންތިހާބާއި ގުޅިގެން ފޭކު ވޯޓު ކަރުދާސްތަކެއް އުޅޭކަމުގެ މައުލޫމާތުތަކެއް ލިބިފައިވާކަން ފާހަގަކޮށް، އެކަމަށް ވޯޓުލާންދާ ފަރާތްތަކުން ސަމާލުވުމަށް އެދިފަ އެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި

17 އެޕްރީލު 2017
ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި
16 އެޕްރީލު 2017

މައުމޫން ފެކްޝަންގެ ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށްފި

16 އެޕްރީލު 2017
މައުމޫން ފެކްޝަންގެ ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށްފި
09 އެޕްރީލު 2017

ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި

09 އެޕްރީލު 2017
ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި
01 އެޕްރީލު 2017

ގާސިމް ހާޒިރު ކުރުން އާދިއްތަ ދުވަހަށް ބަދަލުކޮށްފި

01 އެޕްރީލު 2017
ގާސިމް ހާޒިރު ކުރުން އާދިއްތަ ދުވަހަށް ބަދަލުކޮށްފި
12 މާރިޗު 2017

ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް" ބަދަލުކޮށްފި!؟

12 މާރިޗު 2017
ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް" ބަދަލުކޮށްފި!؟
10 މާރިޗު 2017

ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު

10 މާރިޗު 2017
ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު